ދަރިމައިވުމާއި ނުވުމުގައި ދެމަފިރިންގެ ހިއްސާ
އުފާވެރި ކައިވެންޏަކުން ޖަހާލެވޭ ޒަވާޖީ ހަޔާތުގެ ގޮށަކީ، ދެ މީހެއްގެ ދިރިއުޅުން ފެށޭ ހިސާބެވެ. މިދިރިއުޅުމުގެ އެންމެ މާތް އަދި އެންމެ މުހިއްމު މަޤްޞަދަކީ އެދެމީހުންގެ ފަރާތުން މި ދުނިޔެއަށް އުފަންވާނެ އަދި ހެޔޮ ގޮތުގައި ތަރުބިއްޔަތުވެގެން މުޖްތަމަޢަށް ނިކުންނާނެ ކުދިންނެވެ. އެހެންކަމުން މި އުއްމީދު ހާސިލްނުވާ ދެމިފިރިންނަކީ ވަރަށް އެކަނިވެރި އަދި ވީރާނާ ދިރިއުޅުމެއް އުޅުމަށް މަޖްބޫރުވެފައިވާ ބައެކެވެ. މިކަމުގައި އެއްވެސް މީހަކު އަނެކަކު ކުށްވެރިކޮށް އަދި ބަދްނާމްކުރުމުގެ އެއްވެސް މާނައެއްނެތެވެ.
އާއްމުގޮތެއްގައި ދެމަފިރިއަކު ދަރިން ހޯދުމަށް 12 މަސްދުވަހު މެދު ނުކެނޑި މަސައްކަތް ކުރުމަށްފަހު ކާމިޔާބީއަކާއި ހަމައަށް ނުފޯރި ނަމަ އެދެމީހުންކުރެ މީހެއްގައި ނުވަތަ ދެމީހުންގައި މައްސަލައެއް ހުރިކަމަށް ބެލެވެއެވެ. އަދި ޑޮކްޓަރެއް ނުވަތަ ސިއްހީ އެހީދޭ އެހެން ފަރާތެއްގެ އެހީ ހޯދަންއަވަސްވެ ގަނެއެވެ. އެންމެ ފުރަތަމަ އެޕޮއިންޓްމެންޓް ލިބިގެންދަނީ އަންހެން މީހާ އަށެވެ. އަދި މި ފަރުވާ ތިން ހަތަރު އަހަރަށް ދެމިގެން ދިޔަކަމުގައިވިޔަސް ފަރުވާދެވޭނީ ހަމަ އެކަނި އަންހެން މީހާއަށެވެ. ސަބަބަކީ ދަރިންނުލިބުމުގައި ފިރިހެނުންގެ ހިއްސާއަކީ ކިހާވަރެއްކަން ނޭނގި އޮތުމާއި ފިރިހެނުން ޑޮކްޓަރުންގެގާތަށް ގެންދިއުން ތަންކޮޅެއް އުދަނގޫވުމެވެ. މިގޮތުން ތަންކޮޅެއް ކުރީގައި މިކަން އޮންނަގޮތަކީ، ކުއްޖަކު ހޯދަން އަހަރު ނުވަތަ ދެ އަހަރު މަސައްކަތް ކުރުމަށްފަހު އެދެވޭ ނަތީޖާއަކާއި ހަމައަށް ނުފޯރިނަމަ ދިވެހި ބޭސް ވެރިއެއްގެ ކައިރިން އަންހެންމީހާ އަށް ފަރުވާ ކުރަންފެށުމެވެ. އަދި އެތަށް އަހަރެއްފަހުން ޑޮކްޓަރެއްގެ ކައިރިއަށްގޮސް ޓެސްޓްކޮށް ބަލާއިރު ކުދިން ލިބުމުގައި މައްސަލަހުންނަމީހަކީ ފިރިހެންމީހާ ކަން ހާމަވުމެވެ. މިއީ އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. ނަމަވެސް މިފަދަ ޓެސްޓްތައްކުރަން ފިރިހެނުން ހޮސްޕިޓަލަށް ދާން ޖެހުމަކީ ގިނަ ފަހަރަށް ފަސްޖެހެވޭ ކަމެކެވެ.
މިކަމަށް ހައްލެއް ގެނައުމަަށް ގޭގައި މިޓެސްޓް ކުރެވޭނެ ފަދަ ޑިވައިސްއެއް މިހާރުވަނީ ބާޒާރަށް ނެރެފައެވެ. މިޑިވައިސް ބޭނުންކޮށްގެން ހަދާ ޓެސްޓުން އަންހެނާގައި ނުވަތަ ފިރިހެނާގައި ދަރިން ލިބުމުގައި އުނިކަމެއްހުރިތޯ ބަލާލެވެއެވެ. މިބޭނުންކޮށްގެން އަންހެނުން ހަދާ ޓެސްޓްގެ ނަތީޖާ 30 މިނިޓުން އަދި ފިރިހެނުންގެ ނަތީޖާ 80 މިނިޓުން ލިބެއެވެ. މިބޭނުންކޮށްގެން ފިރިހެނުންގެ ދަރިފަނީގެ ތެރެއިން އަންހެނާގެ ބިހުގެ ތެރެއަށް ވަނުމުގެ ޤާބިލްކަން ލިބިފައިވާ ފަނީގެ މިންވަރާއި މި ޤާބިލްކަން ލިބިފައިވާ ފަނީގެ އަދަދު ބެލެއެވެ. ނުލިބޭ ދެމަފިރިންގެ ނިސްބަތުން %40 އަކީ އަންހެނުންގައި ހުންނަމައްސަލައަކުން ދަރިން ނުލިބޭމީހުންނެވެ. އަދި %40 އިންސައްތަ ހާލަތުގައި ދަރިން ލިބިމުގައި ފިރިހެނުންގެ މައްސަލަހުރެއެވެ. ބާކީ %20 އިން ސައްތަ އަކީ ދެމީހުންގެ މައްސަލައަކުން ދަރިން ނުލިބޭ މީހުންނެވެ.
އެމެރިކާގައި އަހަރަކު 1 މިލިއަން މީހުން ދަރިން ނުލިބުމުގެ މައްސަލަތަކަށް ހައްލު ހޯދައެވެ. އަދި އެމެރިކާގައި ވިހާ އުމުރުގެ %10 އިންސައްތަމީހުންނަށް ކުދިން ނުލިބުމުގެ މައްސަލައާއި ކުރިމަތިވެއެވެ
Velidhoo Community
No comments:
Post a Comment