Wednesday, October 31, 2007

ޒާހިރު ހުސޭނު "ޤުރުބާން ކަންބަޅި" އަކަށްވި ވާހަކަ އެއީ ތެދެއްބާ

31-10-2007



އިބްރާހީމް ނާޞިރާ ދެކޮޅުޙަރަކާތް ހިންގައިގެން، ކެހިލިބުނު ދަރިވަރުންގެތެރޭގައި ޒާހިރުހުސޭނު ހިމެނުނުކަމަށް ބުނެވެއެވެ. ކޮންމެއަކަސް މިޞްރުގެ ކޯސް ކެންސަލްކުރެވުނެވެ. މިގުރޫޕަށް ފުރަތަމަ ދެއްވީ ޓީޗަރުކަމެވެ. އޭގެފަހުން ޒާހިރުހުސޭން އެޑިޔުކޭޝަނަށް ބަދަލު ކުރެއްވިއެވެ. ހުރީ ވަކީލެއްގެ މަޤާމުގައެވެ. މައުމޫނުގެ ދައުރު ފެށުމާއެކު، ޒާހިރުހުސޭނަށް އެޑިޔުކޭޝަންގެ ނައިބުކަން ދެއްވާ އެމިނިސްޓްރީ ހަވާލު ކުރެއްވިއެވެ. ޒާހިރުހުސޭނުގެ ސިސްޓަމަށް ތަޢުލީމީ ދާއިރާ ބަދަލުކޮއްލީ މިހާތަނުންނެވެ. ދީނީ ތަރުބިއްޔަތު ގްރޭޑް 7 ގެ ފޮތުގައި، ހެޔޮފާހަގަ އާއި ނުބައިފާހަގަ އަޅަންދީފައިވާ ތަމްރީނުތަކުގެ ތެރޭގައި "ށ. މާތްރަސްކަލާނގެއަށް ބައިވެރިއަކު ވެއެވެ."......... "ށ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ކުޅަދާނަވެގެންވަނީ އިންސާނުންވެސް ކުޅަދާނަވެގެންވާ ކަންތައްތަކެވެ.".......... "ނ. މާތްﷲގެ ކުޅަދުންވަންތަކަމުން: ޢިމާރާތްތަކާއި ގެތައް ބިނާކުރެއްވިއެވެ."........ މިބާވަތުގެ ޢަޤީދާ ފާސިދުކޮށް، މަޢުރިފާވެރިކަން އޮޅުންބޮޅުންވާ ޒާތުގެ ވާހަކަތައް ގެނެސް، ކިޔަވައިދޭން ފެށީ މިހާތަނުންނެވެ. މިނިސްޓަރުކަންލިބުނީ، ކުޑަވަރެއްގެ ޓެސްޓެއްގެ ފަހުގައެވެ.
މިނިސްޓަރ އޮފް އެޑިޔުކޭޝަންކަމުގެ މަޤާމް ޒާހިރުހުސޭނަށް ލިބުނީ 32 ޖުލައި 9791 ގައެވެ. އަށެއްކަމަސް ވަންދެން ޓެސްޓްކޮށްލަން މިނިސްޓަރުކަން ނުދީ ބެހެއްޓެވީ، އަޒްހަރު ޔުނިވަރސިޓީގައި ތަޢުލީމު ހާޞިލުކުރި އިރު، އަނެއް 3 މީހުންނަށްވުރެ މާރކްސް ދަށްވީމާ ކަމަށްވެދާނެއެވެ. ކޮންމެއަކަސް، ރާއްޖޭގެ ތަޢުލީމުގެ ބިންގާ ކައްޗަށް އެޅީ އެދުވަސްވަރު ޒާހިރުހުސޭނެވެ. މިނިސްޓަރުކަން ދެއްވިތާ 1 އަހަރާއި 4 މަސްވީތަނުން ޖޭ.އެސް.ސީ އިމްތިޙާނު ބާއްވައިފިއެވެ. 6 ޑިސެމްބަރ 0891 ގައި ބޭއްވި ޖަނަރަލް ސްކޫލް އިމްތިހާނުގައި މަޖީދިއްޔާ 97 ދަރިވަރުން، އަމީނިއްޔާ 52 ދަރިވަރުން، އެމް.އީ.އެސް 9 ދަރިވަރުން، އީ.ޕީ.އެސް 96 ދަރިވަރުން ބައިވެރިވިއެވެ. މިވަރުގަދަ އޮޅިގަނޑުން ސަލާމަތްވީ ކިތައް ކުދިންތޯ ހަވީރުނޫހާ ސުވާލު ކޮއްލުން އެދެވިގެންވެއެވެ. އޭރުއޮތީ، އަތޮޅުވެރިކަންކުރާ ރަށްރަށުގައި ސަރުކާރު ޚަރަދުގައި "މަކްތަބް ފެންވަރަށް" ކިޔަވައިދިނުމަށް 52 ޑިސެމްބަރ 8791 ގައި ހަމަޖައްސާފައެވެ. އެޔާއެކު 13 ޑިސެމްބަރ 8791 ގައި "ހަވީރު" ނޫސް ނެރެންފަށައިފިއެވެ. 42 ފެބްރުއަރީ 0891 ގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިއްޖެއެވެ. 12 މާރޗް 1891 ގައި އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލިސް އުފައްދައިފިއެވެ. 11 އޯގަސްޓް 3891 ގައި "ހަވީރުނޫސް އޭޖެންސީ" ("ހަނާ މޯލްޑިވްސް") މީރުބަހުރުއާގޭ ގައި ހުޅުވިއްޖެއެވެ. މަސްއޫލުވެރިޔަކީ އިބްރާހީމް ރަޝީދު މޫސާއެވެ. އެއީ "ހަވީރު" ގެ އެއްމަސްއޫލުވެރިޔާއެވެ. މިދުވަސްވަރަކީ، ވާލުސޮރަށް މޫދުހިތަކަށް ލިބުނުހެން، ޒާހިރުހުސޭނަށް ރާއްޖޭގެ ތަޢުލީމީ ދާއިރާ ލިބިފައި އޮތް ދުވަހެވެ. އެދުވަސް ނިމުމަކަށް އައީ، ޒާހިރުހުސޭނު "ޤުރުބާން ކަންބަޅިއަކަށް" ވިޔޭ އެކިޔާ ކަންތައް އައިސް ލައިގަތްހިސާބުންނެވެ.
"ޤުރުބާން ކަންބަޅި" އުފެދެން ޖެހުނު ވާހަކަ އެހާ ތަފްސީލުކޮށް ދެއްކުމަކީ ވާނެކަމެއްނޫނެވެ. ކުރުކޮށް ބުނާނަމަ ބުނަންއޮތް އެތެރޭގެ ވާހަކައަކީ، ވެރިމީހާގެ ދެފަރާތުގެ ޢާއިލާ "ބަނޑުމުސާރައަށް ބައްދައިގެން" އެއްފަރާތް ވަތަށް ޖެހުމުން ދިމާވިކަމެއް ކަމުގައެވެ. ބޭރުގެ ވާހަކައަކީ، ޒާހިރުހުސޭނަށްވުރެ، އިލްޔާސް އާއި ޢަބްދުﷲ ޙަމީދު ހިތްހަމަޖައްސައި ދިނުން އައުލާ ކަންބޮޑުވެގެންގޮސް ލާޒިމުވިކަމެއް ކަމުގައެވެ. ކޮންމެއަކަސް، އިލްޔާސް، ސިފައިންގެއާއި، ޓްރޭޑާއި އެސްޓީއޯގެ ވެރިކަމުގައި ޢައްބާސް ރައީސް އޮފީހާއި ކެބިނެޓްގައި ތިބެގެން، ޢަބްދުﷲ ޙަމީދު، އެޓޮލްސާއި، ރައްޔިތުންގެ މަޖިލީހާއި އޭ.ޓީ.ސީ އާއި ޤައުމީ މަރުކަޒުގައި ހުރެގެން، ދެފުށުފެން އެއްވަރަށް ކަނޑަމުން ދިޔަދުވަސްވަރު، ޒާހިރުހުސޭނު ހުރީ، ކުލާސްމޭޓެއްގެ ގޮތުންނާއި ބެސްޓްފްރެންޑެއްގެ ގޮތުން، ތަޢުލީމީ ދާއިރާގެ ވެރިކަމުގައެވެ. މިދުވަސް ނިމެމުންއައިއިރު، ކުރިމަތިވީ 03 މެއި 0991 އެވެ. އެދުވަހަކީ، އެފް.