Thursday, August 23, 2007

އިސްތިޢުފާދެއްވި ތިން ވަޒީރުން އެކުގައި މަސައްކަތް ފަށްޓަވައިފި


ރައީސް މައުމޫންގެ ކެބިނެޓުން އިސްތިޢުފާ ދެއްވުމާއިގުޅިގެންމ މިވަގުތު ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި ނޫޅުއްވާ ތިން ބޭފުޅުން ލޯފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް މާދަމާ ހުށަހަޅުއްވާނެކަމަށް ޚަބަރުލިބެއެވެ. ލޯފާރމެއް ރަޖިސްޓަރީ ކުރެއްވުމަށް ހުށަހަޅުއްވާ ތިން ބޭފުޅުންނަކީމ ކުރީގެ ބަންޑާރަ ނާއިބް ޑރ. ޙަސަން ސަޢީދާއި، ކުރީގެ ޖަސްޓިސް މިނިސްޓަރ އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދާއި، އިއްޔެ ޚާރިޖީ ވަޒީރުކަމުން އިސްތިޢުފާ ދެއްވި ޑރ. އަޙްމަދު ޝަހީދެވެ. ނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، ދުލާއި ޤަލަމުގެ މިނިވަންކަމަށް އެމަނިކުފާނު ކުރައްވާ ޖިހާދަކީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ކުރައްވާ ޖިހާދުގައި، މަޖިލީސްތައް ހުރަސްކުރައްވައި، ޖަލުގެ ކުޑަގޮޅިއަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިޔަސް، ފަރުވާލެއް ނެތްކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙް ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ، ޑރ. ޙަސަން ސަޢީދާއި، އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދާއި، ޑރ. އަޙްމަދު ޝަހީދު ގުޅިވަޑައިގެން ލޯފާރމެއް ރަޖިސްޓަރީ ކުރެއްވުމަކީ، ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ، ޑރ. ޙަސަން ސަޢީދަކީ، ޝަރުޢީ ކަންކަމުގައި ރައީސް މައުމޫނަށާއި، ސަރުކާރަށް ލަފާދެއްވި ބޭފުޅަކަށްވުމާއި، އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދަކީ، ޝަރީޢަތްތައް ހިންގެވި ބޭފުޅާއަށްވެފައި، އަދި ޑރ. އަޙްމަދު ޝަހީދަކީ، ރާއްޖޭގައި ހިންގާފައިވާ ބޭއިންސާފު ޝަރީޢަތްތަކުގެ ޙާލަތުގައި، ބޭރުދުނިޔޭގައި ރާއްޖޭގެ ސިފަ ރީތިކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅަކަށްވުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ

Report: Soodh
Velidhoo Community





No comments: