Thursday, August 30, 2007

އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ވަފާ އާއެކު ވަގުތުކޮޅެއް
30/8/2007

Soodh: އެންމެ ކުރިއްސުރެން ފެށިގެންވެސް އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ނަގާކިޔާ ސްކޫލެއް. ޚާއްސަކޮށް ކިޔެވުމުގެ ރޮނގުގައި. މިފަދަ ސްކޫލެއްގެ ޕްރިންސިޕަލް ކަމާއި ޙަވާލުވެގެން ވަފާ ހުންނަވާއިރު ކޮންކަހަލަ އިހުސާސްތަކެއްތޯ ކުރެވެނީ؟
Vafa: އަޅުގަނޑަކީ އަބަދުވެސް އެޑިޔުކޭޝަން ދާއިރާއަށް ޝައުގު ހުންނަ މީހެއް. އަދި އަމީނިއްޔާ ސްކޫލަކީ ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއް ކަމަށް ވެފަ އެފަދަ ސްކޫލެއްގައި ހުރެގެން ތަޢުލީމީ އަންހެން ކުދިންތަކެއް މިމުޖުތަމަޢަށް ނެރެން ޖެހޭތީ އަޅުގަނޑު އަބަދުވެސް ހިތްހަމަޖެހޭ. އެކަމުގައި އަޅުގަނޑު މިހުންނަނީ ވަރަށް ވަރުގަދަ ޢަޒުމަކާއެކު ސާބިތުކަން މަތީގައި.

Soodh: އެހެން ސްކޫލްގެ ކުދިންނާ އަޅާބަލާއިރު އަމީނިއްޔާ ސްކޫލް ކުދިންގެ އަޚުލާގު ގޯސް ކަމަށް މާލެތެރޭގައި ވާހަކަ ދެކެވޭ. އެކަހަލަ އެއްވެސް ކަމެއް ވަފާއަށް ފާހަގަ ކުރެވިފައި ވޭތޯ އަދި ކީއްވެގެންތޯ އެކުދިންގެ އަޚުލާޤަށް އެބަދަލު އަންނަން ދިމާވަނީ؟
Vafa: އަމީނިއްޔާ ސްކޫލް ކުދިންނަކީ އަޚުލާޤީ ގޮތުން ރަނގަޅު ކުދިން އުޅޭ ސްކޫލެއް. ކޮންމެ ސްކޫލެއްގައިވެސް ކިޔަވަމުންދާނެ ތަފާތު މިޒާޖުގެ ތަފާތު ކުދިން. އަމީނިއްޔާ ސްކޫލްގައިވެސް އުޅޭ އަޚުލާގު ރަނގަޅު ނޫން ކަމަށް ފާހަގަ ކުރެވޭ ކުދިން. އެއީ އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި ކިޔަވާހާ ހުރިހާ އަންހެން ކުދިންގެ ސްކޫލް. ޕްރައިމަރީ ގްރޭޑް ނިންމުމަށްފަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ތަފާތު މިޒާޖުގެ ކުދިން އަމީނިއްޔާއަށް ޖޮއިން ވާނެ. އެކުދިންގެ އަޚުލާޤު ހިފަހައްޓަން މަސައްކަތް ކުރާނީ ހަމައެކަނި ސްކޫލަކުން ނޫން. ސްކޫލުންނާއި ބެލެނެވެރީންވެސް އެކުދިންނާ އެކީ މަސައްކަތް ކޮށްގެން ނޫނީ ކުދިންގެ އަޚުލާގާއި ކިޔެވުން ރަނގަޅެއް ނުކުރެވޭނެ. އެއީ ވަކި މީހެއްގެ ވާޖިބެއް ނޫން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ރީތި އަޚުލާގަކާއި ރަނގަޅު ތަޢުލީމެއް ހުރިހާ ކުދިންނަށްވެސް ހޯދައިދިނުމަށް.

Soodh: ވަރަށް ފަހުން މާލެތެރޭގައި ދެކެވުނު ވާހަކައެއް އަމީނިއްޔާ ސްކޫލް ކުއްޖަކު ކުލާސްތެރޭގައި ޑްރަގްސް ޑީލް ކުރަން އުޅުނު ކަމަށް. އެއީ ކިހިނެއް ހިނގި ކަމެއްތޯ؟
Vafa: އަމީނިއްޔާ ސްކޫލްގައި އެކުއްޖަކު އެތަކެތި ޑީލް ކުރުމަށް މަސައްކަތެއް ކޮށްފައެއް ނުވޭ. އެހެން ނަމަވެސް މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް އެކުއްޖާގެ އަތުން ފެނިގެން އަޅުގަނޑުމެން ވަނީ އެކަން ކަމާބެހޭ ފަރާތަށް އަންގާފައި. އެހެން ނަމަވެސް އެކަންކަމާބެހޭ ފަރާތުން ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހުއެނގުނީއެއީ މަސްތުވާ އެއްވެސް ބާވަތެއްގެ އެއްޗަކަށް ޕޮޒިޓިވް ވާ އެއްޗެއް ނޫން ކަމަށް.

Soodh: މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލައާއި ގުޅިގެން އެކުއްޖާ މިހާރު ވަނީ ސްކޫލަށް ކިޔަވަން ނާދެވޭ ގޮތަށް ގޭގައި މަޑުކޮށްލުމަށް އަންގާފައި. އަދި އާފަތިހަށް ފުލުހުން ދެއްވާފައިވާ ބަސްދީގަތުމެއްގައިވެސް ފުލުހުންގެ މީޑިއާގެ ބޭފުޅަކު ވިދާޅުވީ އެއީ މަސްތުވާ އެއްޗެއް ނޫން ކަމަށް. އެހެންވީމަ ކޮން ދުވަހަކުންތޯ އެމައްސަލައާއި ގުޅިގެން ތަޙުޤީގު ކުރިޔަށް ދާތީވެ ގޭގައި މަޑުކޮށްލަން އެންގި އެކުއްޖާއަށް އަލުން ސްކޫލަށް އާދެވޭނީ.
Vafa: ރަސްމީ ސިފައެއްގައި ކަމާބެހޭ ފަރާތުގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބުމާއެކު ވަގުތުން އެކުއްޖާއަށްސްކޫލަށް އައިސް ކިޔެވުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެން އެކުއްޖާ ސްކޫލަކުން ކަނޑައެއް ނުލަން. އެމައްސަލައިގެ ތަޙުޤީގު ކުރިޔަށް ދާތީވެ އަޅުގަނޑުމެން އެގޮތަށް އެކުއްޖާއަށް އަންގާފައި ވަނީ.

Report: Velidhoo Community

No comments: