Thursday, August 23, 2007

ޑރ. ޝަހީދުގެ އިސްތިޢުފާއަށްފަހު ފިޝަރީޒް މިނިސްޓަރުގެ އިސްތިއުފާ ފެންމަތިވެއްޖެ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒްކަމުގެ މަޤާމުން ޑރ. އަޙްމަދު ޝަހީދު އިއްޔެ އިސްތިއުފާ ދެއްވާފައިވަނިކޮށް، ފިޝަރީޒް މިނިސްޓަރ ހުސެއިން ޙިލްމީ ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން އުޅުއްވާކަމަށް ޚަބަރުލިބިއްޖެއެވެ. ފިޝަރީޒް މިނިސްޓަރ އިސްތިޢުފާ ދެއްވަން އުޅުއްވާކަމަށް އެމަނިކުފާނުގެ އަރިސްބޭފުޅަކު ް ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް އިތުބާރުހުރި ފަރާތަކުން ފަހުން ޔަޤީންކޮށްދެއްވިގޮތުގައި، ފިޝަރީޒް މިނިސްޓަރ ޙުސައިން ހިލްމީ، ވަޒީރުކަމުގެ މަޤާމުން މިވަގުތު އިސްތިޢުފާ ނުދެއްވާނެއެވެ