Thursday, August 23, 2007

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ވިޔަފާރި ކުންފުންޏެއް އޮތްކަމަށް ރ. އަތޮޅު މެންބަރު ވިދާޅުވި ވިދާޅުވުމަކީ ޙަޤީގަތެއްނޫން: އިސްތަރުޖަމާނު
23/8/2007 ް

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމްގެ ވިޔަފާރި ކުންފުންޏެއް އޮތްކަމަށް ރ. އަތޮޅުގެ މެންބަރު ޢަލީ ވަޙީދު، މިދިޔަ އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކައަކީ ޙަޤީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްމަން އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފު ކަށަވަރުކޮށް ދެއްވައިފި އެވެ.
ޤާނޫނު އަސާސީގެ 45 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވަނީ "ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ވިޔަފާރި ކުރުމާއި، ވިޔަފާރި ހިންގާ ތަނެއްގެ ވަޒީފާ އަދާކުރުމާއި، ވިޔަފާރީގެ ފައިދާއެއް ލިބޭފަދަ ތަނެއްގައި ހުރުމާއި، މިއިން ކަމެއް ކޮށްގެންނުވާނެެ އެވެ."
"ރައީސުލްޖުމްހޫރިއްޔާއަކީ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ނޫން! އެއީ ޤާނޫނު އަސާސީގެ ދަށުން އެމަނިކުފާނަށް ކުރެއްވޭނެ ކަމެއްނޫން! އެފަދަ ކަމެއް ކުރައްވާފައެއްވެސް ނޯންނާނެ. އަދި މިހާރުވެސް ނުކުރައްވާ. ރ. އަތޮޅުގެ މެންބަރު، މަޖިލީހުގެ އިމްތިޔާޒުގެ ބޭނުން ހިއްޕަވައިގެން އަދި މަޖިލީހުގެ ޖަލްސާތައް ޓީ.ވީގެ ޒަރީޢާއިން ރައްޔިތުންނާ ހަމައަށް ގެނެސްދެވޭތީ، މިކަހަލަ ޙަޤީގަތާ ޚިލާފު ވާހަކަ ދައްކަވަމުން ގެންދަވާކަން އެއީ ހިތާމަ ކުރަންޖެހޭ ކަމެއް" ކަމުގައި ޗީފް ގަވަރންމަންޓް ސްޕޯކްސްމަން ބަޔާން ކުރެއްވި އެވެ.

Report: Soodh
Velidhoo Community

No comments: