މިމަހު 18 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ހިސާބެއްގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ނިޒާމަށް 100% ވޯޓް ދެއްވި ހަމައެކަނި ރަށް ކަމުގައިވާ ދ. ވާނީ އަށް ޕާޓީގެ އިސް އޮފިޝަލުންގެ ވަފުދެއް ޒިޔާރަތްކުރައްވައިފި 
މި އޮގަސްޓް މަހުގެ 18 ވަނަ ދުވަހު މުޅިރާއްޖޭގައި ބޭއްވުނު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނެގުނު ޢާންމު ވޯޓުގައި ރިޔާސީ ނިޒާމްއަށް ސައްތައިން ސައްތަ ތާއީދު ލިބުނު ހަމައެކަނި ރަށް ކަމުގައިވާ ދ. އަތޮޅު ވާނީއަށް ޑީއާރުޕީގެ އިސް އޮފިޝަލުންގެ ޓީމެއް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރ އަލްފާޟިލް އިބްރާހީމް އާޠިފް ޝަކޫރުގެ އިތުރުން ޕާޓީގެ އަންހެނުންގެ ގޮފީގެ މެންބަރުންގެ ކަމުގައިވާ އަލްފާޟިލާ ޔުމްނާ މައުމޫންއާއި، އަލްފާޟިލާ ފާޠިމަތު ސުނީތާޢާއި އަލްފާޟިލާ އާމިނަތު ސަޢީދުގެ އިތުރުން ޕާޓީގެ މީޑިއާ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އަޙްމަދު ޞިއްދީޤްއާއި މީޑިއާ ފޮޓޯގްރާފަރ އިބްރާހީމް ސާއިދުއެވެ.
މިބޭފުޅުންގެ އިތުރުން ދ. ވާނީ ގޮފީގެ ރައީސްވެ ވަނީ މިޓީމާއި އެކު ވާނީއަށް މިއަދު ޒިޔާރަތްކުރައްވާފައެވެ. ވާނީއަށް ޕާޓީގެ އޮފިޝަލުން މިކުރެއްވި ދަތުރަށް އެރަށުގެ ރައްޔިތުންގެ ތެރެއިން އެވަގުތު ރަށުގައި ތިއްބެވި ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ޑީއާރުޕީން މިފަދަ ވަފުދެއް އެރަށަށް ޒިޔާރަތްކުރެއްވީތީ ވާނީގެ ރައްޔިތުން ޕާޓީގެ ވަފުދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވާނީގެ ރައްޔިތުން މުސްތަޤްބަލުގައިވެސް ތިއްބަވާނީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތުގައިކަމަށް ރައްޔިތުން ހާމަކުރެއްވިއެވެ.
ޑީއާރުޕީގެ ވަފުގެ ބޭފުޅުން ވަނީ މިއަދުގެ ހެނދުނުގެ ވަގުތަކުން ފައްޓަވައިގެން މެންދުރުފަހުގެ ވަގުތަކާއި ހަމައަށް ދ. ވާނީގައި ތިއްބަވާފައެވެ. އަދި ރައްޔިތުން ހާލު އަހުވާލުބައްލަވާލެއްވިއެވެ
Report: Amindi

No comments:
Post a Comment