ދީނީ ސީޑީ "މަރު", ގިނަ އަދަދަކަށް ވިކި, އިތުރަށް ޑުޕްލިކޭޓް ކުރަނީ
08/09/2007ު
މިމަހު 3 ވަނަ ދުވަހު ނެރެފައިވާ ދީނީ ސީޑީއެއްކަމަށްވާ "މަރު" ވީސީޑީގެ ގިނައަދަދެއްގެ ކޮޕީ ވިކި, އިތުރަށް ޑުޕްލިކޭޓް ކުރަމުންދާ ކަމަށް އެސީޑީގެ މަސްއޫލު ވެރިޔާ އަހުމަދު މޫސާ ވިދާޅުވެއްޖެ އެވެ
އަހުމަދު މޫސާ ވިދާޅުވީ ދީނީކަންކަމަށް ހާއްސަ ކުރެވިފައިވާ މިސީޑީއަށް ލިބިގެން ދިޔަ ތަރުހީބުން ދިވެހިންގެ ތެރޭގައި ދީނަށްދޭ ސަމާލުކަށް ވަރަށް ބޮޑަށް އެނގިގެން ހިގައްޖެ ކަމަށެވެ
މިސީޑީގައި ވަނީ މަރާ ގުޅޭ ކީރިތި ގުރުއާންގެ އާޔަތްތަކާއި ކީރިތިރަސޫލާގެ ހަދީސްފުޅުތަކުގެ އިތުރުން މަރުގެ އެކި މަންޒަރުތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާފައިވާ ގުދުރަތީ ބޮޑެތި ހަގީގީ މަންޒަރުތަކާއި, ރާއްޖޭގެ ދީނީ ބޮޑެތި އިލްމުވެރިން މަރާ ބެހޭ ގޮތުން ބުނެފައިވާ އަސަރުން ފުރިފައިވާ ބަސްތެކެވެ
މިދިގުމިނަކީ 1.15 ވަރަކަށް މިނެޓެވެ. މީގެ ސީޑީއެއް ވިއްކަމުންދަނީ 100ރ އަށެވެ
No comments:
Post a Comment