އިޝާރުގެ މަރުގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުގެ ރޭ މާލެތެރޭގައި ހިންގި މާރާމާރީގައި މަރާލާފައިވާ ހ. ކުބުރާ, އަލީ އިޝާރުގެ މަރާގުޅިން ފުލުހުން ހޯދަމުންދާ މީހުންގެ ތެރެއިން 2 މީހަކު ހައްޔަރު ކޮށްފި އެވެ
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައި ވަނީ އައްޑު އަތޮޅު މީދޫ, ގުލުޝަން މިނަން ރަޝީދު ,22 (ފޮޓޯ) އާއި މިމައްސަލައިގައި ހޯދަމުން ދިޔަ 18 އަހަރުންދަށުގެ ކުއްޖާ ކަމަށެވެ
ފުލުހުން ބުނީ މިނަން ރަޝީދު ހައްޔަރު ކުރެވިފައި ވަނީ އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ވިލިގިލިން ކަމަށެވެ. އަދި މިމައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާ ހައްޔަރު ކުރެވިފައި ވަނީ އޭނާ އަމިއްލައަށް ފުލުސް އޮފީހަށް އައިސް ރިޕޯޓު ކުރުމުން ކަމަށެވެ
ފުލުހުން ބުނީ އިޝާރުގެ މަރާ ގުޅިގެން ހޯދުމަށް އިއުލާންކޮށްފައިވާ ހއ. ހޯރަފުށީ, ރަހުމާނީ ހިޔާ, ޝިފާއުﷲ އަބުދުލް ވާހިދު ,25, އާ ގދ. ގައްދޫ, ތިންފިޔަ މުހައްމަދު އަހުސަން,24, އަދި ހ. ހަންޑްރެޑް ފްލާވަރސް ހުސެއިން ރަޒީން,21, އަދިވެސް ފެނިފައި ނުވާ ކަމަށެވެ. ފުލުހުން ވަނީ މާލެތެރޭގައި ހިނގަމުންދާ މާރާމާރީތަކާއި ގުޅިގެން ހޯދަމުން ދިޔަ ހ. ހިލްޓަން އާޒިލް ރައޫފް ,22, ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިއްޔެ ހައްޔަރު ކުރެވުނު ކަމަށް އަޑުފެތުރިގެން ދިޔަ ހ. ހިލްޓަން, އަހުމަދު އާލިފް (އިއްޔެ ހައްޔަރުކުރެވުނު މީހާގެ ބޭބެ) ހައްޔަރު ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ
މިމައްސަލައާ ގުޅިގެން މިހަތަރު މީހުންގެ އިތުރުން ފުލުހުން ހޯދުމަށް އިއުލާންކޮށްފައި ވަނީ މ. ފޮގެޓް މީ ނޮޓު, އަހުމަދު ޒިއާދު ,25, އާއި އައްޑު އަތޮޅު ހިތަދޫ އަތިރީ އާގޭ އަހުމަދު ސިމްހާނު ,21, ގެ އިތުރުން ހ. ހިލްޓަން އަހުމަދު އާލިފް ރައޫފް ,21, އެވެ
މިމަހުގެ 2 ވަނަ ރެއިން ފެށިގެން މާލެތެރޭގައި ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ 30 ށް ވުރެ, ގިނަމީހުން ހައްޔަރުކޮށްފަ އެވެ
މައުލޫމާތު ލިބިފައިވާގޮތުގައި އިޝާރުގެ މަރާގުޅިގެން ހައްޔަރު ކުރުމަށް އިއުލާނުކޮށްފައިވާ މީހުންނަކީ ތަފާތު މައްސަލަތަކާއި ގުޅިގެން މިހާރުވެސް އެޓާނީ ޖެނެރަލް އޮފީހަށް މައްސަލަތައް ފޮނުވާފައިވާ މީހުން ނެވެ
No comments:
Post a Comment