Tuesday, September 11, 2007

The President calls the Maldivian craftsmen to preserve and nurture their skills

10 September 2007
Report: Soodh

The President today called on Maldivian craftsmen to preserve and nurture their skills. He made this statement at the opening ceremony of the National Handicraft Centre. In his speech, the President stated that ancient artifacts that had reached our generations are unique to us and the creative craftsmanship skills we had inherited from our fore-fathers should be cherished and treasured.

The President also highlighted the importance of providing a good market for Maldivian craftsmen which would lead to the creation of more handicrafts to preserve the inherited talents. He noted that the opening of a National Handicraft Centre would provide more opportunities for the craftsmen of Maldives to develop their skills and exhibiting their work.

Speaking at the ceremony the President pointed out that there is a need for handicraft by the government and other agencies for various occasions. He also stated that the exchange of cultural artifacts and handicraft as gifts have become an international tradition.

The Minister for Economic Development and Trade, Mr. Mohamed Jaleel also spoke at the ceremony. The Minister said that Maldivians are very keen craftsmen and that our work is admired and appreciated worldwide. He also stated that the government will provide support to craftsmen for their work.

ރާއްޖޭގެ މަސައްކަތްތެރި ފަންނާނުންގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، ފެންވަރު ހިފެހެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މަސައްކަތްތެރިންނަށް އިލްތިމާސް ކުރައްވައިފި
10 ސެޕްޓެމްބަރު 2007 (ހޯމަ)

ރާއްޖޭގެ މަސައްކަތްތެރި ފަންނާނުންގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، ފެންވަރު ހިފެހެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ދިވެހިންގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތް ދައްކައިދޭ މަރުކަޒު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ ރޮނގުން ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާރުތަކޮށްދެއްވާފައިވާ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ތަރިކައަކީ، އަޅުގަނޑުމެން ވަރަށް ފަޚުރުވެރިކަމާއެކު ބަލައިގަނެ ދަމަހައްޓަންޖެހޭނެ ތަރިކައެކެވެ. އަދި ޒަމާނަށް ދެމިގެންގޮސް، މިއަދު އަޅުގަނޑުމެންނާ ހަމައަށް ވާސިލުވެފައިވާ އިހުގެ ކޮންމެ ދިވެހި އުފެއްދުމަކީ، އެ އުފެއްދުމެއްގައި ޚާއްޞަ ދިވެހިވަންތަކަމެއް އެކުލެވިގެންވާ އުފެއްދުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދައްކައިދޭ މަރުކަޒަކީ، މަސައްކަތްތެރި ފަންނާނުންގެ ދިވެހި އުފެއްދުންތަކަށް މިހާރަށްވުރެ ތަނަވަސް ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށްޓަކައި ހުޅުވުނު މަރުކަޒެއް ކަމުގައި ވިދާޅުވިއެވެ. މަސައްކަތްތެރިކަމުގެ ތަފާތު އުފެއްދުންތައް އިތުރުކުރުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ތަކެތި އުފައްދާ މީހުންނަށް ރަނގަޅު އަގެއް ލިބުމަކީވެސް މިމަސައްކަތް ދަމަހައްޓައި ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުނަރުވެރި މަސައްކަތްތެރިން އުފައްދާ އުފެއްދުންތައް، ސަރުކާރުންވެސް ވަރަށް ގިނައިން ބޭނުންފުޅު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިޒަމާނަކީ ރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދު ވަރަށް ގާތް ގުޅުންތަކެއް އުފެދިފައިވާ ޒަމާނަކަށްވުމާއެކު، ދޭދޭ ޤައުމުތަކުގެ ވެރިންގެ މެދުގައި ހަދިޔާ ބަދަލުކުރުމަކީ، ބައިނަލްއަޤްވާމީ އާދަކާދައެއް ކަމަށާއި، އެހެންވީމާ، މިކަމަށްޓަކައިވެސް ރާއްޖޭގެ އުފެއްދުންތައް ވީހާ ރަނގަޅު ފެންވަރެއްގައި ގިނަ އަދަދަކަށް އުފައްދަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙަންމަދު ޖަލީލު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނަކީ ފަންނުވެރި މަސައްކަތްތަކަށް ލޯބިކުރާ ބައެއް ކަމަށާއި، ދިވެހި އުފެއްދުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަޤްބޫލު އުފެއްދުންތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި މަސައްކަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ދެއްވުމަށް ސަރުކާރުން މަސައްކަތް ފަށްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދައްކައިދޭ މަރުކަޒު، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުމަށްފަހު، އެ މަރުކަޒު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

VELIDHOO NEWS

velidhoocommunity@gmail.com

No comments: