Saturday, October 27, 2007

ކުއްލި ޚަބަރު: ތިން ކެންޑިޑޭޓަކު ވެގެން ނައިވާދޫ ވޯޓު ފޮއްޓަށް ވޯޓުލިޔަ ނުދީ ހިފަހައްޓައިފި

ު

މިއަދު ކުރިއަށް ދިޔަ ރަށްކުރިއަރުވާ ކޮމެޓީއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ހދ. ނައިވާދޫން ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓަކު ވެގެން އެރަށު ވޯޓުފޮށްޓަށް ވޯޓު ލިޔަ ނުދީ ހިފަހައްޓައިފި އެވެ

ޖަޒީރާ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލަމުން ދަނިކޮށް އިރުއޮއްސި 6:30 ހާކަންހާއިރު, ވޯޓުލިޔަ ނުދީ ހިފަހައްޓައިގެން ތިބީ ނައިވާދޫ ރަށްކުރިއަރުވާ ކޮމެޓީއަށް ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުން ކަމުގައިވާ ހދ ނައިވާދޫ ޖަވާހިރުމާގޭ އަހުމަދު ފާއިޒާއި ފުނަމާގޭ އަހުމަދު ޒިޔާދު އަދި ހިތަށް ފިނިވާގޭ ޢަބްދުﷲ އާދަމެވެ. ވޯޓް ފޮށި ހިފަހައްޓާފައިވާ ކަމަށް އެރަށުގެ އިންތިޚާބުގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީގެ އެންމެ އިސްފަރާތް ކަމުގައިވާ ނައިވާދޫ ރަތްވިލާގޭ އަހުމަދު އަސްލަމް ކަށަވަރުކޮށްދެއްވި އެވެ

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އަހުމަދު އަސްލަމް ވިދާޅުވީ އެ ތިން ކެންޑިޑޭޓުންގެ ތެރެއިން އަހުމަދު ޒިޔާދު ޝަކުވާގެ ފޯމެއް ހުށަހެޅުއްވި ކަމަށާއި އެޝަކުވާ އެޓޯލްސް މިނިސްޓްރީއަށް އެންގެވުމުން އެޝަކުވާއަށް ޖަވާބެއް ދެއްވާނޭ ކަމަށް އަންގަވާފައިވާ ކަމަށެވެ

” އަޅުގަނޑުމެން އެޓޯލްސް މިނިސްޓްރީގައި ދެންނެވިން. އެޓޯލްސްއިން ވިދާޅުވީ ވަގުތުން ޖަވާބު ނުދެއްވޭނެ ކަމަށާއި ޖަވާބެއް ދެއްވާނެ ކަމަށް.“ އަސްލަމް ވިދާޅުވި އެވެ

އަހުމަދު އަސްލަމް ވިދާޅުވީ އެމީހުން (3 ކެނޑިޑޭޓުން) ވަދެ ވޯޓުފޮށިކައިރީ އެބަތިބިކަމަށާއި ޖަވާބެއް ނުލިބެނީސް ވޯޓުފޮއްޓަށް ވޯޓެއް ނުލެވޭނެކަމަށް އެމީހުން އަންގަމުންދާ ކަމަށެވެ

” މިހާރު އެޓޮލްސްއިން އަންގަވައިގެން ރަށު އޮފީހުން ވެސް އެބޭފުޅުންނަށް އަންގަވައިފި ވޯޓުލާ ސަރަހައްދުން ދުރަށް ދިއުމަށް. އެބޭފުޅުން އެކަން ޤަބޫލެއް ނުކުރި. މިހާރު އޮތީ ވޯޓުލުން ހުއްޓިފައި“ އަސްލަމް ވިދާޅުވި އެވެ

ވޯޓް ފޮށި އެ ތިން މީހުން ހިފަހައްޓާފައި ވަނީ ކުރިމަތިލާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ގުލްބަކާގޭ އަބްދުއްރައްޒާޤް އައްބާސް އޭނާގެ ނުކުޅެދޭ ބައްޕަ އައްބާސް މުހައްމަދަށް އެހީތެރިއެއްގެ ގޮތުގައި ވޯޓުލައިދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް އަސްލަމް ވިދާޅުވި އެވެ

” ޢަބްދުއްރައްޒާޤް, އައްބާސް މުހައްމަދަށް ވޯޓުލާފައިވަނީ ނަންތައް ޗެކްކޮށް ވޯޓުލުމުގެ ހުއްދަ ދެއްވަން އިންނެވި ނައިވާދޫ އިރަމާގޭ ޖަމްޝީދާ މުހައްމަދު ވޯޓު ކަރުދާސްކޮޅު ދިނުމުން. އެކަން އަޅުގަނޑުމެން އެގޮތަށް މިނިސްޓްރީއަށް ވެސް އެންގިން“ އަސްލަމް ވިދާޅުވި އެވެ

ޖަމްޝީދާ މުހައްމަދަކީ ނައިވާދޫ ކަތީބް މުހައްމަދު ރަޝީދު އިބްރާހީމްގެ އަންހެނުންގެ ކޮއްކޮ އަދި ނައިވާދޫ އޮފީހުގެ ސީނިއަރ ކްލާކެވެ

ވޯޓު ފޮށި ހިފަހައްޓައިގެން ތިބި 3 ކެނޑިޑޭޓުންގެ ތެރެއިން އަހުމަދު ފާއިޒަކީ އެރަށު އޮފީހުގެ ވޮޗަރެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އަބްދުﷲ އާދަމަކީ ހުކުރު މިސްކިތް ފޮޅާސާފުކުރުމުގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ. އަދި އަހުމަދު ޒިޔާދު ވަޒީފާ އަދާކުރަނީ އެރަށު ރައްޔިތުންގެ އިންޖީނު ގޭގަ އެވެ

No comments: