Wednesday, August 29, 2007

ބޭކާރު ޚަރަދު ކުޑަކުރުން
29/8/2007

ދިރިއުޅުމުގެ ބޭނުންތަކަކީ ބައެއް ފަހަރަަށް ކިޔައިއުޅޭ ގޮތުގައި ދިރިއުޅުމުގެ ފެންވަރު ބެހެއްޓި ހިސާބެއްގައި ގުނާލެވޭ ކަންކަމެވެ. ނުވަތަ ދިރިއުޅުމުގެ ޚަރަދުތަކަކީ ބޭނުންނެތް ގޮތްގޮތުގައިކުރާ ޚަރަދުތައް ތިމާ ކުޑަކުރި ވަރަކަށް ކޮންޓްރޯލް ކުރެވިދާނެ އެއްޗެކެވެ.
ދިރިއުޅުމުގެ ޟަރޫރީ ބޭނުންތަކަކީ ކޮންމެފަދަ ގޮތަކުން ނަމަވެސް ފުއްދަންޖެހޭ ކަންކަމެވެ. ބޯހިޔާކުރާނޭ ގޮތްގޮތާއި އަންނައުނާއި ކެއުން ބުއިން ފަދަ ކަންކަމެވެ.
މިކަންކަން އެކަށީގެންވާ މިނެއްގައި ބެހެއްޓުމާއެކު ދިރިއުޅުމުގައި ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުޑަކުރުމަށް މަސައްކަތްކުރާނޭ ފުރުޞަތު އޮންނަން ޖެހޭނެއެވެ.
ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ޚަރަދުތަކަކީ ވެސް އެޚަރަދުތައް މާމައްޗަށް ނުފޮނުވައި ކޮންޓްރޯލްކޮށް ބެލެހެއްޓިދާނޭ ޚަރަދުތަކެކެވެ. ޚާއްޞަކޮށް އަންނައުނު ހޯދުމުގައާއި ކެއިންބުއިމުގެ ކަންތައްތަކުގައި ވަކި މިނެއްނެތި ޚަރަދު ކުރަމުން ގެންދާނަމަ އެޚަރަދުތަކުގެ ބޮޑުބައެއް ގުނާލެވޭނީ ބޭނުންނެތް ގޮތުގައި ކުރެވޭ ޚަރަދުތަކެއް ކަމަށެވެ.
ކޮންމެ މީހަކީވެސް ފަހަށް ރައްކާކުރުމުގެ ބޭނުންތެރިކަން އެނގި އޭގެ އާދަ ހަރުލައްވަން ޖެހޭނެ މީހެކެވެ. ދުނިޔޭގެ ކަންތައް ހިނގައިދާ ގޮތަކީ އެކަކަށް ވެސް ނޭނގޭ ގޮތަކަށް ވުމާއެކު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ބަލަން ޖެހޭނީ މެދު މިންގަނޑެއްގައި ތިމާގެ ޚަރަދުތައް ބެހެއްޓޭތޯއެވެ.
މެދުމިންގަނޑަކަށް ޚަރަދުތައް ބަހައްޓަައިގެން ފަހަށް ރައްކާކުރުމުގެ އާދަ ހަރުލެއްވުމަކީ ދިރިއުޅުމުގައި ކުރިމަތިވެދާނޭ ކަންތައްތަކަށް ތައްޔާރުވުމެކެވެ. އަދި އިސްރާފާއި ބޭނުންނެތް ޚަރަދު ކުޑަކުރުމަށް ބާރުއެޅޭނޭ ކަމެކެވެ.

Report: Velidhoo Community

No comments: