Tuesday, August 28, 2007

މަންމަގެ ނިންމުމުގެ ސަބަބުން މުޅި އާއިލާ މަރުވެއްޖެ ު

ގްރީސްގެ އަލިފާނުގެ ހާދިސާގައި ރޯވި އަވަށެއްގެ ޢާއިލާއެއްގެ 4 ކުދިންނާއި މަންމަ މަރުވެފައިވާ މަންމަގެ ގޯސް ނިންމުމުގެ ސަބަބުން ކަމަށް ގްރީސްގެ އަލިފާން ނިވާ މީހުން ހާމަކޮށްފިއެވެ. އާރޓަރ މޭޑާ ނަމަކަށްކިޔާ އަވަށުގައި މިއަންހެންމީހާ އޭނާގެ 4 ކުދިން ގޮވައިގެން ކާރެއްގައި ފިލަން އުޅެނިކޮށް މަރުވެފައިވާއިރު އޭނާގެ ގެ ހުރީ ސަލާމަތުންކަމަށްވެއެވެ

ގްރީސްގައި މިހާރު ބޯވެފައިވާ އަލިފާންގަނޑު ފެތުރެމުންދާލެއް އަވަސްކަމުން އަވަށްތަކުގެ މީހުން ގަނެފައިވާ ބިރު ބޮޑުކަމުން މިފަދަ އެތައް ޙާދިސާއެއްވަނީ ހިނގާފައެވެ. އެގޮތުން ބައެއްމީހުން ބަގީޗާއަށް ފެންދިނުމަށް ގެންގުޅޭ ހިމަފެންހޮޅިއާއި ބާލިދީ އަދި ކުދިކުދި ދަޅުފަދަ ތަކެތި ބޭނުންކޮށްގެން އަލިފާންނިއްވަން މަސައްކަތްކުރުން ފަދަ މޮޔަ ކަންތައްތައް ވަނީ ކޮށްފައެވެ. އަދި އަލިފާންނިވާ މީހުންނާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ މީހުންނާއެކު އަވަށްތައްދޫކޮށް ދިއުމަށްވެސް ބައެއް މީހުން ދަނީ ދެކޮޅު ހަދަމުންނެވެ

No comments: