ތިމާގެ ފިރިމީހާ ބައްޕައަކަށް ވުމަށް އެހީތެރިވެދޭށެވެ
މައިންބަފައިންނަށް ވުމުގެ ފުރުސަތު ލިބުމަކީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ވަރަށް ތަފާތު އިހްސާސްތަކެއް ކުރުވާ ކަމެކެވެ. އެދެމީހުންގެ ފަރާތުން އާ ހަޔާތެއް މި ދުނިޔެއަށް އުފަންކުރުމަކީ އުފާވެރިކަމާއި ބިރުވެރިކަށް އެކުލެވޭ ތަޖްރިބާ އެކެވެ. ނަމަވެސް މިކަމުގެ މުހިއްމުކަން ދެމީހުންނަށް ވިސްނެނީ އެއްކޮށެއް ނޫނެވެ
ގޭގައި ހަދާ ޓެސްޓަކުން ޕޮޒިޓިވްކަމަށްދައްކާ ވަގުތުން ފެށިގެން މަޔަކަށް ވުމުގެ އިހްސާސް އަންހެނުންނަށްކުރެވޭ އިރު މި އިހްސާސް ގިނަ ފިރިހެނުންނަށް ކުރެވޭނީ ބަނޑުގައިވާ ދަރިފުޅުގެ ތެޅުން އަމިއްލައަތަށް އިހްސާސް ވުމުންނެވެ. ފިރިމީހާ ބައްޕައަކަށްވާކަން އޭނައަށް އަންގާ އެކަމަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެބައެއް ކަންތައް ތިރީގައި އެވަނީއެވެ
ބައިވެރިކުރުވުން
މާބަނޑުކަން ފުރަތަމަ އެނގުމާ ހަމައިން ވިހެއުމާއި ހަމައަށް ކުރާ ކޮންމެ ކަމެއްގައި ފިރީމީހާ ބައިވެރި ކުރުވުމަކީ, ފިރިމީހާ ބައްޕައަކަށް ވުމަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިއްމު އެއް ކަމެވެ. އަންހެނުން ބަލިވެއިންކަން ގަބޫލުކުރެވުނަސް ފިރިމީހާ ބައްޕައަކަށްވާކަން ގަބޫލުކުރަން ފިރިމީހާއަށް ވަގުތު ބޭނުން ވެއެވެ
އަނބިމީހާގެ ބަނޑުގައި އެދެމީހުންގެ ތުއްތުކުއްޖަކު ބޮޑުވަމުން އަންނަކަމާއި އޭގެ ސަބަބުން އަންހެންމީހާއަށް އަންނަ ބަދަލުތައް ކައިރިން ބެލުމަށްޓަކައި ޑޮކްޓަރަށް ޒިޔާރަތްކުރާ ކޮންމެފަހަރު ފިރިމީހާ ގޮވައިގެން ދާށެވެ. ޑޮކްޓަރާއި މަންމައާއި ދެމެދު ދެކެވޭ ހުރިހާ ވާހަކައެއް އަންގާ އޭގެތެރެއަށް ވައްދާށެވެ. ކުއްޖާގެ އަލްޓްރާސައުންޑް ސްކޭން ހަދާއިރު ކޮންމެހެންވެސް ފިރިމީހާއަށް ދަރިފުޅު ދައްކާށެވެ. ތުއްތު މެހެމާނަކު ދެމަފިރިންނާ ބައްދަލު ކުރުމުގެ މަގުމަތީގައި ވާކަން އިހްސާސް ކޮށްދިނުމަށެވެ
ފޮތްކިޔާހެދުމަށްހިތްވަރު ދިނުން
އަލަށް ބައްޕައަށްވާ މީހުންނަށް އަމާޒުކޮށް ލިޔެފައިވާ ވަރަށް ގިނަ ފޮތްތައް ބާޒާރުން ލިބެން ހުރެއެވެ. މައިންނަށް ޚާއްސަފޮތް ގަންނައިރު ބައްޕައިންނަށް ބޭނުންވާ މިފަދަ ފޮތް ގަނެ އަދި ކިޔުމަށް ހިޔާލުދީ, ހިތްވަރު ދޭށެވެ. އަދި މިފަދަ ފޮތްތަކުގައިހުންނަ މައުލޫމާތުތައް އެކަކު އަނެކަކަށް ކިޔާދީ ހިއްސާކުރާށެވެ
ޓީވީ ޝޯތަކާއި ފިލްމް ބެލުން
މާބަނޑު މީހުންނާއި ކުޑަކުދިންނާއި ބެހޭގޮތުން ހެދިފައިވާ ޑޮކިއުމެންޓްރީތައް ބައެއް ޗެނަލްތަކުން ދައްކައެވެ. ޝޯ އޮންނަ ގަޑިބެލުމަށްފަހު ދެމީހުން އެކުގައި މިކަމަށް ވަގުތު ހުސްކުރާށެވެ. ނޫންނަމަ މިފަދަ ފިލްމްތައް އެކުގައި ބަލާށެވެ. ފިލްމެއް ބެލުނު ކަމުގައި އިހްސާސް ނުކުރެވި އެތައް މައުލޫމާތެއް ފިރިމީހާއަށް ލިބިދޭނެއެވެ
މަޝްވަރާކުރުން
މައިމީހާ ބަލިވެއިނުމާއި ގުޅިގެން އުފުލަމުންދާ ވޭނާއި ތަޖްރިބާކުރަމުންދާ ބަދަލުތަކާއި ބެހޭގޮތުން ވާހަކަ ދައްކާށެވެ. އަދި މިކަމާ ގުޅިގެން ފިރިމީހާ އުފުލަންޖެހޭ ޒިންމާތަކަށް ހޭލުންތެރިކުރުވާ އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރާށެވެ
: ވިހާ ވަގުތު ކައިރީގައި ހުރުން
އެންމެ ފަހުން އިންތިޒާރު ކުރި ވަގުތު އައިސް ޖެހުނީ އެވެ. ވިހާދުވަސް އައުމުގެ ކުރިން ފިރިމީހާކައިރީގައި ހުރެގެން ވިހެވޭނެ އިންތިޒާމްހަމަޖެހިފައިވާ ހޮސްޕިޓަލަކުން އެޕޮއިންޓްމެންޓް ހޯދާށެވެ. ކުއްޖާދުނިޔެއަށް އަންނަވަގުތު ކޮޅަކީ މިހުރިހާ ދުވަހު ކުރި އިންތިޒާރަށް ނިމުން އަންނަ ވަގުތެވެ. މި ވަގުތު ފިރިމީހާ އަނބިމީހާގެ ކައިރީގައި ދެމީހުން އެކުގައި އެ އާއިލާއަށް އަލަށް އުފަންވާ މެމްބަރަށް މަރުހަބާ
ކިއުމަކީ ވަރަށް މުހިއްމު ކަމެކެވެ
Report: Velidhoo Community
No comments:
Post a Comment