ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި މިނިވަންކަމެއްމެތް ކަމަށް މައުމޫން ވިދާޅުވެއްޖެ
އަބްދުﷲ ފާއިގް
ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް މިމަހުގެ 18 ވަނަ ދުވަހު ނެގި އާންމު ސިއްރު ވޯޓުގައި ވޯޓުލުމުގެ މިނިވަން ކަމެއް ނެތް ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ (ޑީއާރުޕީ) ޒައީމު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާދު މައުމޫނު އަބްދުލް ޤައްޔޫމް ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ
ރިޔާސީ ނިޒާމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބުދަ ދުވަހުގެ ރޭ ޢިމާދުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ވޯޓުލުމުގައި ހަމަހަމަ ފުރުސަތުތަކެއް އޮތް ނަމަ ނަތީޖާ މިއަށްވުރެވެސް މަތީވެ ތަފާތު ބޮޑުވެގެންދާނެ ކަމަށެވެ
ރައީސް ކަމުގައި 29 އަހަރު ހޭދަ ކުރައްވާފައިވާ ތަޖުރިބާކާރު ވިދާޅުވީ ވޯޓުގެ ކަންތައްތައް ކުރިޔަށް ދިޔައިރު ބައެއް ފަރާތްތަކުން އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާފައި ވާކަމަށެވެ. ނިޒާމް ކަނޑައެޅުމަށް ނެގި ވޯޓުގައި ރިޔާސީ ނިޒާމަށް ލިބުނު ކާމިޔާބަކީ, ޑީއާރުޕީ އަށް ލިބުނު ކާމިޔާބިއެއް ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ
މިމަހުގެ 18 ވަނަ ދުވަހު ނިޒާމް ކަނޑައެޅުމަށް ނެގި ވޯޓުގެ ކަންތައް ގޮސްފައި ވަނީ ވަރަށް އިންސާފުވެރި ގޮތެއްގައި ކަމަށާއި ވޯޓާއި ގުޅިގެން ބައެއް ފަރާތްތަކުން ހަޤީޤަތާއި ހިލާފް ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް ޒައީމު ވިދާޅުވި އެވެ
ރައްޔިތުން ހާއްސަ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ކުރިޔަށް ދިޔުމާ ގުޅިގެން ކައުސިލުގެ ގިނަ މެންބަރުންތަކަކާއި ނުލާ ކުރިއަށް ގެންދިޔަ އެ ޖަލްސާގައި ޑީ އާރު ޕީގެ ޒައީމް އިތުރަށް ވިދާޅުވީ އަންނަ އަހަރު ބާއްވާ ހުރިހާ ޕާޓީއެއް ވާދަކުރާ އިންތިހާބު އެޕާޓީން ކާމިޔަބުކޮށް ޑީއާރޕީ އަކީ ސަރުކާރު ހިންގާ ޕާޓީއަށްވުން މަޖުބޫރު ކަމަށެވެ. އަދި ސަބަބަކީ ރާއްޖޭގައި މިއޮތް އަމަން އަމާންކަމާއި ސުލުހަ މަސްލަހަތު ޤާއިމްކޮށް, ދީނާއި ޝަގާފަށް ރައްކާތެރިކޮށް ދެވޭނެ ޕާޓީއަކީ ޑީއާރުޕީ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ. އަދި ފުރިހަމަ ރިޔާސީ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ފެންނަމުންދާނީ އަލަށް އެކުލާވާލަމުންދާ ގާނޫނު އަސާސީ ފާސްވެ އެއަށް އަމަލުކުރަން ފެށުމުން ކަމަށް ވެސް ޒައީމް ވިދާޅުވި އެވެ
ނިޒާމް ކަނޑައެޅުމަށް ނެގުނު ވޯޓާ ދިމާކޮށް އަތޮޅުތަކުގައި އެޕާޓީގެ ފަރާތުން ކޮށްފައިވާ މަސައްކަތްތައް ބައެއް އަތޮޅުތަކުގެ ގޮފިތަކުގެ ފަރާތުން ވަނީ މެންބަރުންނާއި ހިއްސާކޮށްލާފަ އެވެ. އެގޮތުން އައްޑޫ އަތޮޅާއި ހދ އަތޮޅު ގޮފީގެ ފަރާތުން ޖަލްސާގައި ވަނީ ވާހަކަ ދައްކާފަވެ. ރޭ ގެ މިޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި އެވެ
އާންމުވޯޓު ގެނުން ހިނގައިދިޔައީ އިންސާފުވެރިކަމާއެކުގައި ކަމަށް މައުމޫނު ވިދާޅުވާ އިރު ހާއްސަ މަޖިލީހުގެ ގަވާއިދާ ހިލާފަށް 11 މެމްބަރުންގެ ކޮމެޓީގެ މުގައްރަރު އަމަލުކުރެއްވި މައްސަލަ ވަނީ ހާއްސަ މަޖިލީހުގައި ފެންމަތިކޮށްފަ އެވެ. އަދި ވޯޓުގައި އަމަލުކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދާ ހިލާފަށް ވޯޓުލުމުގެ ކަންތައްތަކުގައި އަމަލުކޮށްފައިވާކަމުގެ މައްސަލައާ މެދު ވެސް ވަނީ ހާއްސަ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރަން ފަށާފަ އެވެ
velidhoocommunity@gmail.com
No comments:
Post a Comment