Thursday, August 23, 2007

ހީކުރި ގޮތާ ޚިލާފަށް
23/8/2007

ތާރީޚުގައި ލިޔެވިގެންދާނެ، ޢާންމު ސިއްރު ވޯޓުގެ ތެރޭގައި މައްސަލަ ޖެހުނު ދެ ފޮށްޓަށް އަލުން ވޯޓު ލުމުގެ ކަންތައްތައް ވަނީ ބާއްވާފައެވެ. މި ވޯޓަކީ، އަޅުގަނޑުމެން މިހާރު ހަރުދަނާ ކުރަމުންދާ ޑިމޮކްރަސީގެ ފައްތަރުގައި ފެނިގެން ގޮސްފައިވަނީ ފާހަގަ ކުރެވޭ ކަންތައްތަކެކެވެ.
އަޅުގަނޑުމެން ވަނީ މި ވޯޓުގެ ނަތީޖާ ސާފު ކުރަމުން އައިއިރު ދެބަސް ވެސް ވެފައެވެ. އަޅުގަނޑުމެންގެ ތެރޭން ބަޔަކު ވަނީ އަނެކާގެ އިސްތިޢުފާއަށްވެސް ގޮވާފައެވެ. މިހުރިހާ ކަމަކާއެކު ވެސް އަޅުގަނޑުމެން ބަލާފައި ވަނީ މިފަދަ ކަންތައްތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި އުޅޭނެ ކަންތައްތަކެވެ. އަދި ދިމާވާނެ ކަންތައްތަކެވެ. މިކަންތައްތައް ބަލައިގެންފައިވަނީ ވެސް ޑިމޮކްރަސީގެ ރޫޙުގައެވެ.
އަދި މީގެ އިތުރުން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ ކެމްޕޭންގެ ފައްތަރުގައި މީސްމީހުން ކުރާ ދަޢުވާތައް ޤަބޫލު ކޮށްގެން ނުވާނެ ކަމުގައެވެ.
ބަރުލަމާނީއަށް އަޣްލަބިއްޔަތު ލިބޭނެ ކަމަށް ބުނެ، ގިނަ ވާހަކަތައް ދެއްކި ފަރާތްތައް ބަލިވެފައިވާ އަދަދަށް ބަލާއިރު ފެންނަނީ ވަރަށް ވެސް ބޮޑު ތަފާތަކުން އެބޭފުޅުން ބަލިވެފައިވާ ތަނެވެ.
ވުމާއެކު ރައްޔިތުންގެ ނިންމުން ވެގެން ދާނީ ރައްޔިތުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް ނިންމާ ނިންމުމަކަށެވެ.

Report: Soodh
Velidhoo Community

No comments: