އަމާންތަނަކަށް ރާއްޖެ
28/8/2007
ވެއަތުވެދިޔަ ތިރީސް ފަންސަވީސް އަހަރަށް ބަލާއިރު ރާއްޖޭގެ ދުވެލިވަނީ ވަރަށް ކުރިޔަށް ޖެހިފައެވެ. ރާއްޖެވަނީ މަޝްހޫރު ވެފައެވެ. ދެކުނު އޭޝިޔާގައި ނިސްބަތުން އެންމެ ތަނަވަސް ގައުމަށްވެސް ރާއްޖެވަނީ ވެފައެވެ.
މިއީ ވެއަތުވެދިޔަ 20 ނުވަތަ 30 ހަކަށް އަހަރުގެ ތެރޭގައި ރާއްޖެ ގިރާކޮށްފައިވާ ހަރުފަތްތަކެވެ. ޢުމުރުން 30 ށްވުރެން މަތީ މީހުން އެބައި މީހުންގެ ޢާންމު ދިރިއުޅުން ޅަފަތުގައި ހޭދަކޮށްފައިވާ ގޮތާއި މިހާރު ގެ ޙާލަތާ ހާސްބައި ތަފާތެވެ.
މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް އަދިވެސް ރާއްޖެއަކީ އެކިކަން ކަމުގައި އަނެކުންނަށް ވަރަށްބޮޑު އިޢުތިމާދެއް ކުރަންޖެހިފައިވާ ގައުމެކެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާ ހިންގެން އޮތީ ބޭރު މީހުން އެދާއިރާގައި ހިމަނަައިގެންނެވެ. ސިއްހީ ދާއިރާވެސް ހަމަ އެފަދައެވެ. ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ޓޫރިޒަމްގައިވެސް ބޭރު މީހުންގެ ހިއްސާ އަދި ފެންނަން ޖެހެއެވެ. ރާއްޖެއަކީ އިންސާނީ ވަސީލަތް ބޭރު މީހުންނާ ވަކިވެވެން އޮތް ތަނެއް ނޫނެވެ.
ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި އަޅުގަނޑުމެންގެ ކުރިއެރުމާއި އަޅުގަނޑުމެންގެ ކުރިމަގާއި ބޭރު މީހުން ގުޅިފައިވާއިރު އެބައި މީހުންނަށް ދިވެހި މި މުޖްތަމަޢުއަކީ ރައްކާތެރި ސަލާމަތްތަނެއް ކަމުގައިވާން އެބަޖެހެއެވެ. ރާއްޖޭގައި މަސައްކަތްކުރާ ހިތުން އަންނަ ބޭރު މީހުންނަށް ބިރުވެރި ކަމާއި ނާމާންތަނަކަށް ރާއްޖެވެގެން ނުވާނެއެވެ. އެބައި މީހުންނާ މުޢާމަލާތް ކުރުމުގައާއި އެހެނިހެން ކަންކަމުގައިވެސް އަޅުގަނޑުމެންގެ ތަރައްޤީގައި ބިދޭސީން އަދިވެސް ފުޅާ ގޮތެއްގައި ހިއްސާވާއިރު އެބަޔަކު ބިރުންދޫކޮށްދާން ބޭނުން ތަނަކަށް ރާއްޖެވެގެން ނުވާނެއެވެ.
Report: Soodh

No comments:
Post a Comment