އަޣުލަބިއްޔަތަށް ތަބާނުވާ ޑިމޮކްރެސީގެ އަނިޔާވެރިކަމާ ބިރުވެރިކަން
26/8/2007
" މާލެ އަތޮޅު ހުރާ ޝާނީވިލާ، ޢީސާ އާދަމްގެ ދެމަފިރިންނާއި އެ ދެމަފިރިންގެ ތުއްތު ތިންކުދިން ރޭގަނޑު ނިދީ އަނެއްދުވަހުގެ އުފާވެރި ދިރިއުޅުމަށް މަރުޙަބާ ކިއުމުގެ ފޮނި އުންމީދުގައެވެ. ރޭނގަޑުގެ ނިދި އެންމެ ގަދަވިވަގުތު، ގާތްގަނޑަކަށް މެންދަމުން އަލިވެ ތިނެއްޖަހާ އެހާކަންހާއިރު ކޮންވެސް އަނިޔާވެރިޔަކު ނުވަތަ ބަޔަކު އެމީހުން ނިދާފައި ތިބި ގޭގައި ހުޅުޖަހާ އަންދާލިއެވެ.
ވަރަށް ބޮޑަށް ރާވައިގެން އެ ޢާއިލާގެ އެކަކަށްވެސް ސަލާމަތްނުވެވޭނެގޮތް ބަލައިފައި ވާކަން މިހާދިސާއިން ފާހަގަ ކުރެވެއެވެ. ގޭގައި ހުޅުޖެހުމުގެ ކުރިން އެގޭގެ ދޮރުތަކަށް ޕެޓްރޯލް އަޅާފައި ވެއެވެ. އަދި ގޭގައި ފެން ލިބެން ހުންނަ ފެންހޮޅި ތަކުގެ ވޭލްވެސް ވަނީ ހުޅުޖެހުމުގެ ކުރިން ބަންދުކޮށްފައެވެ.
މި ނުރައްކާތެރި ބިރުވެރި ޙާދިސާ އިން މިޢާއިލާ ސަލަމަތްވީ ހަމަ ކިރިޔާއެވެ."
މީ ޚިޔާލީވާހަކައެއް ނޫނެވެ. އަސަރުގަދަ ފިލްމެއްގެ މަންޒަރެއްގައި ވާ ގޮތެއްވެސް ނޫނެވެ. ނުވަތަ އިސްރާއީލް ސިފައިން ފަލަސްޠީނުގެ ގެއަކަށް ދިންޙަމަލާއެްގެ ވާހަކައެއްވެސް ނޫނެވެ. ހަމަ މިރާއްޖޭގެ ދިވެހިންގެތެރެއިން ބަޔަކު އެމީހުންގެ އަޚުން ތަކެއްގެ ފުރާނަ ދުއްވާލަން ހިންގާފައިވާ ޖަރީމާއެއްގެ ހަޤިގީ ޚަބަރެކެވެ.
2005ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައުމަށްފަހު ކޮންމެ ޕާޓީ އަކުންވެސް ގޮވަމުން އައި ގޮވެއްޔަކީ "ޑިމޮކްރެސީ"އެވެ. ޑިމޮކްރެސިގެ އެންމެ މުހިންމު އެއްސިފައަކީ އަޣުލަބިއްޔަތަށް ތަބާވުމެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބޭނުންވާ ގޮތަށް ރުހުމެވެ. މިއަޑު އެންމެ ގަދައަށް އިވެމުން އައީ ރާއްޖެގެ އެންމެ ބޮޑު އިނދިކޮޅު ޕާޓީކަމަށް ބުނާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމް.ޑީ.ޕީ)ގެ ފުށުންނެވެ.
ނަމަވެސް މިއަދު މިޤައުމު މިވަނީ ވަރަށް ނުރައްކާތެރި ބިރުވެރި ވަޅުގަނޑެއްގެ ތުންފަތް މަތީގައެވެ. ނުވަތަ ވަޅުގަނޑުގެ އެތެރެއަށް ވެއްޓިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނެގި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓަށްފަހު، ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުންނަށް ޖެއްސުންކޮށް އަނިޔާ ކުރުމަށް ބަޔަކުވަނީ ފޫގަޅައިފައެވެ. 18 ވަނަދުވަހު ނެގި ވޯޓަކީ ރާއްޖޭގައި މިހާތަނަށް އެންމެ ހުޅުވައި ލެވިގެން ބޭއްވުނު އެންމެ ސާފު، ޞައްހަ ވޯޓުކަމުގައި ޢަދާލަތު ޕާޓީން ވަނީ ހާމަ ކުރައްވާފައެވެ. އެހެންނަމަވެސް މިކަންވެސް ކުރީ އިންސާނުން ކަމަށްވީތީ ކޮންމެވެސް މައްސަލަތަކެއް ދިމާވުމަކީ ނުވެނުދާނެ ކަމެއްކަމުގައި އެޕާޓީން ދެކެއެވެ. ހަމަ އެހެންމެ އައި.ޑީ.ޕީގެ ރައީސް ޢުމަރު ނަސީރު ވިދާޅުވީ މިއިންތިޚާބުން ދޭހަވެގެން ދިޔައީ ރާއްޖޭގެ ރަށްޔިތުން ބޭނުންވާ ގޮތްކަމުގައެވެ. އަދި މިއީ ޞައްޙަ އިންތިޚާބެއް ކަމުގައެވެ. އެމް.ޑީ.ޕީ ފިޔަވައި ރައްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ މިއިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، މިއީ ޞައްޙަ އިންތިޚާބެއްކަމުގައި ހާމަކޮށްފައެވެ.
އެހެންނަމަވެސް އެމް.ޑީ.ޕީން ހާމަކުރާގޮތުގައި މިއީ ބާޠިލް އިންތިޚާބެކެވެ. އަލުން އިންތިޚާބު ބާއްވަން ޖެހޭނެއެވެ. ރިޔާސީ ނިޒާމަކަށް އެވަރުގެ ބޮޑު ތަރުޚީބެއް ނޯންނާނެއެވެ. 18 ވަނަ ދުވަހު ބޭއްވި ޢާއްމު ސިއްރު ވޯޓުގައި ވޯޓުލަމުން ދިޔައިރު ބައެއް ވޯޓު ފޮށިތައް މޫދަށް އެއްލާ ނުލެވުނީތީ މިހާރު ދެރަވާކަމަށް އެމް.ޑީ.ޕީ ން ވަނީ ވިދާޅުވެފައެވެ. ދަރުބަރުގޭގައޮ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިގޮތުގައި މިއިންތިޚާބަކީ ވަރަށްބޮޑަށް އޮޅުވާލާފައިވާ އިންތިޚާބެކެވެ. ވޯޓު ލަމުންދިޔަ ދުވަހު އެފަދަ ވޯޓުފޮށިތައް ހުއްޓުވުމަށް އެމް.ޑީ.ޕީއަށް ކުރެވޭނެކަމަކީ ވޯޓު ފޮށިތައް މޫދަށް އެއްލައިލުމެވެ. އެގޮތަށް ކަންތައްތައް ނުކުރެވުނީތީ މިހާރު ދެރަވާކަމުގައެވެ. މިއިންތިޚާބުގެ ނަތީޖާ އެމް.ޑީ.ޕީން ޤަބޫލުނުކުރާކަމުގައިވެސް ހާމަކުރިއެވެ. އަދި މިހާރު އެންމެ ރަނގަޅުގޮތަކީ އިންތިޚާބަކީ ބާޠިލް އިންތިޚާބެއްގެ ގޮތުގައި ނިންމާފައި ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމަކާބެހޭގޮތުން ޚާއްސަ މަޖިލީހުން ގޮތެއް ނިންމުން ކަމުގައިވެސް އެމްޑީޕީން ވިދާޅުވިއެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 11 މެމްބަރުންގެ ކޮމިޓީގެ މުޤައްރިރު، މިއިންތިޚާބަކީ ޞައްޙަ އިންތިޚާބެއްކަމުގައި ދައްކަން މަސައްކަތް ކުރާކަމަށް ވިދާޅުވެ، އޭނާއާއި މެދު އެމް.ޑީ.ޕީގެ ޢާއްމު މެމްބަރުން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އެކަން ހުއްޓުވަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އިންޒާރުދެއްވިއެވެ.
މިފަދަ އެތައް އިންޒާރުތަކެއް ގޮތް ނޭނގޭ އެކިއެކި ފަރާތްތަކުންނާއި ދަންނަ ފަރާތްތަކުން ރިޔާސީ ނިޒާމަށް ތާއީދުކޮށް އެނިޒާމަށް ކެމްޕޭން ކުރި ފަރާތްތަކަށް އިންތިޚާބުގެ ކުރިންނާއި ފަހުން އަދި މިހާރުވެސް ދެމުން އެބަދެއެވެ. ވޯޓާ ގުޅިގެން ހިންގަމުންދާ އަނިޔާވެރި ޢަމަލު ތަކުގެތެރޭގައި، ބުރާސްފަތި ދުވަހު އައްޑުއަތޮޅު ހުޅުދޫ އަހުމަދު މުސްތަފާގެ ސައިކަލް ބަޔަކު މީހުން ވަނީ ވަގަށް ގެންގޮސް ހަލާކު ކޮށްލުމަށްފަހު އެރަށު ފުއްޓަރު ފަރާތު ގޮނޑު ދޮށަށް އެއްލާލާފައެވެ.
"ވޯޓަށްފަހު މިވީ ހަފުތާއެއްގެ ތެރޭގައި އަޅުގަނޑުގެ ފޯނަށް އެތައް މީހުންނެއް ވަނީ އިންޒާރު ދިނުމުގެ ގޮތުން ގުޅާފައި. ގިނައިން ގުޅާފައި ހުންނަނީ ބޫތުންނާއި ދިރާގުގައި ރަޖިސްޓާކުރެވިފައި ނުހުންނަ ޕްރީޕެއިޑް ނަމްބަރު ތަކުން. ދިރާގަށް ގުޅާފައި އެއީ ކާކުގެ ނަމްބަރުތޯ އަހައިގެން އޮޅުންވެސް ނުފިލާ. އަނެއްކާ އިންޒާރު ދޭއިރު ދެނީ އަޅުގަނޑުގެ ހަގު ދަރިޔަށް އަނިޔާ ކުރާނަމޭ. އަންހެނުންނާއި ބެހޭ ނަމޭ ކިޔައިގެން. އެކަމުގެ ބިރަށް މިހާރު އަޅުގަނޑުމެން ރޭގަނޑު 8 ގެ ފަހުން ގެއިންވެސް ނުނިކުންނަން" އައްޑު އަތޮޅު ފޭދޫގެ މީހަކު މިނޫހަށް ކިޔާދީފައިވެއެވެ.
މިމަހުގެ 22ވަނަދުވަހު މާލެއަތޮޅު ހުރާ ޝާނީވިލާ ކިޔާގޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއަކީ ނިމިގެންދިޔަ އިންތިޚާބަށްފަހު ރިޔަސީ ނިޒާމަށް ތާޢީދުނުކުރާ ބައެއްގެ އަނިޔާވެރިކަމާއި ލާއިންސާނީކަން ދޭހަވާ ޖަރީމާއެކެވެ. މިހާދިސާ ގައި ފަސް މީހެއްގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާއެވެ. މިހާދިސާގައި އެގޭގައި ތިބި މީހުން ސަލާމަތްވެފައިވަނީ ބަޔަކު މީހުން އެގޭގެ ފާރެއް ތަޅާލައިގެނެވެ. މިހާދިސާއަކީ ބަޔަކު މީހުން ގަސްދުގައި ކޮށްފައިވާ އަމަލެއްކަން ސާބިތުވާ ހެކިތަކެއް ފެނިފައިވާކަމަށާއި، އަލިފާން ރޯކޮށްލިބަޔަކު ދަމުން ދިޔައީ އެގޭގެ ފެންލިބެން ހުންނަ ވޭލްވެސް ބަންދު ކޮށްފައިކަަމަށާއި އެގޭގެ ހިފައިގެންގުޅޭ ހުރިހާ ތަކެއްޗާއި ގެ މުޅިންހެން އަދާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ހާމަ ކުރައްވާފައެވެ.
މިގެއަކީ ރިޔާސީ ނިޒާމަށް ކެމްޕޭން ކުރުމުގައި ވަރަށް ޙަރަކާތްތެރި ވެފައިވާ ހުރާ، ޑީ.އާރު.ޕީއޮފީހުގެ ނައިބު ރައީސްގެގެއެވެ. މިގެ ރޯކޮށްލުމުގެ ކުރިން އެތައް ފަހަރަކު އެއާއިލާއަށް ބަޔަކު މީހުން އިންޒާރު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މީގެއިތުރުން ހައްދުންމަތީ އިސްދޫގައި ހިނގައިދިޔަ ހާދިސާގައި އެރަށު ޑީއާރުޕީ ގޮފީގެ ނައިބުރައީސް ހަސަން ޤާސިމްގެ ގެ ވަނީ ބަޔަކު މީހުން މުޅިން ތަޅައި ސުންނާފަތި ކޮށްލާފައެވެ. މިނޫނަސް އަދިވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިރުދެއްކުމާއި އިމާރާތްތަކާއި މީހުންނަށް ދެމުންދާ ގެއްލުންތަކަކީ ބަޔަކު މީހުން ރާވައިގެން ކުރާ ކަމެއްކަން އެކަން އެމީހުން ކުރަމުންދާ ގޮތާއި ކުރާ ވަގުތާއި އެމީހުން ދެމުންދާ އިންޒާރުތަކުން ދޭހަވެއެވެ.
މިނޫހަށް މަޢުލޫމާތުދެއްވަމުން ޑީ.އާރު.ޕީން ހާމަކުރައްވަފައިވާ ގޮތުގައި އަދިވެސް އެއްވެސް މެދުކެނދުމެއްނެތި އެޕާޓީއަށް ނިސްބަތްވާ ފަރާތްތަކަށް އަދި ޚާއްސަކޮށް ރިޔަސީ ނިޒާމަށް ކެމްޕޭން ކުރަން އުޅުނު ފަރަތްތަކަށް ތަފާތު އިންޒާރާއި ގޯނާތައްދަނީ ކުރެވެމުންނެވެ. މީގެތެރޭގައި އެޕާޓީގެ ރެޖިސްޓްރާ އިބްރާހީމް ޝާފިޢީގެ ގެކޮޅަށް ބަޔަކުގޮސް އެޢާއިލާގެ މީހުންނަށް އިންޒާރުދިނުމާއި އެޕާޓީގެ މީޑިއާބައިގައި ހިމެނޭ މީހެއްގެ މޫނަށް އެއްޗެއްޖެހުން އެފަރާތުން ފާހަގަ ކުރައްވައެވެ.
އާންމު ވޯޓާ ގުޅިގެން ގަސްދުގައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލުވައިލަން ބަޔަކުމީހުން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ފަރާތްތަކާ މެދު މިހާރު ފިޔަވަޅު އަޅުއްވަން ފައްޓަވާފައި ވާ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަނީހާމަ ކުރައްވާފައެވެ. އިއްޔެ އެމިނިސްޓްރީން ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ ވެރިކަމުގެ ނިޒާމެއް ކަނޑައަޅަން މި މަހުގެ 18 ވަނަ ދުވަހު ރާއްޖޭގައި ނެގި ސިއްރު ވޯޓާ ގުޅިގެން ބަޔަކު ގަސްދުގައި ހަމަނުޖެހުން ހިންގައި މީހުންނަށް އަނިޔާކޮށް، އަދި މީހުންގެ މުދަލަށާއި ގެދޮރަށް ގެއްލުންދީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިންގަމުން ދާކަމުގައެވެ. އަދި ރާއްޖޭގެ ދާޚިލީ އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ގެއްލުވާލައި އާންމު ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެންދިއުމަށް މަސައްކަތް ނުކުރުމަށް އެމިނިސްޓްރީން އިލްތިމާސް ކުރައްވާފައިވެއެވެ.
ހިނގަމުން މިދާ ހަމަނުޖެހުމަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ސީދަގޮތުން ނިސްބަތްނުވާ އިންތިޚާބަކާގުޅިގެން ބަޔަކު ހިންގާ ހަމަނުޖެހުމެކެވެ. އެހެންކަމަށްވާއިރު ސިޔާސީ ޕާޓީތަކުން ވާދަކުރާގޮތަށް އަންނަ އަހަރު ބައްވާ ރިޔާސީ އިންތިޚާބުގައި ކަންތައްތައް ވެގެންދާނީ ކޮންފަދަ ގޮތަކަށް ކަމާމެދު ކަމާބެހޭ ފަރާތްތަކުން ވިސްނާލަން އެބަޖެހެއެވެ.
ނިމިގެން ދިޔަ އިންތިޚާބާ ގުޅިގެން ބަރުލަމާނީ ނިޒާމަށް ތާޢިދުކުރި ބަޔަކު ނުވަތަ ރިޔާސީ ނިޒާމަށް ތާޢީދު ނުކުރި ބަޔަކު ހިންގާ މި ޖަރީމާތައް ކުށްވެރިކޮށް، ބަރުލަމާނީ ނިޒާމަށް ތާޢީދުކުރި ޕާޓީން އެއްވެސް ބަހެއް ނުބުނާކަމީ ގިނަމީހުން ފާހަގަކުރާކަމެކެވެ. ނިމިގެންދިޔަ އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިމުނުގޮތް ޤަބޫލުނުކޮށް ދެމުންދާ އިންޒާރުތަކާއި ބަޔާންތަކަކީ ޑިމޮކްސީއަށް ތަބާވާ ބައެއްގެ ފުށުން ފެންނާނެ ކަމެއްނޫން ކަމުގައިވެސް ޤަބޫލު ކުރަންޖެހެއެވެ.
Report: Velidhoo Community

No comments:
Post a Comment