ނޫސްބަޔާން :
NR - 033/2007 A ނަންބަރު
ތާރީޚު: 23 އޮގަސްޓް 2007
ނޫސްބަޔާން
ރާއްޖޭގައި އޮންނަންފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ގޮތުން އައްޑުއަތޮޅު ހިތަދޫގެ 4 ނަމްބަރާއި 5 ނަމްބަރު ސަރަޙައްދުގައި މިއަދު¡ 22 އޮގަސްޓް ގައި ބޭއްވި ވޯޓުނެގުމުގައި ރިޔާސީ ނިޒާމަށް ލިބުނު ފުރިހަމަ ތާއީދު ހިތްހަމަޖެހުމާއެކު ޑީ.އާރު.ޕީ.އިން ފާހަގަ ކުރޭ
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ގޮތުން އައްޑުއަތޮޅު ހިތަދޫގެ 4 ނަމްބަރާއި 5 ނަމްބަރު ސަރަޙައްދުގައި މިއަދު¡ 22 އޮގަސްޓް ގައި ބޭއްވި ވޯޓުނެގުމުގައި ރިޔާސީ ނިޒާމަށް ލިބުނު ފުރިހަމަ ތާއީދު ހިތްހަމަޖެހުމާއެކު ޑީ.އާރު.ޕީ.އިން ފާހަގަ ކުރަމެވެ. އަދި އިދިކޮޅު ޚިޔާލުތަކުގެ މީހުން ކުރިމަތިކުރި އެތަކެއް ހުރަސްތަކެއްގިރާކޮށް ރިޔާސީ ނިޒާމަށް ވޯޓް ދެއްވި ހުރިހާ ފަރާތްތަކަށް ދިވެހި
ރައްޔިތުންގެ ޕާޓީއިން މަރުޙަބާ އާއި ޝުކުރު ދަންނަމެވެ
އިދިކޮޅު ޚިޔާލުގެ މީހުންގެ ޤަވާއިދާއި ޚިލާފު ޢަމަލުތަކާއި، ބިރުދެއްކުންތަކާއި، ނުފޫޒުފޯރުވުންތަކުން އެއްކިބާވެ ދިވެހިރައްޔިތުންނަށް އެބައިމީހުންގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަންމަތީ މިވޯޓްލުމުގެ ފުރުޞަތު ލިބުނުނަމަ ރިޔާސީ ނިޒާމު ކާމިޔާބްކުރުމުގައި މިލިބުނު ކާމިޔާބަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ދެކެމެވެ.
މިއަދު ނެގުނު ވޯޓުގެ ނަތީޖާގެ އަލީގައި އިދިކޮޅު ފަރާތްތަކަށް ޚާއްޞަކޮށް އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ ޕާޓީއިން އަނެއްކާވެސް މިގޮވާލަނީ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ އިލްތިމާސް ޤަބޫލުކޮށް، ރައްޔިތުންގެ މެދުގައި ބައިބައި ކުރުވުމާއި ހަމަނުޖެހުން ހިންގުމުގެ ސިޔާސަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަން ޚިޔާރުކުރުމަށެވެ
Report: Soodh
Courtesy: DRP
NR - 033/2007 A ނަންބަރު
ތާރީޚު: 23 އޮގަސްޓް 2007
ރާއްޖޭގައި އޮންނަންފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ގޮތުން އައްޑުއަތޮޅު ހިތަދޫގެ 4 ނަމްބަރާއި 5 ނަމްބަރު ސަރަޙައްދުގައި މިއަދު¡ 22 އޮގަސްޓް ގައި ބޭއްވި ވޯޓުނެގުމުގައި ރިޔާސީ ނިޒާމަށް ލިބުނު ފުރިހަމަ ތާއީދު ހިތްހަމަޖެހުމާއެކު ޑީ.އާރު.ޕީ.އިން ފާހަގަ ކުރޭ
ރައްޔިތުންގެ ޕާޓީއިން މަރުޙަބާ އާއި ޝުކުރު ދަންނަމެވެ
އިދިކޮޅު ޚިޔާލުގެ މީހުންގެ ޤަވާއިދާއި ޚިލާފު ޢަމަލުތަކާއި، ބިރުދެއްކުންތަކާއި، ނުފޫޒުފޯރުވުންތަކުން އެއްކިބާވެ ދިވެހިރައްޔިތުންނަށް އެބައިމީހުންގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަންމަތީ މިވޯޓްލުމުގެ ފުރުޞަތު ލިބުނުނަމަ ރިޔާސީ ނިޒާމު ކާމިޔާބްކުރުމުގައި މިލިބުނު ކާމިޔާބަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީން ދެކެމެވެ.
މިއަދު ނެގުނު ވޯޓުގެ ނަތީޖާގެ އަލީގައި އިދިކޮޅު ފަރާތްތަކަށް ޚާއްޞަކޮށް އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ ޕާޓީއިން އަނެއްކާވެސް މިގޮވާލަނީ، ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންގެ އިލްތިމާސް ޤަބޫލުކޮށް، ރައްޔިތުންގެ މެދުގައި ބައިބައި ކުރުވުމާއި ހަމަނުޖެހުން ހިންގުމުގެ ސިޔާސަތު ދޫކޮށް، ޤައުމީ އެއްބައިވަންތަ ކަން ޚިޔާރުކުރުމަށެވެ
Report: Soodh
Courtesy: DRP
No comments:
Post a Comment