Tuesday, October 2, 2007

ފަތުރުވެރިންނަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާ މި އަމަލު ކުށްވެރިކޮށް, ގަރާރެއް ފާސްކުރުމަށް މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި

އިއްޔެ ު

ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލުމާގުޅިގެން, އެ އަމަލު ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރުމަށް އެދި ސަރުކާރުން ހުށަހަޅައިފި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ

ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލުމާގުޅިގެން, އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް ލިބުނު މައްސަލައިގައި, އެ އަމަލުކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް އެދި ސަރުކާރުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ

ރާއްޖޭގެ ރައްޔިތުންގެ ފުރާނައަށާއި ސަލާމަތަށާއި, މުދަލަށާއި ރާއްޖޭގެ ފަތުރުވެރިކަމަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ފަރާތްތަކާއި އެ މީހުންގެ ފުރާނައާއި މުދަލަށާއި ތަކެއްޗަށާއި ރާއްޖެ އަށް އެކިބޭނުންތަކުގައި ޒިޔާރަތްކުރާ ބޭރު މީހުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުމެއް ވެދާނެ ނުވަތަ އުނިކަމެއް އަތުވެދޭނެ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ހޮނިހިރު ދުވަހުގެ 2:36 ހާގއިރު ޕާކުގައި ދިން ޓެރަރިސްޓު ހަމަލާގައި 12 ފަތުރުވެރިއަކަށް ތަފާތު ގެއްލުންތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވެ އެވެ. ގެއްލުން ލިބުނު ފަތުރުވެރިންގެ ތެރެއިން 10 މީހުން މިހާރުވަނީ ދޫކޮށްލައިފަ އެވެ

އެ ހަމަލައާ ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ދެ ބިދޭސީން ހިމެނޭ ކަމަށާއި ދެން ތިބީ ދިވެހިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ

VELIDHOO COMMUNITY

No comments: