ޑީއޯ ސައްޕޭ ކޮށާލާނެ ކަމުގެ އިންޒާރު ގުޅިފައިވާ ގްރޫޕަކުން ދީފި
ދިވެހި އޮބްޒާވަރުގައި އިއްޔެ ޝާއިއުކުރި ފޮޓޯ ތަކާ ގުޅިގެން އެސައިޓްގެ އެޑިޓަރ އަހުމަދު ޝަފީގު މޫސާ (ޑީއޯ ސައްޕޭ) ރާއްޖެއަށް އަރައިފި ނަމަ ކޮށާލާނެ ކަމުގެ އިންޒާރުތަކެއް ދީފި އެވެ
ސައްޕޭ ޑީއޯގައި މިއަދު ބުނެފައިވަނީ އިއްޔެ ޝާއިއުކޮށްފައިވާ ލިއުމަކާއި ޝާއިއު ކުރި ފޮޓޯތަކާ ގުޅިގެން އެސައިޓްގެ މެއިލް އެޑްރެހަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ ސައްޕޭއަށް ބެހެވުނީ ނުބައި މީހަކާ ކަމަށާއި އެހެން ކަމުން ދެން އެނބުރި ރާއްޖެއަށް އައުމަށް ޚިޔާލު ނުކުރުމަށެވެ. އަދި ރާއްޖެއަށް އަތުވެއްޖެ ނަމަ ޑީއޯ ސައްޕޭ ފޮތިފޮއްޗަށް ކޮށާލާނެ ކަމުގެ އިންޒާރު އެފަރާތުން ވަނީ ދީފަ އެވެ
” އެމްޑީޕީގެ (ހުތުރުބަހެއް) ރާއްޖޭގައި ވެރިކަން ކުރިއަސް ކަލެއަށް ހަމަލާދިނުމަށް އަހަރެމެން ފަހެއް ނުޖެހޭނަށް. ﷲ ގަންދީ ބުނަން އަހަރެމެން ކަލޭގެ ބައިތައް ވަކިވަކިން ކޮށާލާނަން,“ ސައްޕޭއަށް ދީފައިވާ އިންޒާރު ކަމަށް ބުނެ ޑީއޯގައި ޝާއިއުކޮށްފައިވާ ލިއުމުގައި ބުނެފައި ވެއެވެ
ދިވެހި އޮބްޒާވަރުގެ އެޑިޓަރ ސައްޕޭއަށް ލިޔެފައިވާ މެސެޖުގައި ބުނެފައިވާ ގްރޫޕުގެ އިސްވެރިއަކު ޖަޒީރާއަށް މައުލޫމާތުދެމުން ބުނީ ދިވެހި އޮބްސަރވަރުގައި ލިޔެފައިވާ ލިޔުންތައް އަދި އޭނާއަށް ނުފެންނަ ކަމަށެވެ. އަދި އޭނާ އެނގިގެން އެފަދަ އެއްވެސް
ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ” އަޅުގަނޑަށް އަދި އެއެއްޗެއް ނުވެސް ފެނޭ. ފެނިގެން ނޫންތޯ އަޅުގަނޑަށް ތިއަށް ކޮމެއްޓެއް ވެސް ކުރެވޭނީ.“ އޭނާ ޖަޒީރާއަށް މައުލޫމާތު ދެމުން ބުންޏެވެ
ޖަޒީރާއަށް މައުލޫމާތު ދެމުން އެގުރޫޕަށް ނިސްބަތްވާ އެހެން މީހަކު ބުނީ ފަހަކަށް އައިސް އެކި ފަރާތްތަކުން އެގުރޫޕުތަކުގެ ނަމުގައި އެކި ސައިޓްތަކުގައި ލިއުމާއި ފޮޓޯތައް ޝާއިއު ކުރަމުންދާ ކަމަށާއި އެއީ އެ ގުރޫޕްތަކަށް ނޭނގި ކުރާ ކަމެއް ކަމަށެވެ
No comments:
Post a Comment