Saturday, October 27, 2007

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން މައިތިރިކުރުމަށް ހުށަހެޅި ޕްލޭނަކީ ޑރ.ހަސަން އެކުލަވާލި އެއްޗެއް ނޫން: އިންފޮމޭޝަން މިނިސްޓަރު

ު

ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުން މައިތިރި ކުރުމަށް ސަރުކާރަށް ހުށަހެޅި ޕްލޭނަކީ ޑރ.ހަސަން ސައީދު އެކުލަވާލި އެއްޗެއް ނޫން ކަމަށް މިހާރުގެ އިންފޯމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ދިއެފްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހައްދުފަހަނަޅާފައިވާ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ރައީސް އިސްނަންގަވައިގެން އެކުލަވާލި ކޮމެޓީއެއްގެ ރިޔާސަތު ޑރ.ހަސަން ބެލެހެއްޓެވި ނަމަވެސް އެ ޕްލޭން އެކުލަވާލާފައިވަނީ ހަސަނު ނޫން ކަމަށެވެ

” ފުރަތަމަ ކަމަކީ އެއީ ޑރ.ހަސަން ސައީދު އެކުލަވާލި ޕްލޭނެއްނޫން. ރާއްޖޭގައި ދީނީ އެކި މައްސަލަތަކާ ގުޅިގެން ހިޔާލުތަފާތުވުންތައް އުފެދެމުންދާތީ ރައީސްގެ އިސްނެންގުވުމަކަށް ރައީސް އެކުލަވާލި ކޮމެޓީއެއްގެ ރިޔާސަތާ ހަސަން ސައީދު ހަވާލުވެ ވަޑައިގަތީ“ ނަޝީދު ދިއެފްއެމްގައި ބުރާސްފަތި ދުވަހު ވިދާޅުވި އެވެ

ނަޝީދު ވިދާޅުވީ ހަސަނުގެ ރިޔާސަތުގެ ދަށުން އެކޮމެޓީން ސަރުކާރަށް ޕްލޭނެއް ހުށަހެޅި ކަމަށާއި އެޕްލޭނުގައިވާ ކަންތައްތަކަށް މިހާރު އަމަލުކުރަމުންދާ ކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފަ އެވެ

” އެޕްލޭނުގައި އެބަހުރި ވަރަށް ދިގުރާސްތާއަށް ކުރެވޭނެ ކަންތައްތަކާއި, މެދުރާސްތާއަށް ކުރެވޭނެ ކަންތައްތައްވެސް. މިހާރުން މިހާރަށް ކުރެވެން ހުރި ކަންތަކުގެ ތެރޭގައިވެސް އެބަހުރި އިތުރު ފިޔަވަޅު އަޅައިގެން ނޫނީ ނުކުރެވޭނެ ކަންތައްތަކެއް.“ އެޕްލޭނަށް އަމަލުކުރަމުންދާ ކަމަށްބުނެ ނަޝީދު ވިދާޅުވި އެވެ

” އަޅުގަނޑަށް ހީވާ ގޮތުގައި ހަމަ އެޕްލޭނުގައި ހުރިކަންތައްތައްވެސް ނުވަތަ އެ ބޭފުޅުން ހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިންވެސް ކުރެންވެންހުރި ކަންތައްތަކަށް އެދަނީ ފިޔަވަޅު އަޅުއްވަމުން. އާންމުންނަށް ފެންނަ ހިސާބުގައާއި ނުފެންނަ ހިސާބުގަވެސް“

ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން މީގެ ދުވަސްތަކެއްކުރިން ނިއުމޯލްޑިވްސްގެ ތިން ވަޒީރުން އިސްތިއުފާދިނުމަށްފަހު އިސްލާހީ ޕްރޮގްރާމަކީ އެބޭފުޅުން އެކުލަވާލާފައިވާ އެއްޗެއްކަމަށް ބުނަމުންދާ ދިއުމަކީވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެ މަސައްކަތުގެވެސް އިސްދައުރެއް އެ ތިން ބޭފުޅުން އަދާކުރެއްވި ކަމަށާއި ނަމަވެސް އިސްލާހީ އެޖެންޑާގެ އިސްދައުރެއް އަދާކޮށްފައިވަނީ މިހާރުގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ

No comments: