06 September 2007
Report: Soodh
Senior officials of the Jordanian Government have offered assistance in training people required for the improvement of the Maldivian Judicial System. They made this offer in a lunch hosted in honour of the President, on the request of King Abdullah by Prince Faisal Bin Al-Hussain. The Lunch was also attended by the Jordanian Minister of Justice Mr. Shareef Al-Zubi, Chief Justice Dr. Ahmed Mohamed Hulail and the Minister of Tourism Mr. Usama Al-Dhabbash.
During the meeting, senior officials of Jordan highlighted the brotherly relations of friendship that exists between the two countries. Further, they discussed strengthening ties between the two countries, especially with regard to the tourism sector.
The President also noted that the Maldives and Jordan enjoy a very close relationship and thanked King Abdullah for his close relationship with the Maldives.
ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމުގައި އެހީތެރިވެވަޑައިގެން ދެއްވާނެ ކަމުގައި އުރުދުން ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެއްޖެ
6 ސެޕްޓެމްބަރު 2007
ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމުގައި އެހީތެރިވެވަޑައިގެން ދެއްވާނެ ކަމުގައި އުރުދުން ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެއްޖެއެވެ. އެބޭފުޅުން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، ބޭއްވެވި ފަރިއްކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަމުންނެވެ. ރަސްގެފާނު ޢަބްދުﷲގެ ފަރާތްޕުޅުން މިފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވީ، އަމީރު ފައިޞަލް ބިން އަލް ޙުސައިނެވެ. އަމީރުގެ އިތުރުން، އުރުދުންގެ މިނިސްޓަރ އޮފް ޖަސްޓިސް އައްސައްޔިދު ޝަރީފް އަލް ޒުޢުބީ އާއި، އުރުދުންގެ ޗީފް ޖަސްޓިސް ޑޮކްޓަރ އަޙްމަދު މުޙަންމަދު ޙުލައިލާއި، އުރުދުންގެ މިނިސްޓަރ އޮފް ޓޫރިޒަމް އައްސައްޔިދު އުސާމާ އައް ދައްބާޝްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެބޭފުޅުންގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އުރުދުނާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އުރުދުނާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ކަމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ޚާއްޞަކޮށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތް ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
VELIDHOO NEWS
velidhoocommunity@gmail.com
No comments:
Post a Comment