ޕީ.އައި.ޑީގެ މައްސަލާގައި، އިލްޔާސް އިބްރާހީމް އޭނާއަށް އޮތް ހުރިހާ މަޤާމަކުން ވަކިކުރިދުވަހެވެ. އެދުވަހު އޮފީސްބަންދުވީ، ޢަބްދުﷲ ޙަމީދު އެޓޮލްސުން ވަކިކޮށް، އެޑިޔުކޭޝަން މިނިސްޓަރުކަންދީ، ޒާހިރުހުސޭނު، އެޑިޔުކޭޝަނުން ވަކިކޮށް، ރައީސް އޮފީހުގެ މިނިސްޓަރުކަން ދީފައިވަނިކޮށެވެ. އެޓޮލްސް ދެއްވީ، ހެލްތުމިނިސްޓަރުކަމުގައި ހުރި ޢަބްދުﷲ ޖަމީލަށެވެ. "ޤުރުބާން ކަންބަޅި" މިއުފެދެނީ މިހިސާބުގައެވެ.
އިލްޔާސްގެ މައްސަލަ ނުވަތަ އެފް.ޕީ.އައި.ޑީގެ ޚިޔާނާތް އަމިއްލަ ފަރާތަކުން ސަރުކާރަށް ހުށަހެޅީ، އަނެއްސައިޑުގެ ރޭވުމެއްގައި 0991 މޭ މަހުގައެވެ. އިލްޔާސް ހުރިހާ މަޤާމުން ވަކިކުރެއްވީ އެކަމާހެދިއެވެ. (ނަމަވެސް 2991 ސެޕްޓެމްބަރ 03 ދުވަހު، އެމައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ޙުކުމް ކުރެއްވިއެވެ.) އިލްޔާސް ވެއްޓިގެންދާއިރު، ޙަމީދު އެޓޮލްސްގައި (އެހާމަތީގައި) ބެހެއްޓުމަށް "ގައިދޮށު ފަތޮޅު" ނުރުހުންވީމާ، ނުވަތަ އިލްޔާސް ކުށްވެރިނުކޮށް އެދާއިރާ ހަވާލުކުރުމަށްޓަކާ އެޓޮލްސުން ޙަމީދު ބޭރުކުރީއެވެ. އެޓޮލްސް ނޫނީ ދެން ޙަމީދު ބޭނުންވާ އޮތީ އެންމެ މަޤާމެއް ކަމަށާއި އެއީ އެޑިޔުކޭޝަން ކަމަށްވެއެވެ. އެހެންވެ، ޙަމީދަށް އެޑިޔުކޭޝަންކަން ދޭން މަޖްބޫރުވުމުން، ޒާހިރުހުސޭނު އެހެން މިނިސްޓަރީއަކަށް ބަދަލުކުރައްވަން ޖެހުނީއެވެ. ޒާހިރު ގަބޫލުވި އެއްމިނިސްޓްރީވެސް ނެތްކަމަށްވެއެވެ. އެހެންވެ. ރައީސް އޮފީހު މިނިސްޓަރުކަން ދެއްވީއެވެ. އިލްޔާސަށްޓަކާ އެޓޮލްސް "ހުސް" ކުރީއެވެ. ޙަމީދަށްޓަކާ އެޑިޔުކޭޝަން "ހުސް" ކުރީއެވެ. އެއީ ލޭގެގުޅުން ކަމަށްވާތީއެވެ. ރައްޓެހިކަން ޤުރުބާންކުރިޔަސް ހިތަށްދަތުވެ، ފިތަށްބާރުކޮށް، ނިތަށް ރޫއަރައި، ބިތަށްވެއްޓި އުޅެން ނުޖެހޭނެތީއެވެ. ޤުރުބާންމިވީ ޒާހިރުހުސޭނެވެ. "ޤުރުބާން ކަންބަޅި" އުފެދުނު ވާހަކައަކީ ތެދުވާހަކައެއް ބާވައެވެ! ޤުރުބާނުން ހިތްހަމަނުޖެހުނަސް، ހިތްހަމަޖެހޭ ފަދަ "މާމޮޅުކަމެއް" އެދުވަސްވަރު ޙާޞިލްވިކަމަށްވެސް ކިޔައިއުޅެއެވެ. ދެން ފެނުނީ އިލްޔާސް އެޓޮލްސުންނެވެ.
އިލްޔާސްގެ ހުރިހާ ވަޒީފާ ވަކިކުރެއްވިތާ 11 މަސްނުވަނީސް 72 މާރޗް 1991ގައި އޭނާއަށް އެޓޮލްސް މިނިސްޓަރުކަން ދެއްވައިފިއެވެ. ޙަމީދު އެޑިޔުކޭޝަންގައެވެ. ޒާހިރުހުސޭން ރައީސް އޮފީހުގައެވެ. މިގޮތަށް މިކަން އޮތީ ދާދި ކުޑަދުވަސްކޮޅަކުއެވެ. 3991 މ. ވަނައަހަރުގެ ރިޔާސީ އިންތިޚާބުގައި، އިލްޔާސް، ރައީސްކަން ހޯދަން މަސައްކަތްކުރިކަން ބޭޒާރުވެ، އޭނާ 42 އެޕްރީލް 3991 ގައި ރައީސް އޮފީހުގެ މިނިސްޓަރކަމަށް ބަދަލު ކުރައްވައިފިއެވެ. ޒާހިރުހުސޭނާ ދެމީހުން މިހާރުމިތިބީ އެއްހާލުގައެވެ. މިހެންއޮއްވާ، ރައީސް އޮފީހު މިނިސްޓަރުކަމުން ވަކިކޮށް (ވެރިކަން ހޯދަންއުޅޭތީ) އިލްޔާސް ޝަރިއަތަށް ފޮނުވައިފިއެވެ. 51 އޯގަސްޓް 3991 ގައެވެ. އޭނާއަށް ފަހުން ޙުކުމްވެސްކުރިއެވެ. 11 ނޮވެމްބަރ 3991 ގައި ޢަބްދުއްރަޝީދު ހުސޭނަށް އެޓޮލްސް ދެއްވައިފިއެވެ. ޔާމީނަށް ޓްރޭޑް މިނިސްޓަރުކަން ދެއްވައިފިއެވެ. އަބްދުﷲޙަމީދަށް ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ދެއްވައި، އެޑިޔުކޭޝަން މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ. އެޑިޔުކޭޝަން މިނިސްޓަރުކަން (11 ނޮވެމްބަރ 3991 ގައި) ދެއްވީ ޑރ.މުހައްމަދު ލަޠީފަށެވެ. ޒާހިރުހުސޭން އަދިވެސް ހުރީ ރައީސް އޮފީހުގައެވެ.
އެޑިޔުކޭޝަން މިނިސްޓަރުކަން ލަޠީފަށް ދެއްވީ ޕީއެޗްޑީ އޮތީމައޭ، އެދުވަސްވަރު ކިޔައިއުޅުނެވެ. ޒާހިރުހުސޭން މެލޭޝިޔާއަށް ޕީއެޗްޑީއަށް ކިޔަވަން ދިޔައީ މިދުވަސްވަރުއެވެ. ސްޕޯޓްސް މިނިސްޓަރުކަން ޒާހިރުހުސޭނަށް ލިބުނީ 6991 ނޮވްމެބަރ 6 ގައެވެ. "ޤުރުބާން ކަންބަޅި" އަކަށްވީކަމެއް ނުވާކަމެއް ނޭނގެއެވެ

No comments: