ރައީސް ކަމުގެ މަގާމަށް އައުމަށްޓަކައި އަންނަ ހަފްތާގައި ކެމްޕޭންކުރަން ފަށާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ
އިސްލާމިކް ޑިމޮކުރެޓިކް ޕާޓީ ( އައި ޑީ ޕީ ) އިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އުމަރު ނަސީރު ރައީސް ކަމުގެ މަގާމަށް އައުމަށް ޓަކައި އަންނަ ހަފުތާގައި ކެންޕޭނު ކުރަން ފަށާނެކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ
ްކުރި ސުވާލަކަށް ޖަވާބުދެއްވަމުން އައި ޑީ ޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ކެންޕޭނު ކުރުމަށް މިހާރުވެސް ލަސްވެއްޖެކަމަށާޢި އަންނަ ހަފުތާގައި އޭނާ ކެންޕޭނު ކުރައްވަން ފައްޓަވާނެ ކަމަށެވެ. އަދ ކެންޕޭނުގައި ފުރަތަމަ ކުރައްވާނެ ކަމަކީ މެނިފެސްޓޯ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ބޭހުންކަމަށާއި މީގެ އިތުރުން އެނާގެ ޕޮޓޯއެއްވެސް ކޮންމެ ގެއަކަށް ދޭނެ ކަަމަށެވެ
އުމަރު ނަސީރު އިތުރަށް ވިދާޅުވީ ޤައުމުގެ ވެރިޔަކު ހޮވަށް އަންނަ އަހަރުގައި ބާއްވާ އިންތިހާބުގައި އޭނާ ކަހަލަ އާ މީހެއްގެ މެސެޖު ރަށްރަށުގެ ގޭގޭ އުދުނު ފުއްބުޑަށް ދާނީ ވަރަށް ކުރިން މަސައްކަތް ފަށައިގެން ކަމަށެވެ. އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެ ބައެއް ފަރާތްތަށް މިހާރު އެގިފައިވާއިރު އުމަރު ވިދާޅުވީ ހުރިހާ އެންމެނަކީ ވެސް އެމީހެއްގެ ދާއިރާއިން އެކަމަށް ޤާބިލު މީހެއްކަމަށެވެ
"އައި،ޑީ،ޕީ ގެ ވެރިކަން ފެށޭތާ 1 މަސް ދުވަސް ތެރޭ އަމަން އަމާން ކަން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޤާއިމް ކުރާނަން." ޢުމަރު ނަސީރު
2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި އައި،ޑީ،ޕީ ގެ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރު އަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލު ކުރައްވައިފިނަމަ މުޅި ޤައުމުގައި އަމަން ޤާއިމް ކުރައްވާ، ތަންތަން ރޯކޮށް، މަގުމަތީ ފޭރި ދޭސީ އަދި ބިދޭސީންނަށް ހަމަލާދީ ރަށުތެރޭ ބިރުވެރިކަން ފަތުރާ އަމަލު ވާ އެއްޗެތި ވިއްކާ ކުށްވެރިން ހައްޔަރުކޮށް ޤާނޫނު ގެ ކުރިމައްޗަށް ވަގުތުން ގެނެސް ޤާނޫނީ އަދަބު ދެއްވާނޭ ކަމަށް އުމަރު ނަސީރު ވިދާޅު ވެއްޖެއެވެ. އަދި 1 މަސް ދުވަސްތެރޭ މިކަން ހާސިލް ކުރައްވާނޭ ކަމަށް 'ގޮވެލި' ނޫހަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެއްޖެއެވެ. ކުށް ކުރާ މީހުންނަށް އަދަބު ދެއްވާނޭ ކަމަށާ އަމަލުވާ އެއްޗެތި ރާއްޖެ އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާނޭ ކަމަށް ފާޅުގައި ވިދާޅުވާ ހަމައެކަނި ސިޔާސީ ލީޑަރަކީ އުމަރު ނަސީރު ކަމަށް ދަންނަވަން ޖެހެއެވެ. އުމަރު ނަސީރު އިތުރަށް ވިދާޅުވީ ކުށްވެރިންގެ ހައްޤުތަށް އަންނާނީ ރައްޔިތުންގެ ހައްޤުތަކަށް ވުރެ ފަހަތަށް ކަމަށާއި ރަށުތެރޭ އަމަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ޤައިމް ކޮށްދެއްވާނޭ ކަމަށާ އަދި މިކަން ކުރައްވާއިރު ބަޔަކު ކިޔާފާނޭ އެއްޗަކަށް ނުވަތަ ކޮށްފާނޭ މަލާމާތަކަށް ނުބައްލަވާނޭ ކަމަށް ވިދާޅުވެފައެވެ
ރާއްޖޭގެ އަމަންއަމާންކަން ދަށަށް ދިއުމާ އަމަލުވާ އެއްޗެތީގެ މައްސަލަތަށް އިތުރުވެފައިވާ މިންވަރާއި މަދަރުސާ ކުދިންގެ އަޚުލާގު ގެ މައްސަލަތަކަށް ބަލާއިރު މި ކަންކަން ހަމަ ޖައްސާ މުޅި ޤައުމު މަގަށް އެޅުވުމަށްޓަކައި ގިނަ ރައްޔިތުން މިހާރު ބޭނުންވަނީ ހަރުދަނާ އަދި ސާބިތު ވެރިއެއްކަމަށް މީހުން ބުނެއެވެ. އަދި ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ޢުމަރު ނަސީރު ނޫނީ އެފަދަ ބޭފުޅަކު ނެތްކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ
Report: Velidhoo Community
No comments:
Post a Comment