Thursday, January 10, 2008

”އުތުރު އަރުމާޒު“ ގެ ދަތުރު ވަރަށް ކާމިޔާބު: އިއްތިހާދު

ު

ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުން ‘’އުތުރު އަރުމާޒް’’ގެ ނަމުގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އުތުރުގެ އަތޮޅުތަކަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެގުޅުމުން ބުނެފި އެވެ

މި ދަތުރުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއްކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އުތުރުގެ އަތޮޅުތަކަށް އަމާޒްކޮށްގެން ކުރެއްވި ދަތުރަކީ ވަރަށް ކާމިޔާބު އުންމީދީ ފާލެއްކަމަށެވެ

” މިރާއްޖޭގައި ހިނގާފައި ހުރި އެހެން އަރުމާޒުތަކަށް ދޫކުރާނެ އަރުމާޒެއް ނޫން މީކީ.“ އަންނި ވިދާޅުވި އެވެ

އިއްތިހާދުގެ އަމާޒަކަށްވީ ވަގުތީ ސަރުކާރު އެކުލަވާލުމަށް ވަކާލާތުކުރަމުން އައި ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުން ކަމަށްވެސް އަންނި ވިދާޅުވިއެވެ

ރ. އަތޮޅު މީދޫން ފެނިގެންދިޔަ އިދިކޮޅު ޝުއޫރުތަކާއި މެދު އަންނި ވިދާޅުވީ އެރަށަކީ އެމްޑީޕީގެ ފަރާތުން އެރަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށާއި އަދި އެހެން ނޫނަސް އެރަށުގައި އިޖުތިމާއި މައްސަލަތަކެއް ހުރިކަމަށެވެ

” އަޅުގަނޑުމެން ބިލަނީ އެހެންރަށްތަކަށްވެސް ދޭ ބޭސް އެރަށަށް ދިނުމުން ރަގަޅުވާނެ ކަމަށް.“ އަންނި ވިދާޅުވި އެވެ

ގައުމީ އެއްބައިވަންތަކަމުގެ އިސްތަރުޖަމާނު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ, އިއްތިހާދުން އިންތިގާލީ އިންތިޒާމްގެ މުހިންމުކަން އަންގައިދިނުމަށް އުތުރަށް ކުރެއްވި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި މީދޫ ފިޔަވައި އެހެން ހުރިހާ ރަށަކުންވެސް ވަރަށް ހޫނު ތަރުހީބެއް ލިބުނުކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ

” އިންތިގާލީ ސަރުކާރަކަށް ތާއީދުކުރުމުގެ ގޮތުން އަރުމާޒުން ހުށަހަޅާ ޕެޓިޝަނަށް ވަރަށް ގިނަ އަދަދެއްގެ ސޮއި ލިބިފައިވާ.“ ޝަހީދު ވިދާޅުވި އެވެ

ޝަހީދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކަށް އަރުމާޒުން އިތުރު ދަތުރުތަކެއް ކުރެއްވުމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. ޝަހީދު ވިދާޅުވީ ރ. އަތޮޅު މީދޫ ފިޔަވައި އެހެން ހުރިހާ ރަށްތަކުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށެވެ

”އުތުރު އަރުމާޒު“ ގެ ދަތުރު ނިންމާލުމަށް ފަހު އިއްޔެ ހަވީރު ވަފުދު މާލެ އައިއިރު އެތައް ސަތޭކަ ބަޔަކު 1 ނަމްބަރ ފާލަންކައިރިއަށް އެއްވެ, ބޯޓުން ދަތުރުކުރި މީހުންނަށް ހޫނު ބަރުހަބާ ކިޔާފައި ވެއެވެ

No comments: