Monday, October 29, 2007

މާފުށީޖަލުންބަޔަކު ނުކުމެ އެރަށު 6 ފިހާރައެއް ފަޅާލައިފި

އަބްދުﷲ ފާއިގް ު

މާފުށި ޖަލުން ބަޔަކު ނުކުމެ އެރަށުގެ 6 ފިހާރައެއް ފަޅާލާ, ފަޅުގައި އޮތް ކުޑަ ދޯންޏެއްގައި ގުރައިދޫއަށް ދިޔަތަނުން އަތުލައިގެންފި އެވެ

މިފިހާރަތައް ފަލާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި މިފިހާރަތަކުން ގިނައަދަދެއްގެ ފައިސާއާއި މުދާ ނަގާފައިވާކަމަށް ފިހާރަތަކުގެ ވެރިން ބުނެއެވެ

ފަޅާލި ފިހާރަތަކުގެ ތެރޭއިން ދެ ފިހާރައެއްގެ ވެރިފަރާތްކަމުގައިވާ މުހައްމަދު ޝިފާއު ބުނީ އެނާގެ ދެފިހާރަ ފަލާލައިގެން 15 ހާސް ދިވެހި ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިފައިސާ ވަގަށް ގެންގޮސްފައިވަނީ ފިހާރާއިގެ ވަތްގަނޑު ހަލާކު ކޮށްލައިގެން ކަމަށެވެ

” 6 ފިހާރަ ފަޅާލާފައި އެމީހުން މިރަށު ފަޅުގައި އޮތްކުޑަ ދޯންޏަކަށް އަރައިގެން ގުރައިދޫއަށް ގޮސް އެރަށު ފެރީން މާލޭ ދާން އުޅެނިކޮށް އެމީހުން އަތުލައިގަތީ“ މުހައްމަދު ޝިފާއު ބުންޏެވެ

މީގެ ތެރޭއިން ފަޅާލި އެއްފިހާރައެއްގެ ވެރިފަރާތްކަމުގައިވާ އަހުމަދު ނަޝީދު ބުނީ އެނާ ހެނދުނު ތެދުވެގެން ފިހާރައިގެ ބޮކި ނިންވާލުމަށް ދިޔައިރު ފިހާރައިގެ ދޮރުހުރީ ހުޅުވާފައި ކަމަށެވެ. އަދި ފިހާރަފަޅާލައިގެން 5 ހާސް ޑޮލަރު ގެންގޮސްފައިވާ ކަމަށެވެ

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ ރޭވެސް މާފުށި ޖަލުން ބަޔަކު ނުކުމެ ތަންތަން ފަޅާފައިވާކަމަށެވެ. މިކަމާއި ގުޅިގެން މާފުށީ އޮފީހުގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ. ފުލުހުންނާ ގުޅުމުން އެފަރާތުން ބުނީ ޕެނިޓެންޝަރިއާ ގުޅުމަށެވެ. ޕެނިޓެންޝަރީގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ

No comments: