ކުއްލި ޚަބަރު: ވޯޓްލާން ފެށިއިރުވެސް ބައެއް ސަރަހައްދުތަކަށް ވޯޓް ފޮށިތަކެއް ނުގެންދެވޭ
ު

ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް މިއަދު ހެނދުނު 7 ޖެހިއިރު, މުޅި ރާއްޖޭގައި ވޯޓް ލުމުގެ ކަންތައްތައް ފެށިއިރު ބައެއް ސަރަހައްދުތަަކަށް ވޯޓް ފޮށި ނުފޮނުވޭ ކަމަށް އިތުބާރު ހުރި ގޮތެއްގައި ޖަޒީރާއަށް ކަށަވަރު ވެއްޖެ އެވެ. މިކަމާ ގުޅިގެން ވަކިއެއްޗެއް އިލެކްޝަންސް ކޮމިޝަނުން ބުނެފައެއް ނުވެ އެވެ
ޖަޒީރާގެ ނޫސްވެރިންނަށް ވަނީ ބައެއް ތަންތަނަށް ވޯޓް ފޮށި ފޮނުވުމަށް އެމްޓީސީސީގެ ލޯންޗަކަށް އަރުވަނިކޮށް, މިއަދު ހެންދުނު 7.25 އެހާކަންހާއިރު ފެނިފަ އެވެ. އަދި ބައެއް ވޯޓް ފޮށިތައް މާލެ ހުޅުމާލެ ފެރީ ޓާމިނަލުގެ ތެރޭގައި ބަހައްޓާފައި ހުއްޓާވެސް ވަނީ ޖަޒީރާގެ ނޫސްވެރިންނަށް ފެނިފަ އެވެ
މިކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ބަހެއް އަދި ވަނީ ލިބޭގޮތެއް ނުވެފަ އެވެ
Report: Velidhoo Community
No comments:
Post a Comment