Saturday, August 25, 2007

ރައްޔިތުންގެ ޙުކުމާ ބަޔަކު ދެކޮޅުހަދަނީ
25/8/2007

- ވޯޓާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުމަކީ ސީދާ ކޮންބަޔަކު ރާވައިގެން ކުރާ ކަމެއްކަން ބުނަން ނޭނގޭ: މޯލްޑިވްސް ޕޮލިސް ސަރވިސް
...........................................
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނެގި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމާބެހޭ ވޯޓާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތަފާތު ހަމަނުޖެހުންތައް ހިނގަމުން އެބަ ދެއެވެ.
އެގޮތުން އިއްޔެ ލ. އިސްދޫގައި ޙަރަކާތްތެރިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) ގޮފީގެ ނާއިބު ރައީސް ޙަސަން ޤާސިމް އަޅަން ފަށައިފައިވާ ގެ ވަނީ ތަޅައިލައި ފައެވެ.
"މިއަދު މަސައްކަތް ކުރުމަށް ޓަކައި ގެއަށް ދިޔައިރު ރޭނިފައިވާ ބައި ވަނީ ތަޅައިލައިފައި. ތަޅައިލި ގަޑިއެއް އަދި ކޮންބައެއް ކަމެއްވެސް ނޭގެ" މި ޙާދިސާއާ ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދެމުން ޙަސަންް ކިޔައިދިނެވެ. ޤާސިމް ހާމަ ކުރެއްވި ގޮތުގައި ތަޅައިލި ގެއަކީ 36 ފޫޓް 20 ފޫޓުގެ ގެއެކެވެ.
މި ޙާދިސާއާއި އަދި ވޯޓާ ގުޅިގެންވެސް ޙަސަންގެ ޢާއިލާއަށް އެއްވެސް ވަރެއްގެ ނުރައްކާތެރިކަމެއް ކުރިމަތިވެފައި ނުވާ ކަމަށާއި ބަޔަކު މީހުން އިންޒާރުވެސް ދީފައި ނުވާ ކަމަށް ޙަސަން ވަނީ ހާމަ ކުރައްވައި ފައެވެ.
"ވޯޓާ ގުޅިގެންވެސް އަދި އެހެން ކަމަކާ ގުޅިގެންވެސް އެއްވެސް ބަޔަކު އަޅުގަނޑަށް އަދި ޢާއިލާއަށްވެސް އިންޒާރު ތަކެއްދީ ޖެއްސުން ކޮށްފައެއްވެސް ނުވޭ. އެހެން ނަމަވެސް ގެއަށް މިދިން ޙަމަލާއަކީ 18 ވަނަ ދުވަހު ނެގި ވޯޓާ ގުޅިގެން ދިން ޙަމަލާއެއްކަން ޔަޤީން" ޙަސަން ހާމަ ކުރެއްވި އެވެ.
މިމަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ވޯޓާ ގުޅިގެން ރާއްޖޭގެ އެކިރަށްރަށުގައި ޑީ.އާރު.ޕީ އަށް ނިސްބަތްވާ މެމްބަރުންނަށް އަންނަނީ ހަމަލާ ދެމުން ނެވެ. އެއީ ކޮންބައެއް ކަމެއް އަދި ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްކަންވެސް ޔަޤީންނުވާ ކަމަށް އެފަރާތްތަކުން ދަނީ ހާމަ ކުރަމުން ނެވެ.
ވޯޓާ ގުޅިގެން އިންޒާރުތަކެއް ދިނުމަށްފަހު މިދިޔަ ބުދަ ދުވަހުގެރޭ ވަނީ މާލެ އަތޮޅު ހުރާ ގެއެއްގައި ރޯކޮށްލައި ފައެވެ. މި ޙާދިސާ ހިނގައިފައި ވަނީ އެގޭގައި ދެމަފިރިންނާއި އެދެމަފިރިންގެ 3 ކުދިން ނިދައިފައި ތިއްބަ އެވެ. މި ޙާދިސާގައި ގެ އެއްކޮށް އެނދިނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަ ކުރައްވައި ފައެވެ.
ރާއްޖޭގައި ބާއްވަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓާ ގުޅިގެން ރާއްޖޭގެ ކަންކޮޅު ތަކުގައި ހިނގަމުންދާ އަނިޔާވެރި ޢަމަލް ތަކަކީ ސީދާ ކޮންބަޔަކު ރާވައިގެން ކުރާ ކަމެއްކަން ބުނަން ނޭނގޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅު ވެއެވެ.
މިވޯޓާ ގުޅިގެން ހިނގަމުންދާ ޙާދިސާތަކާމެދު ޑީ.އާރު.ޕީ ގެ ބަހެއް ހޯދައިލުމަށް ރޭ ކުރެވުނު މަސައްކަތްވަނީ ނާކާމިޔާބު ވެފަ އެވެ. ވެރިކަމުގެ ނިޒާމު
ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓު ކާމިޔާބުވީ ރިޔާސީ ނިޒާމަށެވެ.

Report: Soodh
Velidhoo Community

No comments: