ރިޔާޒް ރަޝީދުގެ ކަރުގައި ސީނާ ޒާހިރު ހިއްޕެވިކަމަށް ބުނެވޭ މައްސަލަ ޝަރުއީ ދާއިރާ އިން ބެލެން ނެތް ކަމަށް ބުނެ, މަޖިލީހަށް ހުށަހަޅައިފި
މިމަހުގެ ދެވަނަ ދުވަހު ބޭއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 170 ވަނަ ޖަލްސާގައި ހިނގި ހަމަނުޖެހުމަކަށްފަހު, ޖަލްސާގެ ކޯރަމް ގެއްލި މަޖިލިސް ހުއްޓާލާފައި ވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަޙްމަދު ޒާހިރު (ސީނާ ޒާހިރު) ތ. އަތޮޅުގެ މެންބަރު ރިޔާޒު ރަޝީދުގެ ކަރުގައި ހިއްޕެވިކަމަށްބުނެ, އޭނާއަށް ލިބިފައިވާ މަދަނީ ގެއްލުމުގެ ޙައްޤު ހޯދުމަށް ކުރަމުންދާ ދައުވާ ޝަރުއީ ދާއިރާއިން ބެލެން ނެތިގެން މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ
ރިޔާޒުގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުވާފައިވާ ސިޓީގައި އެދިފައިވާނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން މިމައްސަލަ ބަލައިދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ
ރިޔާޒުގެ ވަކީލު ސުއޫދު ވިދާޅުވީ މަދަނީކޯޓަށް ދަޢުވާ ހުށަހެޅުއްވުމުން, އެއީ ޖިނާއީ މައްސަލައެއް ކަމަށް ބުނެ އެފަރާތުން މައްސަލަ ބަލައި ގެންފައި ނުވާތީ އެމައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ
"މަދަނީ ކޯޓުން ބުނަނީ މިމައްސަލާގައި ކުށުގެ ބައެއް އެކުލެވިގެން ވުމުން އެކޯޓުން މައްސަލަ ބެލޭނީ ކުށުގެ ބައި ނިމުމުން ކަމަށް. ދެން އަޅުގަނޑުމެން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމުން އެފަރާތުން ބުނީ މަޖިލީހުގެ ތެރޭގައި ހިނގާފައިވާ ކަމެއް ކަމަށް ވާތީ މައްސަލަ ތަހުގީގު ކުރުމާއި ދޭތެރޭ ވިސްނަށް ޖެހޭ ކަމަށް." ސުއޫދު ވިދާޅުވި އެވެ
ސުޢޫދު ވިދާޅުވީ މިމައްސަލަ ކޯޓުން ބަލައިނުގަތްކަމަށް އެފަރާތުން ބުނެފައި ވަނީ މިއީ ޖިނާޢީ މައްސަލައަކަށް ވެފައި ޖިނާއީ ކުށް ސާބިތުނުކޮށް މަދަނީ ޙައްޤު ނުލިބޭނެތީ ކަމަށެވެ
"މިހާރު ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅުއްވާފައިވާ ރުފިޔާގެ މައްސަލައަކީވެސް ޖިނާޢީ މައްސަލައެއް. އެކަމަކު ޖިނާޢީ ކުށް ސާބިތުނުކޮށް ބޭންކަށް ލިބުނު މަދަނީ ގެއްލުން ހޯދުމަށް ދަޢުވާ އެކުރެވެނީ, މިކަމުގައި ރިޔާޒު ހުށަހެޅީ ލިބުނު މަދަނީ ގެއްލުމުގެ ޙައްޤު ހޯދަން." ސުޢޫދު ވިދާޅުވިއެވެ
ސުއޫދު ވިދާޅުވީ މިއީ ވަރަށްބޮޑު ސުވާލެއް އުފެދޭކަމެއް ކަމަށާ މިމައްސަލަ ފުލުހުން ނުބެލޭނެ ކަމަށް ބުނެފިނަމަ އޭގެ މާނައަކީ މަޖިލީހުގައި ކިތަންމެ ބޮޑު މާރާމާރީއެއް ހިނގިޔަސް ފުލުހުންނަށް އެމައްސަލައެއް ނުބެލޭނެ ކަން ކަމަށެވެ
އިސްތިއުނާފަށް ހުށަހެޅުމަށް ވިސްނަށް ތޯ ސުވާލު ދެންނެވެމުން ސުއޫދު ވިދާޅުވީ އިސްތިއުނާފަށް ހުށަހެޅުމާއި ދޭތެރޭ ދެފިކުރެއް ގެންގުޅެވޭ ކަމަށާ އަދި ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ
ރިޔާޒު ވިދާޅުވީ މިމައްސަލަ ކޯޓުން ބަލައިނުގަތުމުން ވަރަށް އުފާވެރި އިހުސާސްތެކެއް ކުރެވެމުންދާ ކަމަށާއި, މިއީ އޭނާއަށާ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށެވެ
"އަޅުގަނޑު ވަރަށް ހިތްހަމަޖެހިއްޖެ. މިހާރު ދިވެހި ރައްޔިތުންނަށް ފެންނާނެ ރާއްޖޭގެ ޝަރުޢީ ދާއިރާ އޮތް ހާލު. ވަކިބަޔަކަށް ޤާނޫނީ ހިމާޔަތްވެސް މިލިބެނީ. ދިވެހި ރައްޔިތުންނަށް ޤާނޫނީ ހިމާޔަތެއް ނުލިބޭ." ރިޔާޒު ވިދާޅުވިއެވެ
ރިޔާޒު ވިދާޅުވީ މިކަމުން އެނގެނީ ސަރުކާރުގެ ބޮޑުންގެ މައްޗަށް ރާއްޖޭގެ ކޯޓްތަކުގައި ޝަރީއަތް ނުކުރެވޭނެ ކަންކަމަށެވެ
" ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން މިމައްސަލަ ރާއްޖޭގެ ޝަރުއީ ދާއިރާތެރެއިން އިންސާފްވެރިކޮށް ބެލޭނެ ކަމަކަށް." ރިޔާޒު ވިދާޅުވި އެވެ
މީގެ ދެދުވެހެއް ކުރިން މިމައްސަލަ އާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނަށް ވެސް ރިޔާޒު ވަނީ ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިމައްސަލަ އަކީ ޒާހިރު އާ އޮތް ޒާތީ މައްސަލައެއް ނޫން ކަމަށެވެ
" މިމައްސަލައަކީ އަޅުގަނޑު އެކަނި ބުނާ ވާހަކައެއް ނޫން ރައްޔިތުންގެ 5 މެމްބަރެއް ވެސް ބުނާ ވާހަކައެއް." ރިޔާޒު ވިދާޅުވި އެވ
VELIDHOO NEWS
velidhoocommunity@gmail.com
No comments:
Post a Comment