Report: Soodh

Prime Minister Dr. Marouf Al-Bakhit assured the President that the Jordanian Government will extend support to the Maldives in areas where assistance is needed.
The President expressed his deep appreciation for the kind assistance given by the Jordanian Government to the development of Maldives.
The President also highlighted the close relations of friendship and cooperation between the Maldives and Jordan.
ރައީސުލްޖުމްހޫރިއްޔާ އުރުދުންގެ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައިފި
6 ސެޕްޓެމްބަރު 2007
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުރުދުންގެ ބޮޑުވަޒީރު ޑޮކްޓަރ މަޢުރޫފް އަލް ބަޚީޠާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އުރުދުނާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް ތަޢްލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ބޭނުންވާ ޤާޟީން ތަމްރީނު ކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
އުރުދުންގެ ބޮޑުވަޒީރު ޑޮކްޓަރ މަޢުރޫފް އަލް ބަޚީޠު ދެއްކެވި ވާހަކަފުޅުގައި، އުރުދުނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރަސްގެފާނު ޢަބްދުﷲ، ރާއްޖެއާ ދޭތެރޭ ޚާއްޞަ ޢިނާޔަތްތެރިކަމެއް ބަހައްޓަވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުރުދުން ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި، އަދި ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި، ތަފާތު ދާއިރާތަކުގައި މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ކުރިއަށް އޮތް ތާނގައިވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
velidhoocommunity@gmail.com
No comments:
Post a Comment