ކާމިޔާބު ކައިވެންޏަކަށް ވަކި ކެރިއަރއެއް ނެތް އަންހެނަކު ޚިޔާރުކުރުން
އިޖްތިމާޢީ އިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. ދިގު ނުވަތަ ކުރު ކުއްޖަކާއި ކައިވެނި ކުރާށެވެ. ފަލަ ނުވަތަ ލޫޅާފަތި ކުއްޖަކާއި ކައިވެނި ކުރާށެވެ. ދޮން ނުވަތަ ކަޅު ކުއްޖަކާއި ކައިވެނި ކުރާށެވެ. ނަމަވެސް ވަކިކެރިއަރ އެއްގެ އަންހެނަކާއި ކައިވެނި ނުކުރާށެވެ
އިޖްތިމާޢީ އިލްމްވެރިން ދެކިލައްވާގޮތުގައި ވަކި ކެރިއަރ އެއްގެ އަންހެނަކާއި ކައިވެނި ކުރުމުން ކައިވެނީ ގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުވެ ވަރިއާއި ހަމައަށް ފޯރާލެއް އަވަސް ވެއެވެ. މިބޭފުޅުން ކެރިއަރ ގަރލްއެއް ކަމަށް ބައްލަވަނީ ޔުނިވަރސިޓި ނިންމާފައި ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުމާއެކު ހަފްތާއަކު 35 ގަޑި އިރަށްވުރެ ގިނައިރު ވަޒީފާއަދާކޮށްގެން އަހަރަކު 300,000 (ތިރީސްހާސް ޑޮލަރު) އަށްވުރެ އިތުރު އާމްދަނީއެއް ހޯދާ އަންހެނުންނަށެވެ. ވަރަށް ފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި މިފަދަ އަންހެނުންނާއި އެކު ކުރެވޭކައިވެނިތަކުން ހާސްކަމާއި ނުތަނަސްކަން ލިބި ވަރިއާއި ހަމައަށް ފޯރުމުގެ ފުރުސަތު ވަކި ކެރިއަރ އެއް ނެތް އަންހެނުންނަށްވުރެ އިތުރެވެ
ފިރިމީހާއަށް ބޭވަފާތެރިވުމާއި, ވަރިވުމާއި ކުދިން ހޯދަން ދެކޮޅުހަދާ އަންހެނުންގެ ނިސްބަތްވެސް އެންމެ ގިނައީ ވަކި ކެރިއަރުގެ އަންހެނުންގެ ތެރޭގައެވެ. މިދިރާސާގެ ނަތީޖާއާއި ހިތްހަމަ ނުޖެހުނު ބައެއް ފިރިހެނުން ހާމަ ކުރިގޮތުގައި, ކޮންމެ ފިރިހެނެއްވެސް އެމީހާގެ ލޯބިވެރިޔާއަކީ, ތަޢުލީމީ, ތަހުޒީބީ, ކުޅަދާނަ, ދިރުއުޅުމުގެ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ, ވަކި އަމާޒެއް ކަނޑައަޅައި އެ އަމާޒަކަށް ވާސިލްވާން މަސައްކަތް ކުރާ އަންހެނަކަށްވުމަށް އެދެއެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. ނަމަވެސް މިކަންކަން މިހެން އޮންނަނީ ކައިވެނިގެ ކުރީގައެވެ. ކަިއވެނީގެ ފަހުން މިބުނެވުނު ކަންކަމަކީ ދިރިއުޅުމަށް އޭގެ ނުބައި އަސަރަ ކުރާ އަދި އޭގެ ސަބަބުން މައްސަލަތައް އުފެދެން ދިމާވާ ކަންކަން ކަމުގައި ވެދެއެވެ. ކާމިޔާބު ކައިވެންޏެއްގެ ފަހަތުގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ބައިވެރިޔާގެ މައިންބަފައިންގެ ކައިވެނީގެ ހާލަތު ) ރޫޅިފައިވާ އާއިލާތަކުން އައިސްތިބޭ ކުދިންގެ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑެވެ(, ފުރަތަމަ ކައިވެނި ކުރާ އުމުރު, އުޅެބޮޑުވާ މާހައުލު, މުޖްތަމަޢުގައި އެމީހުންގެ ދަރަޖަ, ދީނީ ކަންކަމަށް ސަމާލުވާ މިންވަރު, އަދި ކައިވެނީގެ ފަހުން ދިރިއުޅޭ މާހައުލު )ކައިވެނީގެ ފަހުން އަންހެނާގެ އާއިލާއާއި އެކުގައި ދިރިއުޅޭ ނަމަ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑެވެ( ހިމެނެއެވެ
ވަކި ކެރިއަރ އެއްގެ އަންހެނަކާއި ކައިވެނި ކުރުމުން އެކައިވެނީގެ އުފާވެރިކަން އެހެން ކައިވެނިތަކަށްވުރެ ކުޑައެވެ. ނަމަވެސް ވަޒީފާދޫކޮށްފައި ގޭގައި ކުދިންގެ ކައިރީގައި އިނުމުން އެފަދަ އަންހެނުންނަށްލިބޭނީ ހިތާމައެވެ. އެއީ އެމީހުން ބޭނުންވިގޮތް ނޫން ވީމައެވެ
ގެއިން ބޭރުގައި މަސައްކަތްކުރާ ކޮންމެ އަންހެނަކަށްވެސް ގިނަ ތަފާތު ވައްތަރުގެ ފިރިހެނުންނާއި ބައްދަލުވެ އުޅެންޖެހެއެވެ. މިގޮތުން ބައެއްފަހަރު މިފަދަ ފިރިހެނުންނާއި ތިމާގެ ފިރިމީހާއާއި އަޅާކިޔޭ ގޮތްވެއެވެ. އަންހެނުން އެމީހުންގެ ފިރިންނަށް ބޭވަފާތެރިވާން ބޭނުން ނުވިނަމަވެސް ގިނަފަހަރަށް ކަންތައ ފެށިގެން ދަނީ މިފަދަ ގޮތަކަށެވެ. ހަމަ އެގޮތަށް ގިނައިން ރަށުން ބޭރަށް ދަތުރުކުރަން ޖެހޭފަދަ ވަޒީފާއެއްގައި އުޅޭނަމަ މިކަން ތަކުރާރުވެއެވެ. އަދި ކުދިންނާއި ފިރިމީހާއަށް ދޭންވާ ލޯތްބާއި އަޅާލުން އަދި އެމީހުންނާއި އެކުގައި ހޭދަކުރަންޖެހޭ ވަގުތު ހޭދަ ނުކުރެވުމަކީ ކައިވެނީގައި މައްސަލަ ޖެހެން ދިމާވާ އެންމެ މައިގަނޑު އެއް ސަބަބެވެ
ދެމީހުން މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އާއިލާ ތައް ވަރިވާ މިންވަރު އެކަކު މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ އާއިލާތަކަށް ވުރެ ގިނައެވެ. އެކަކު އާމްދަނީ ހޯދާ އާއިލާތަކުގެ %79 އިންސައްތައަކީ ފިރިމީހާ އާމްދަނީ ހޯދާ އާއިލާ ތަކެވެ
އެހެންކަމުން މި ނަތީޖާތަކަށް ބަލާއިރު ބޮޑަށް ބުރަ ވެވެނީ ވަކިދާއިރާތަކަކުން ކުރިއަށްދާން ލަނޑުދަނޑިއެއް ކަނޑައަޅައިގެން މަސައްކަތް ކުރާ އަންހެނުންގެ ޒަވާޖީ ހަޔާތުގައި މައްސަލަތައްޖެހުން އަވަސްވެފައި ވަރިއާއި ހަމައަށް ފޯރާތަން, އެނޫން އަންހެނުންނަށްވުރެ އަވަސްވެފައި ގިނަ ކަމުގައެވެ
No comments:
Post a Comment