90،000 ރުފިޔާގެ މަހު މުސާރައަކަށް އޮއްޕޮ ބުރޫނާއީގެ ޓީމަކަށްދަނީ

މިހާރު ރާއްޖޭގައި ހުރިއެންމެ އަގު ބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް(އޮއްޕޮ) ޤައުމީ ޓީމުގެ މެޗް ނިމުމުން ބުރުނާއީގެ ޓީމަކަށް ދިޔުމަށް ފުރާނެކަމަށް އެނާގެ މިހާރުގެ ކުލަބް ވިކްޓަރީން ބުނެފި އެވެ
ވިކްޓްރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ސުޒޭނު ބުނީ އޮއްޕޮ ބުރޫނާއީއަށް ދިޔުމަށްޓަކާ ޤައުމީޓީމުގެ މެޗަށް ފަހު ފުރާނެ ވާހަކަ ބުނެފައިވާ ކަމަށާއި އަދި މިކަމުގައި އޮއްޕޮ ބޭނުންވާ ގޮތަކަށް ވިކްޓަރީ ކަންތައް ކޮށްދޭނެކަމަށެވެ. އަދި އާދީއްތަ ދުވަހުގެ މެޗަށް ފަހު އޮއްޕޮ ބުރުނާއީއަށް ދަނީ ޓްރައިލް އަކަށް ކަމަށެވެ
” އޮއްޕޮ ބޭނުންވާ ގޮތަކަށް ކަންތައްތައް ކޮންދޭނަށް, ޓްރާސްފާ ފީވެސް ބޭނުމެއް ނޫން, އަންނަ އަހަރު އެއްކޮށް އެކޮޅުގައި ކުޅުނަސް އަހަރުމެން އެއްވެސް ފައިސާއެއް ނުހޯދާނަށް ” ސުޒޭން ބުންޏެވެ
ބުރުނާއީގެ ޓީމެއްކަމަށްވާ ބުރުނާއީ ދާރުއްސަލާމް ކްލަބުން އޮއްޕޮއަށް މަހަކު 7000 ޑޮލަރުގެ ހުށަހެޅުމެއްވަނީ ހުށަހަޅާފަ އެވެ. ކުރީން ރާއްޖޭގެ ޤައުމީ ޓީމު އަދި ނިއުއަށް ކޯޗުކަން ކޮށްފައިވާ ސްޓޮއިކޯފް ކޯޗު ކޮށްދޭ ބުރުނާއީގެ މިކުލަބުން ކުޅަދާނަ ފޯވާޑު އަލީ އަޝްފާޤު (ދަނގަޑޭ) އަށްވެސް ވަނީ ފުރުސަތު ލިބިފަ އެވެ
މީގެ އިތުރުން ވިކްޓްރީގެ ޖެނެރަލް ސެކްރެޓަރީ އަލީ ސުޒޭނު ބުނީ އޮއްޕޮ ބުރުނާއީއަށް ދިޔުމުގެ ސަބަބުން އަހުމަދު ތޯރިޤު (ޓޮމް) އަށް މިހާރަށް ވުރެއް ބޮޑަށް ވިސްނަން ޖެހިފައިވާކަމަށާއި އަދި ޓޮމްގެ އަގު މިހާރު ދެލައްކައަށް މަތިކޮށްފައިވާ ކަމަށެވެ. އަދި ފީފާގެ އެޖެންޓެއް މެދުވެރިކޮށް ޓޮމްއަށް އެކަން ވަރަށް އަވަހަށް އަންގާނެކަމަށް ވެސް ސުޒޭނު ބުންޏެވެ
No comments:
Post a Comment