Sunday, August 19, 2007


ރިޔާސީ ނިޒާމަށް ބޮޑުކާމިޔާބީއެއް ލިބުމާއިގުޅިގެން ޑީ.އާރު.ޕީގެ ޒަޢީމު ދެއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން
19/8/2007 |

14:30: "އިއްޔެ މުޅި ރާއްޖޭގައި މިބޭއްވުނު، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއިބެހޭ ޢާއްމު ސިއްރު ވޯޓުގައި ދިވެހިރައްޔިތުންގެ ޕާޓީން ތާޢީދުކުރިގޮތަށް، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔަސީ ނިޒާމެއްކަމަށް މިގޮތަށް ދިވެހިރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން، އެގޮތް ފަސްވިކަމަށްޓަކައި ﷲ ސުބްޙާނަހޫވަތޢަލާގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން،
ޝައްކެތް ނެތް. އިއްޔެ ރާއްޖޭގައި މިގެގުނު ވޯޓަކީ، ވަރަށް މުހިންމު ޤައުމީ ވޯޓެއް. އެވޯޓުގައި ދިވެހި ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތް އެވަނީ ވަރަށް ސާފުކޮށް ވިދާޅުވެފަ. އެކަމަށްޓަކައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަނަވަން. މިވޯޓު ކާމިޔާބުކުރުމުގަ، ދިވެހިރއްޔިތުންގެ ޕަޓީން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި. އެމަސައްކަތްތައް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި މިކަންތައްތައް ރާއްވަވާ ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި، ޕާޓީގެ ނައިބް ޒަޢީމް އަޙްމަދު ތަސްނީމްޢަލީ އަށާއި އަދި އޭނާގެ ބެއްލެވުމުގެ ދަށުން މިކެމްޕޭން ކުރުމުގެ ކޮމިޓީގެ ހުރިހާ ބޭފުޅުންނަށާއި، އަދި ޕަޓީގެ އޮފީހުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ޢަމީން ޢާއްމު ޢަބްދުﷲ ޙަމީދަށާއި، އަދި ރެޖިސްޓްރާއަށައި އަދި ޕަޓީގެތެރޭގަ މިމަސައްކަތް ކުރި ހުރީ އެންމެންނަށާއި ޚާއްސަކޮށް ޕާޓީގެ ކައުންސިލްގެ މެމްބަރުންނަށާއި، ޕާޓީގެ، ދެމަޖިލީހުގައި ތިއްބެވި މެމްބަރުންނަށާއި، ޕާޓީގެ ޙަރަކާތްތެރިންނަށް އަދި ޕަޓީއަށް ހެޔޮ އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑުމެންނަށް މިއަދު މިލިބުނު ކާމިޔާބީއަކީ، އެހުރިހާބޭފުޅުން އެކޮށްދެއްވި ވަރަށް އިޚްލާސްތެރި ހީވާގި ބުރަ މަސައްކަތުގެ ނަތިޖާ. މިމުނަސަބަތުގަ، އަޅުގަނޑުމެންގެ ޕާޓީއަށް ތާޢީދު ކޮށްދެއްވި ހުރިހާބޭފުޅުންނަށް ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން.
އޭގެތެރޭގައި ރާއްޖޭގައި އުފެދިފައިވާ ސިޔަސީ ޕާޓީތަކުގެތެރޭން ތިން ޕާޓީއެއް އާދެ، ޢާދާލަތު ޕާޓީއައި އައި.ޑީ.ޕީއައި އެމް.އެސް.ޑީ.ޕީއައި މިތިންޕަޓީންވެސް އަޅުގަނޑުމެންގެ މިޚިޔަރުކުރި މަގަށް، ތާޢީދުކުރެއްވި ކަމަށްޓަކައި، އެތިންޕާޓީގެ ލީޑާރޝިޕަށާއި ހުރިހާ މެމްބަރުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެއާއި އެކީގަ މިވޮޓުގަ ބައިވެރި ވެވަޑައިގެން ދެއްވި ހުރިހާބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން، ޚާއްސަކޮށް ރިޔަސީ ނިޒާމަށް ތަޢީދުކޮށްދެއްވި ރައްޔިތުންނަށް އަދި އެގެ އިތުރުން ބަރުލަމަނީ ނިޒަމަށް ތަޢީދުކޮށް ވޯޓުދެއްވި ބޭފުޅުންނަށްވެސް އަޅުގަނޑު ސުކުރު ދަންނަވަން. އެއީ އެވޯޓަކީ ހުރިހާ ދިވެހިރައްޔިތުންނަށްވެސް އެމީހަކަށް ފެންނަ، ގޮތް އިޚްތިޔަރުކުރުމަށް، ބޭއްވުނު ވޯޓަކަށްވާތީ، އެއީ ޤައުމީ ވާޖިބެއްގެ ގޮތުން ކޮންމެ ރއްޔިތަކުވެސް އެކަން ކޮށްދެއްވީތީ.
އެހެންވީމާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާރައްޔިތުންނަށް، އެބޭފުޅުން ވޯޓުދެއްވީ ރުޔާސީ ނިޒާމަކަށް ކަމަށްވިޔަސް އަދި ބަރުލަމާނީ ނިޒަމަކަށް ކަމަށްވިޔަސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތީ ރާއްޖެގެ އިސްލަޙީ ޕޮރްގްރާމް ކުރިއަށް ގެންދިއުމަށް މަގުފަހުވެފަ. އެއީ ޤަނޫނު އަސަސީ ނިންމުމުގައި މިހަރު ނިންމަން ޖެހިފައި އޮތް އެންމެ މުހިންމު ނިންމުމަކީ މިއީ. ރާއްޖޭގައި ކުރިއަށް އޮތްތާގައި ބާއްވާނީ ރިޔަސި ނިޒާމުގެ ވެރިކަމެއްތޯ ބަރުކަމަނީ ނިޒަމެއްގެ ވެރިކަމެއްތޯ؟ ދިވެހިރައްޔިތުން މިއޮތީ އިއްޔެ މިަކން ނިންމަވާދެއްވާފަ. އެނިންމަވާދެއްވި ގޮތުގެ މަތިން މިކަން ކުރިއަށް ގެންދިއުމަށް މިހާރު އެއްވެސް ހުރަހެއް ނޯންނާނެ. އަޅުގަނޑު އެދެނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ކުރިއަށް އިތްތާގައި މަސައްކަތް ވަރަށް ބޮޑަށް ހަލުއި ކުރައްވާ، އަދި ޚާއްސަ މަޖިލީހުން ނިންމަވާދެއްވާފައިވާ ގޮތުގެ މަތީން މއިަހަރުގެ ނޮވެމްބަރުމަހުގެ ތިރީސްވަނަ ދުވަހުގެ ނިޔަލަށް ޤާނޫނު އަސާސީ އިސްލާޙް ކޮށްދެއްވާ ނިންމެވުމަށް. އެއީ އަޅުގަނޑުގެ ވަރަށްބޮދު އެދުމެއް. އެކަން އެހެންވާނެކަމުގެ ވަރަށް ބޮޑުޔަގީންކަމެއް އަޅުގަނޑުގެ ހިތުގައި އެބައޮތް.
އެހެންކަމަށްވަންޏާ އޭގެ މައްޗަށް ބިނާކޮށް ހަދަންޖެހޭ އިތުރު ަޤާނޫނުތައް ހެދުމާ އަދި ޤައިމުކުރަންޖެހޭ އިދާރީ އަދި އެނޫން ވަސިލަތްތައް ޤައިމްކޮށް ނިމިގެން، އަންނައަހަރު އިރަދަކުރެއްވިއްޔާ ރައްޖޭގައި ފުރަތަމަބެއްވޭ، ޕާޓީތަކުގެ މެދުގައި ވަދަކުރެވިގެން ބެއްވޭ ރިޔަސީ އިންތިޚާބު ބޭއްވެނެ. ދެންބޭވޭނީ ރިޔާސީ އިންތިޚާބެއް، އެއީ އަޅުގަނޑުމެން މިނިންމި ނިންމުމަކީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިޚާބެއްކަމަށް. އެހެންކަމުން އިރަދަކުރެއްވިއްޔާ ކަމިޔާބުކަމާއެކު އަންނަ އަހަރު މިއިންތިޚާބު ބެއްވޭނެކަމުގެ އުންމީދު އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑަށް އެބައޮތް. ދިވެހި ރައްޔިތުންގެ އަދި ދިވެހިރާއްޖޭގައި އުފެދިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލެއްވުމަށް އަޅުގަނޑު ވަރަށްބޮޑަށް އެދެން." ޑީ.އާރު.ޕީގެ ޒަޢީމް އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމް ދެންމެ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

No comments: