ޑރ. އަހުމަދު ޝަހީދުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވައިފި
މިނިސްޓަރު އޮފް ފޮރިން އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު މަގާމުން އިސްތިއުފ ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ގަބޫލުފުޅުކުރައްވައިފި ކަމަށް ރައީސް އޮފީހުން ދާދި ދެންމެ އަކު ބުނެފި އެވެ
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ޝަހީދުގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުގައި ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރެއްވުމަށާއި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދެއްވުމަށާއި އަދި ރައީސްގެ އިސްލާހީ އެޖެންޑާ ކާމިޔާބުކުރެއްވުމަށް ސާބިތުކަމާއެކު ކޮށްދެއްވާފައިވާ އަގު ހުރި ހިދުމަތްތައް ފާހަގަކުރައްވައި ވަރަށް އިހުލާސްތެރިކަމާއެކު ޑރ. ޝަހިދަށް ރައިސް ޝުކުރުއަދާކުރައްވާ ކަމަށެވެ
ޑރ. ޝަހީދު އިސްތިއުފާ ހުށަހެޅުއްވިކަން ސަރުކާރުން ޔަގީންކޮށްދެއްވާފައި ވަނީ މިއަދު މެންދުރު ވަގުތެއްގަ އެވެ
”ޑރ. ޝަހީދު އިސްތިއުފާ ހުށަހެޅުއްވީ ރައީސް މައުމޫނާ އަދި ސަރުކާރާ މެދު އެއްވެސް ހިތްފުޅުހަމަޖެހިވަޑައިވަޑައި ނުގަންނަ ކަންތައްތަކެއް ހުރެގެނެއް ނޫން. ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިނގާފައި ނޯނާނެ ކަމަށް ޝަހީދު ވިދާޅުވި. މިކަން ކުރަން މަޖުބޫރުވި ބަޔަކު މީހުން ޝަހީދުގެ ބޮލުގައި ބޮޑެތި އިލްޒާމުތަކެއް ޒާތީ ހަސަދައެއް ލައިގެން އަޅުވަމުންގެންދާތީ ކަމަށް,“ ޝަހީދުގެ އިސްތިއުފާއާ ބެހޭ ގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މޮންދު) ވަނީ މިއަދު ވިދާޅުވި އެވެ
ޑރ. ޝަހީދު އިސްތިއުފާ ދެއްވީ, އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި, މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެޖެންޑާ ކުރައްވާފައި ވަނިކޮށެވެ
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ ޝަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފައި ވަނިކޮށް އިސްތިއުފާ ދެއްވި ވާހަކަ ޔަގީން ކުރެއްވުމަށް ފަހު އެ މައްސަލަ އެޖެންޑާއިން އުނިކުރުން އެކަށީގެންވާ ކަމަށެވެ. ”މިހާރު މިދަނީ އެކަން ޔަގީންކުރަމުން. އެކަން ޔަގީންވެއްޖެ ނަމަ އެ މައްސަލަ އެޖެންޑާއިން އުނިކުރުމަކީ ވަރަށް ކައިރިކަމެއް,“ އަހުމަދު ވިދާޅުވި އެވެ
ޑރ. ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނީ, ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނިއުސް ކޮންފަރެންސްގައި ”ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގު ނުލިބިގެން ގޮސްފައި ވަނީ, ދިވެހިރާއްޖޭގެ ޕާލަމެންޓް ފެއިލްވެފައި އޮތީމާ“ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. މި މައްސަލަ އިމްތިޔާޒުގެ މައްސަލައެއްގެ ގޮތުގައި ވެސް މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ފާހެއް ނުވެ އެވެ
ވަރަށް އިތުބާރު ހުރި ފަރާތަކުން އެނގިފައިވާގޮތުން ޑރ. ޝަހީދުގެ މައްޗަށް ވަނީ ކްރޮޕްޝަނުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފަ އެވެ
މި އަހަރު އެޕްރީލް މަހު ތެރޭގައި މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހުސައިން ސޮލާހުގެ މަރުގެ މައްސަލަ ބައްލަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ވެސް, މި މަހުގެ 12 ވަނަ ދުވަހު ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ހާޒިރުކުރައްވާފައިވެ އެވެ
ޝަހީދުގެ އިސްތިއުފާ މައްސަލާގައި ވަނީ އޭނާގެ ބަހެއް ލިބޭގޮތްނުވެފަ އެވެ
The President accepts the resignation of the Minister of Foreign Affairs Dr. Ahmed Shaheed
Reference Number: 2007-467
Tuesday, August 21, 2007
The President today accepted the resignation of the Minister of Foreign Affairs Dr. Ahmed Shaheed.
In his letter to Dr. Ahmed Shaheed, accepting the Minister’s resignation, the President noted the role of Dr. Shaheed in improving the image of the Maldives in the global arena. He also thanked Dr. Shaheed for the support he had extended to the President’s reform agenda.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު އެމަގާމުން އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެމަނިކުފާނުގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފި
21 އޯގަސްޓް 2007 (އަންގާރަ)
ޚަބަރު ނަމްބަރު: 467-2007
ޑޮކްޓަރ އަޙްމަދު ޝަހީދުގެ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައި ޑޮކްޓަރ އަޙްމަދު ޝަހީދު ހުންނަވައިގެން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅު ކުރެއްވުމަށާއި، ސަރުކާރުގެ ސިޔާސަތު ހާމަކޮށްދެއްވުމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އިޞްލާޙީ އެޖެންޑާ ކާމިޔާބު ކުރެއްވުމަށް ސާބިތުކަމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ވަރަށް އިޚްލާޞްތެރިކަމާއެކު ޑޮކްޓަރ އަޙްމަދު ޝަހީދަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރައްވާފައިވެއެވެ.
Courtesy: The President's Office
No comments:
Post a Comment