The President delivers an Address at the Inauguration of the International Conference on Islamic Justice. “Islamic Sharia aims to guarantee the rights of every individual” the President says
Reference Number: 2007-494
Monday, September 3, 2007
The President says that Islamic Sharia aims to guarantee the rights of every individual. He made the statement in the opening session of the International Conference on Islamic Justice, which began today, in the Jordanian Capital of Amman.
The President addressed the conference on the invitation of King Abdullah of Jordan. The invitation was delivered by the Chief Justice Dr. Ahmed Mohamed Hulail.
The President noted that Islamic Sharia was founded on justice and equality. He stressed that Islamic justice safeguarded a person’s faith, rights, property and possessions, life and dignity. He added that it also protected civil rights and set standards of social behaviour. He also said that Islamic justice condemned all forms of violence and terrorism.
In his Address the President highlighted that, today, there was an urgent need to portray the true faith of Islamic justice and promote peace and harmony in the Islamic world.
The President emphasised that Islamic Sharia and legal statutes was a shining example of Islamic heritage. He noted that it also presented a true picture of the efficiency with which the Commandments of the Almighty Allah were being followed and practiced. He said that history showed that Islamic justice had fulfilled this duty faithfully, and that the Islamic Ummah must be proud of the manner in which Islamic justice had guaranteed freedom and individual rights in an unbiased manner.
The President also spoke on the importance that the Holy Prophet had attached to promoting Islamic justice. He noted that the Holy Prophet was Himself a judge and that the Holy Prophet was a beacon of enlightenment. He pointed out that the community of Medina had turned to the Holy Prophet for guidance and advice in settling disputes.
The President also looked at the evolution of the practice of Islamic justice through history.
In his Address, the President noted that the unrivaled qualities of the Islamic justice had ensured that, even today, the judiciaries of most Islamic countries are based on the Islamic justice system. He added that Islamic justice could successfully address social, economic and political issues of the day and that it complimented numerous pillars of modern democracy.
އުރުދުންގެ ވެރިރަށް ޢައްމާނުގައި މިއަދު ފެށުނު އިސްލާމީ ޝަރީޢަތާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވައިފި. އިސްލާމީޝަރީޢަތުގެ ލަނޑުދަނޑިއަކީ ކޮންމެ އިންސާނަކަށް އޭނާގެ ޙައްޤާ އެއްގޮތަށް އުޅެވޭނެ މަގު ތަނަވަސްކޮށްދީ އެހެންމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ –
އިސްލާމީޝަރީޢަތުގެ ލަނޑުދަނޑިއަކީ ކޮންމެ އިންސާނަކަށް އޭނާގެ ޙައްޤާ އެއްގޮތަށް އުޅެވޭނެ މަގު ތަނަވަސްކޮށްދީ، އެހެން މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އުރުދުންގެ ވެރިރަށް ޢައްމާނުގައި މިއަދު ފެށުނު އިސްލާމީ ޝަރީޢަތާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިފްތިތާޙީ ޖަލްސާގައި ތަޤްރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިޖަލްސާގައި ތަޤްރީރު ކުރެއްވީ، އުރުދުންގެ ރަސްގެފާނު ޢަބްދުﷲގެ ފަރާތްޕުޅުން އުރުދުންގެ ޗީފް ޖަސްޓިސް ޑޮކްޓަރ އަޙްމަދު މުޙަންމަދު ޙުލައިލް ދެއްވި ދަޢުވަތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަރަބިބަހުން މިކުރެއްވި ތަޤްރީރުގައި ވިދާޅުވިގޮތުގައި، އިސްލާމީ ޝަރްޢީ ނިޒާމުގެ އަމާޒަކީ ޢަދްލު އިންސާފު ޤާއިމުކުރުމެވެ. ޢަޤީދާއާއި ޙައްޤުތަކާއި މުދަލާއި ފުރާނަޔާއި އަބުރު ރައްކާތެރިކުރުމެވެ. ޢާންމު ޙައްޤުތައް ޙިމާޔަތްކޮށް، އަޚްލާޤީ މިންގަނޑުތައް ރައްކާތެރިކުރުމެވެ. ހުރިހާ ބާވަތެއްގެ ޢުދްވާނާއި އަނިޔާއާއި ހައްދުފަހަނަޅައި ދިޔުން މަނާކުރުމެވެ.
އިސްލާމީ ޝަރީޢަތާބެހޭ މުހިންމު ބައްދަލުވުން ބޭއްވޭ މިދުވަސްވަރަކީ، އިސްލާމީ ޝަރްޢީ ނިޒާމުގެ އަލި މޫނާއި އޭގެ ސާފުކަމާއި އިސްލާމީ މުޖްތަމަޢުތަކުގައި އަމަންއަމާންކަމާއި ހިތްހަމަޖެހުން ފެތުރުމަށާއި، މީސްތަކުންގެ މެދުގައި ޢަދްލު އިންޞާފު ޤާއިމުކުރުމަށްޓަކައި އެ އަދާކުރާ ދައުރު ހާމަކުރަން ވަރަށް ބޭނުންވެފައިވާ ދުވަސްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އިސްލާމްދީނުގައި ޝަރްޢީ ނިޒާމަކީ، އިސްލާމީ ތަރިކައިގެ އަލިގަދަ ތަޞައްވުރެއް ތަމްސީލުކޮށްދޭ ނިޒާމެއް ކަމަށާއި، އެއީ އިސްލާމީ ޝަރީޢަތުގައި މަތިވެރި މަގާމެއް ލިބިފައިވާ ކަމެއް ކަމަށާއި، އެއީ މާތްﷲގެ ޙުކުމްފުޅުތައް ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭގޮތް ދައްކުވައިދޭ ޙަޤީޤީ ކުރެހުމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ތަޤްރީރު ކުރިޔަށް ގެންދަވަމުން، އިސްލާމީ އުންމަތުގެ ދިގު ތާރީޚުގައި އިސްލާމީ ޝަރްޢީ ނިޒާމު ވަނީ މިމާތް ވަޒީފާ އަދާކޮށްފައި ކަމަށާއި، އިންޞާފާއި ޢަދުލްވެރިކަމާއި ވަކިއަތަކަށް ބުރަނުވުމުގައި އެއީ، އެއިން މިސާލު ޖެހިފައިވާ، އިސްލާމީ އުންމަތް ފަޚުރުވެރިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، އިސްލާމީ ޝަރީޢަތް ހިންގެވުމުގައި ކީރިތި ރަސޫލާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެކަލޭގެފާނަކީ، ޤާޟީއެއް ކަމަށާއި، ﷲގެ މަގަށް ގޮވައިލެއްވި އަލިވެގެންވާ ވޮށެއް ކަމުގައި ވިދާޅުވިއެވެ. މަދީނަތުލް މުނައްވަރާގެ މުޖްތަމަޢުގައި އުފެދުނު އެންމެހާ ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި އެންމެންވެސް އެނބުރި ގޮސްފައިވަނީ އެކަލޭގެފާނުގެ އަރިހަށް ކަމަށާއި، އެކަލޭގެފާނު ތަފާތު ދަޢުވާތައް ބައްލަވައި ތަފާތު އެތައް މައްސަލަތަކުގައި ނިޔާ އިއްވެވި ކަމުގައި ވިދާޅުވިއެވެ.
އެކި ޒަމާންތަކުގައި ޝަރުޢީ އިންތިޒާމްތައް ހަމަޖެހިފައި ހުރި ގޮތުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.
އިސްލާމީ ގިނަ ޤައުމުތަކުގައި ޤާނޫނުތައް ހެދުމުގައި މިއަދުވެސް އަސާސީ މަސްދަރެއް ކަމުގައި އިސްލާމީ ޝަރީޢަތް ބޭނުން ކުރެވެނީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ހުރިހާ މައިދާންތަކެއް އޭގައި ހިމެނިފައިވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިޒަމާނުގެ ދީމުޤްރާޠީ ނިޒާމު ތަކުގައި އައިސްފައިވާ އަސާސީ ވަރަށްގިނަ މަފްހޫމުތަކަކީ، އިސްލާމީ ޝަރީޢަތުގެ ޢާންމު އުޞޫލުތަކުންނާއި މަޤްޞަދުތަކުން ނެގިފައިވާ އެއްޗެތި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
No comments:
Post a Comment