ކޮކީ ފުލުހުންގެ ބެލުމުގެ ދަށުގައި
ނިއުރޭޑިއަންޓްގެ ފޯވަޑް ހުސައިން ޝިމާޒު(ކޮކީ) މިހާރުހުރި ޕޮލިހުން ބެލުމުގެ ދަށުގައި ކަމަށް ޖަޒީރާއަށް ކަށަވަރުވެއްޖެ އެވެ
ނިއުގެ ފޯވަޑްލައިންގައި ހުނަރުވެރި ކުޅުމެއް ކުޅެމުންދާ ޒުވާން ކުޅުންތެރިޔާ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގެރޭ ވިލިނގިލީގައި ހިނގި ތަޅާފޮޅެއްގެ ސަބަބުން ކަމަށްވެއެވެ. ކޮކީގެ އާއިލާގެ މީހަކު ޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ކޮކީ ދޫނުކޮށްގެން އުޅެނީ ޖެހި މީހާގެ ނަން ނުބުނެގެން ކަމަށެވެ. "ކޮކީ(ފޮޓޯ) ނުޖަހާ ކަމަށް އަނިޔާ ލިބުނު މީހާވެސް ބުނޭ. ނަމަވެސް ކޮކީ ޖެހި މީހާގެ ނަން ނުބުނާތީ އޭނާ ބަންދުކޮށްފައިވަނީ" އާއިލާގެ މީހާ ބުނީ ކޮކީ އިނީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ޖަލަށް ނުގެންދާ ކަމަށެވެ
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮކީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ފޯން މީހަކު ވަގަށް ނެގުމުގެ ސަބަބުން އެމީހާ އާއި ގްރޫޕަކާ ދެމެދު ހިނގި މާރާމާރީއެއްގެ ސަބަބުންނެވެ
ނިއުގެ ޗެއާމަން އަލީ އާޒިމް ވިދާޅުވީ ކޮކީ ބަންދުކޮށްފައިވާކަން ނޭގޭ ކަމަށާއި ނަމަވެސް އިއްޔެގެ ޕްރެކްޓިހަށް އޭނާ ނާންނަ ކަމަށެވެ. ”އެކަހަލަ ކަންތައްތަކެއް ނުވެސް ބަލަން. ކުޅުންތެރިޔާ މުސާރަ ނަގަން އައީމަ އެނގޭނެ ޕްރެކްޓިހަށް ނާންނަ ދުވަސްތައް" އާޒިމް ވިދާޅުވިއެވެ
ކޮކީ ބަންދުގައި ހުރުމުގެ ސަބަބުން މިއަދު ވީބީ އާއި ދެކޮޅަށް ކުޅޭއިރު ކޮކީގެ އެހީތެރިކަމެއް ނިއުއަކަށް ނުލިބޭނެ އެވެ
VELIDHOO NEWS
velidhoocommunity@gmail.com
No comments:
Post a Comment