Wednesday, August 29, 2007
Minster of Justice Mr. Mohamed Muiz Adnan, took his oath of office before the President, as stipulated in the Constitution, as Member of the People’s Special Majlis.
At a ceremony held at the President’s Office this afternoon, the oath was administered by the Chief Justice, Mr. Mohamed Rasheed Ibrahim.
Minister for Presidential Affairs, Mr. Mohamed Hussain, the President of the People’s Special Majlis, Mr. Qasim Ibrahim, and the Secretary General of the People’s Majlis, Mr. Ahmed Mohamed, attended the ceremony.
މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ މަގާމަށް އިސްކުރެއްވި އަލްފާޟިލް މުޙަންމަދު މުޢިއްޒު ޢަދުނާން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު ކަމުގެ ޤާނޫނީ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފި
29 އޯގަސްޓް 2007 (ބުދަ)
މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ މަގާމަށް އިސްކުރެއްވި އަލްފާޟިލް މުޙަންމަދު މުޢިއްޒު ޢަދުނާން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު ކަމުގެ ޤާނޫނީ ހުވާ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފިއެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިރަސްމިއްޔާތުގައި، އަލްފާޟިލް މުޙަންމަދު މުޢިއްޒު ޢަދުނާނަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމެވެ.
މިރަސްމިއްޔާތުގައި، މިނިސްޓަރ ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލްފާޟިލް މުޙަންމަދު ޙުސައިނާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
Velidhoo Community
No comments:
Post a Comment