ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަ ވެރިކަމުގެ ނިޒާމެއްތޯބެލުމަށް ނެގޭ ޢާއްމު ސިއްރުވޯޓު ވޯޓު
18/8/2007
ވޯޓުލާން ދާނެތަން އޮޅުންނުފިލައިފިނަމަ، މިނަމްބަރުތަކާއި ގުޅުއްވާ: 3302538 / 3302539/ 3345703 /3345701
9:31 ހެނދުނުން ފެށިގެން ކޮމަންވެލްތާއި ބްރިޓިޝް ހައިކޮމިޝަނުގެ އޮބްޒާވަރުން އައްޑު އަތޮޅު ފޭދޫ 1ނަމްބަރު ވޯޓުފޮށިކައިރީގައި ޙަރަކާތްތެރިވަމުން އެބަދޭ. މިރަށުގެ 2ނަމްބަރު ވޯޓުފޮށި ކައިރީގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވޭ. އެހެންނަމަވެސް މިހާރު އެއްވެސް ހަމަނުޖެހުމެއްނެތް.
9:16 ގދ. ގައްދުގައިވެސް މިއަދު ހެނދުނު 00:7ންފެށިގެން ކުރިއަށްދާކަމަށް އެރަށުގައި ހުރި އާފަތިސްނޫހުގެ ރިޕޯޓަރ އިމްރާން ޖައުފަރު ޚަބަރުދޭ. މިއަހަރުގެ ޖުލއިމަހުގެ ނިޔަލަށް ގައްދޫގެ އާބާދީއަކީ 0472 މީހުންނެވެ. އެރަށުގައި، ވޯޓުލުމުގެ ހައްޤު ލިބިގެންވާމީހުންގެ ޢަދަދަކީ 9081މީހުންނެވެ. ރަށުން ބޭރުގައި189 މީހުންތިބިއިރު މިހާރު ރަށުގައި ތިބީ 828މީހުން.
8:38 ވޯޓުލަމުން ދިޔަސަރަޙައްދެއްގައި ބަޔަކު ބަރުލަމާނީ ނިޒާމުގެ ކެމްޕޭން ކަރުދާސްތަކެއް ބަހަމުންދިޔަ. މިކަން ފެނުނު މީހަކު މިހާރު އެމައްސަލަ ހިފައިގެން ފޮޓޯއާއެކު ކޮމިޝަނާރ އޮފް އިލެކްޝަންސްގެ އޮފީހުގައި.
ހދ.ކުޅުދުއްފުށި: މިރަށުގައި ހުންނަ މޯލްޑިވްސް ކޮލެޖްއޮފް ހަޔާރ އެޑިއުކޭޝަންގެ ކެމްޕަހަށް ވޯޓުލާންދިޔަ ދެމީހަކު އަޑުގަދަކޮށް ޒުވާބުކުރަމުންއެބަދޭ. މިދެމީހުންނަކީ ދެނިޒާމަށް ތާޢީދުކުރާ ދެމީހުންކަމަށްވޭ އެކަކު ތާޢީދުކުރާ ނިޒާމަށް ވޯޓުދޭން ބަޔަކުކައިރީގައި އޭނާ ބުނިކަމަށް އަނެއްމީހާބުނި. މިތަނަށް ވަރަށް ގިނަބަޔަކު ވޯޓުލާން ގޮސްއެބަތިބި.
8:25 މާލެ، ޒުވާނުންގެ މަރުކަޒުގައި ހުރިވޯޓުފޮއްޓަށް ވޯޓުލާންދިޔަ އެއްގެއެއްގެ ރަޖިސްޓްރީގައިތިބި ދެމީހުންގެތެރެއިން ވޯޓުލެވުނީ އެކަކަށް. ސަބަބަކީ އޭނާވޯޓުލާންޖެހޭތަން އޮޅިފައިވުން. ތިން ސަރަޙައްދަކަށް ދިއުމުންވެސް ވޯޓުލާންޖެހޭ ތަން ޔަޤީން ކުރެވޭގޮތެއްނުވި.
7:58 14ނަމްބަރު ވޯޓުފޮއްޓަށި: ހޯމްމިނިސްޓާރ ޢާބްދުﷲ ކަމާލުއްދީން ވޯޓުލައްވަނީ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅުމެމްބަރު މާރިޔާ އަޙްމަދު ދީދީ ވެސް ވޯޓުލައްވަން ވަޑައިެގން އެބައުޅުއްވާ. މީގެއިތުރުން އެމް.ޑީ.ޕީގެ ބައެއް އިސްވެރިންވެސް މިތަނުގައި ވޯޓުލާން ވަޑައިގެން އެބައުޅުއްވާ. އެތަނުގައި މިހާރު ޙަރަކާތްތެރިވަމުންދާ މޫނިސާ ޚަބަރުދޭގޮތުގައި ފުދޭވަރެއްގެ ގިނަމީހުން އެތަނުގައި ވޯޓުލާން ގޮސްއެބަތިބި.
21ނަމްބަރު ވޯޓުފޮށި: ވަގުތަށް ފެށުނު. މިވަގުތު ވޯތުލާން ގޮސްތިބީ މަދުބަޔަކު. އެހެންމަވެސް މީހުންދަނީ އަންނަމުން.
7:39 އައްޑު އަތޮޅުގައިވެސް ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ވަރަށް ގިނަބަޔަކު މިހާރުވެސް މޯޓުލަމުން އެބަދާކަމަށް އައްޑުއަތޮޅު އާފަތިސް އޮފީހުން ފިރާޝާ ޚަބަރުދޭ.
7:30 މާލޭގެ ޓީ33 ނަމްބަރު ވޯޓުފޮށީގެ ކައިރީގައި ހުރި އާފަތިސްނޫހުގެ ސީނިއާރ އެސިސްޓެންޓް އެޑިޓާރ މޫނިސާ މަޢުލޫމާތުދެއްވާ ގޮތުގައި އެފޮށީގެ ވޯޓުލުންވެސް ވަގުތުޖެހުމާއެކު ފެށުނު. އެހެންނަމަވެސް އަދި ވޯޓުލާން އަދި ދަނީ ވަރަށް މަދު ބަޔަކު. މީހުންދަނީ މަދުމަދުން އަންނަމުން. މިވޯޓުފޮށި ހުރީ ސެންޓަރފޯ ހަޔާރ ސެކަންޑަރީ އެޑިއުކޭޝަނުގައި.
7:20 މާލޭއާއި ބައެއް އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ.
ހދ.ކުޅުދުއްފުށީގައި ހުރި އާފަތިސްނޫހުގެ ރިޕޯޓާރ މަޢުލޫމާތު ދޭގޮތުގައި އެރަށުގައި ވަގުތު ޖެހުމާއިއެކު ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ. އަދި އެރަށުގައި ބައިނަލް އަޤުވާމީ އޮބްޒާވަރުންވެސް ރަށުގައި ވޯޓުލާ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުން އެބަދޭ.
7:00ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލކަ ވެރިކަމުގެ ނިޒާމެއްތޯބެލުމަށް ނެގޭ ޢާއްމު ވޯޓު ފެށިގެން ކުރިއަށް އެބަދޭ!

No comments:
Post a Comment