Thursday, January 10, 2008

މައުމޫނަށް ވަޅިން ހަމަލާދޭން އުޅުނު ހާދިސާއާއި ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި


ރައީސުލްޖުމްހޫރއިްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އުތުރަށް ކުރައްވާ ދަތުރުފުޅުގައި ހއ ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަޅިންހަމަލާދޭން އުޅުނު ހާދިސާއާއި ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަށަވަރުކޮށްދީފިއެވެ

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރައީސްމައުމޫނަށް ވަޅިން ހަމަލާދޭން އުޅުނު ހާދިސާއާ ގުޅިގެން އިތުރު ހަތަރު މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ފުލުހުން އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެއެވެ

އެމީހުން ހައްޔަރުކުރީ ހޯރަފުށިންކަމާއި އެއީ ކޮންބައެއް ކަމެއްވެސް ހާމަކުރަން ފުލުހުން އިންކާރު ކުރިއެވެ

”އަދި އިތުރު ތަފްސީލެއް ދެވޭކަށްނެތް. ތަހުގީގް މިހާރު ދަނީ ހިނގަމުން“ ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ

ޖަޒީރާއަށް މައުލޫމަތު ދެމުން ހޯރަފުށީ މީހަކު ބުނީ ވަޅިން ހަމަލަދޭން އުޅުނު ހާދިސާއަށްފަހު އެރަށުން އިތުރު ހަތަރު މީހަކު ރޭ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ތެރޭގައި ރަށު ކޯޓުގައި ވަޒީފާ އަދާކުރާ މީހަކުވެސް ހިމެނޭ ކަމުގައެވެ. އަދި ހައްޔަރުކޮށްފައިވަނީ މުޅިންވެސް ޒުވާނުންކަމަށް އޭނާ ބުންޏެވެ

ރައީސްމައުމޫނު ހޯރަފުއްޓަށް ވަޑައިގަތުމުގެ ކުރިންވެސް އެރަށުން ގިނައަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައިވެސް ހިމެނެނީ ޒުވާނުންނެވެ

No comments: