ވަޒީރުކަމަށް ކުރެވޭ އުންމީދު ފެނަށް ވެދާނެތީ މަޖިލީހުގައިވެސް ކެމްޕޭން
16/8/2007 |
ބަރުލަމާނީ ނިޒާމަކީ ވަކި ޕާޓީއެއްގެ މަޞްލަޙަތަށްޓަކައި ރައްޔިތުންގެ ނަމުގައި ހިންގޭ ވެރިކަމެއްކަން މިހާރު ދިވެހި ރައްޔިތންގެ ތެރެއިން ގިނަ ބަޔަކަށް އެނގޭނެކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ އެ ނިޒާމަކީ މަޖިލީހުގައި އަޣްލަބިއްޔަތު އޮންނަ ޕާޓީއަކާ މުޅި ޤައުމު ޙަވާލުކުރާ ވެރިކަމެކެވެ. އެ ހިސާބުން ފެށިގެން މަޖިލީހުގައި އަޣްލަބިއްޔަތު އޮންނަ ޕާޓީއަކުން ބޮޑުވަޒީރާއި ވަޒީރުން އެ ޕާޓީގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަށް ބަހައިލަނީއެވެ. ރައްޔިތުންގެ ރުހުން އޮތްތޯ ނެތްތޯ ބެލުމެއް ނެތިއެވެ.
ބަރުލަމާނީ ނިޒާމުގައި ވަޒީރންނާއި ބޮޑުވަޒީރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެހެންކަމުން ސަރުކާރުން ކުރާ ކަންތަކާ ދެކޮޅަށް މަޖިލީހުގައި ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ޕާޓީގެ ރައުޔާ ދެކޮޅަށް މަޖލީހުގައި އެއްވެސް މެންބަރަކަށް ޗުއްޕުވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. ސަރުކާރާއި މަޖިލީހަކީ އެއް ބާރު އަނެއް ބާރާ އެކުވެ މަސްހުނިވެފައިވާ ދެބާރަށްވާތީއެވެ. ޕާޓީގެ ފިކުރާ ޚިލާފު ރައުޔެއް މަޖިލީހުގައި ފާޅުކުރައްވާ މެންބަރުންނަށް ޖެހިވަޑައިގަންނަވާނީ ޕާޓީގެ މެންބަރުކަމުން ވަކިވެވޑައިގަންނަވާށެވެ. ޕާޓީއިން ވަކިވެވަޑައިގެންފިނަމަ މެންބަރުކަމާއި މިނިސްޓަރކަން ވެސް ގެއްލޭނެއެވެ. މި ސަބަބަށްޓަކައި މަޖިލީހުގެ މެންބަރުން މަޖިލީހުގައި ޚިޔާލު ފާޅުކުރައްވާނީ ޕާޓީގެ މަޞްލަޙަތަށް އިސްކަންދެއްވައިގެންނެވެ. ނަތީޖާއަކަށް ވާނީ ކޮރަޕްޝަނަށް މަގު ފަހިވުމެވެ. ރައްޔިތުންގެ މަޞްލަޙަތުގެ މަތީން ހަނދުމަފުޅުނެތުމެވެ.
ކަން އޮތީ މިހެން ކަމުގައިވާތީ ޕާޓީގެ މެންބަރުންގެ ތެރެއިން މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ބޭނުންފުޅުވާނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމުވުމެވެ. އެހެނީ އެ ބޭފުޅުންނަށް މިނިސްޓަރކަން ލިބިވަޑައިގެންފާނެ ހަމަ އެކަނި މަގަކީ އެއީ ކަމަށްވާތީއެވެ. އަނެއް ކޮޅުން ބޮޑުވަޒީރަކީވެސް ޕާޓީގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮވެ، ޕާޓީގެ މެންބަރުންގެ ރުހުން އޮތްހާ ހިނދަކު މުއްދަތެއް ނެތް ގޮތެއްގައި ބޮޑުވަޒީރުކަމުގައި ހުންނެވިދާނެ ބޭފުޅެކެވެ. ވީމާ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަމާއި ވަޒީރުކަން މަޖިލީހުގެ މެންބަރުކަމާއެކު ލިބިވަޑައިގަތުމުގެ އުންމީދު އޮތީ ބަރުލަމާނީ ނިޒާމުގައެވެ. އޭރުން މެންބަރުކަމުގެ މުސާރައާއި މެންބަރުކަމުގެ މުސާރަވެސް އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދަވަން މަސައްކަތްކުރައްވާ އިސް ބޭފުޅުން އެކަމަށް ކެމްޕޭނު ކުރައްވަނީ މި ރޫޙުގައިކަމަށް ބެލެވޭނެ ޖާގައެބަ އޮތެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކި ޤާނޫނުތަކާއި އެކި މައްސަލަތަކުގައި ވާހަކަފުޅުދައްކަވާ މި ފަދަ ބޭފުޅުން އެ ފުރުޞަތުގެ ބޭނުންކުރައްވާކަން ފާހަގަކުރެވެނީ މިހާރު ރާއްޖޭގައި މި އޮތީ ރިޔާސީ ނިޒާމެއްކަން ރައްޔިތުންނަށް ވިސްނަވައިދެއްވާށެވެ. އަދި ބަރުލަމާނީ ނިޒާމުގެ ބޮޑުވާހަކަ ދެއްކެވޭތޯ މަސައްކަތް ކުރައްވާށެވެ. އެހެންގޮތަކަށް ދަންނަވާނަމަ މިއަދު މަޖިލީހުގެ ތަޅުން ބައެއް މެންބަރުން ބޭނުންފުޅުކުރައްވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމާއި މެންބަރުކަމުގެ ކުރިޔަށް އޮތް ދައުރަށް ކެމްޕޭން ކުރައްވާންކަމަށް ފާހަގަކުރެވެއެވެ. މައުޟޫޢާ ގުޅުންނެތްނަމަވެސް ދޭތެރެއަކުން މިފަދަ ވާހަކައެއް ދައްކަވައިލެއްވޭތޯ ބައެއް މެންބަރުން މަސައްކަތްޕުޅުކުރައްވާތަން ދޭތެރެދޭތެރއިން ފެނެއެވެ. އެ ފަދަ މެންބަރުން މައުޟޫޢަށް އަނބުރައި ގެންނެވުމަށް މަޖިލީހުގެ ރައީސް ވަރަށް ހިތްވަރުކަދަ ޤާބިލު މަސައްކަތްޕުޅުތަކެއް ކުރައްވާތަން ވެސް ފެނިގެންދެއެވެ. ނަމަވެސް މިހާރު މިއޮތީ ރިޔާސީ ނިޒާމެއްނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ވަޒީރުންނަކަށް ނުތިއްބެވޭނެކަން މިއަދު ރައްޔިތުން ދަނެއެވެ.
ބަރުލަމާނީ ނިޒާމެއްގެ ތެރެއިން މެންބަރުކަމާއެކު ވަޒީރުކަން ލިބިވަޑައިގެންފާނެކަމުގެ އުންމީދުގައި ބަރުލަމާނީ ނިޒާމަށް ކެމްޕޭނު ކުރައްވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިސްވެސް މިހާރަކަށް އައިސް ސިފަކުރެއްވެނީ ކެމްޕޭނުޕްރޮގްރާމެއްގެ ގޮތުގައެވެ. ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ޢާއް ު ސިއްރު ވޯޓު މި މަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި އޮންނާނެތީ، ރައްޔިތުން ބަރުލަމާނީ ނިޒާމަށް ލެންބެވުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިއްމު ވަސީލަތަކީ މަޖިލިސްކަމަށް މިއަދު ގިނަ ބަޔަކު ޤަބލުކުރެއެވެ. އެހެންވީމާ ޢާއްމު ވޯޓުގައި ބަރުލަމާނީ ނިޒާމަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ މިނިސްޓަރުކަމަށް ކުރެވޭ އުންމީދު ފެނަށް ވެދާނެތީ އެންމެ ފަހުގެ ފުރުޞަތުވެސް ފިސާރި ފަރުވާތެރިކަމާއެކު ބޭނުންކުރެއްވުމަށް މަޖިލހުގައި މިކަމަށް އުންމީދުކުރައްވާ ބޭފުޅުން ޚާއްޞަ ކެމްޕޭނެއް ފައްޓަވައިގެން ކުރިޔަށް ގެންދަވާކަން،
ރާއްޖޭގެ ޤައުމީ ޓީވީ އިން "މަޖިލިސް މިއަދު" ބަލަން އިންނައިރު މިދެންނެވި ނުކުތާ ވަރަށް ބޮޑަށް ފާހަގަކުރެވޭތީ މި ވާހަކަ ހަމައެކަނި ދަންނަވައިލާން ބޭނުންވީއެވެ. އެއީ ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށްޓަކައި ހިންގާ ވެރިކަމެއް ނޫންކަން ކިޔުންތެރީންނަށް މިކަންކަމުންވެސް އެނގިވަޑައިގެންފާނެކަމުގެ އުންމީދުގައެވެ.
Report: Velidhoo Community

No comments:
Post a Comment