ނިޒާމް ކަނޑައެޅުމުގެ ވޯޓަށް މިލިއަނުން ޚަރަދުވާނެ ކަމަށް ބުނެފި
ރައްޔިތުންގެ މަޖުލީހުގެ މާލޭ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ މިއިންތިހާބަށް ދިވެހި ރައްޔިތުންގެ ޕާޓީން އެކަނިވެސް 10 މިލިޔަނަށް ވުރެ ބޮޑު ހަރަދެއް ކުރާނެ ކަމަށެވެ. އަދި އެމްޑީޕީއާއައި އެހެން ޕާޓީތަކުންވެސް ބޮޑު ހަރަދެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ
” މިކެމްޕޭނުގައި އެންމެ ބޮޑު ހަރަދެއް ކުރާނީ ޑީއާރުޕީން. އެޕާޓީން ގިނަ ކަންތައްތައް ކުރާނީ ކޮންޓްރެކްޓް އުސޫލުން. އެމްޑީޕީގެ ގިނަ ކަންތައްތައް ކުރާނީ އަމިއްލަ މެމްބަރުން, އަމިއްލަ ޖީބުން ހަރަދު ކުރައްވައިގެން އެހެންކަމުން ޕާޓީން ކުރަންޖެހޭ ހަރަދުތައް ކުޑަވާނެ“ ކުރީގައި އެމްޑީޕީގެ މެމްބަރު ނަޝީދު ވިދާޅުވި އެވެ
ރ.އަތޮޅު މެމްބަރު އަދި ސަރުކާރުން އިސްތިއުފާދެއްވާފައިވާ އިބުރާހިމް ޝަހީދު ޒަކީ ވިދާޅުވީ މިކަމަށް ބޮޑު ހަރަދެއް ހިގާނެ ކަމަށާއި އެހެން ނަމަވެސް އުސޫލެއްގެ ގޮތުން މިކަމަށް ޕާޓީތަކުން ކެމްޕޭން ނުކުރެވޭނެ ކަމަށެވެ
” މިއީ ގައުމީ ވާޖިބެއް އެހެންވެ މަޖުލީހުގައިވެސް އަޅުގަނޑުމެން ވާނީ ވާހަކަދައްކާފައި ނިޒާމްތަކުގެ މައުލޫމާތު ފޯރުކޮށްދޭނީ މަޖުލީހުންނޭ ޕާޓީތަކުން ނޫނޭ. މިހާރު ޕާޓީތައް މިކަމުގެ ތެރެއަށް ވަނުމުގެ ސަބަބުން އާންމުގެ ވޯޓަށް ހުރަސްއެޅޭ. ބައެއް ޕާޓީތަކުން އާންމުންނަށް ބިރުދައްކަމުންދަނީ“ ޝަހީދު ވިދާޅުވި އެވެ
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ދެޕާޓީއިން ބުނީ އެފގަރާތުން މި ކެމްޕޭނަށް ކުރާ ހަރަދުތަކުގެ ހިސާބުތައް އަދި ބެލިފައިނުވާ ކަމަށެވެ. އެމްޑީޕީން ބުނީ އެޕާޓީގެ ކެމްޕޭނު ކުރައްވަނީ މެމްބަރުން އަމިއްލައަށް ކަމަށެވެ. އެހެންނަމަވެސް Pަޓިންވެސް ފުދޭ ވަރަކަށް ކެމްޕޭން ކުރުމަށް ހަރަދުކުރެވިފައިވާނެ ކަމަށެވެ
” އަޅުގަނޑުމެންގެ ކެމްޕޭނުގެ މައިގަނޑު ހަރަދުތައް މިކުރަނީ މެމްބަރުން އަމިއްލައަށް. މައިގަނޑު ގޮތެއްގައި ޕާޓީން ކުރަންޖެހޭ ހަރަދަކީ ދަތުރުފަތުރާއި ޕްރިންޓްގެ ހަރަދުތައް“ އެމްޑީޕީގެ ނިޒާމީ ކެމްޕޭނުގެ މެނޭޖަރ މުހައްމަދު ޒުހައިރު ވިދާޅުވި އެވެ
ޑީއަރުޕީން ބުނީ އެޕާޓީން ވަރަށް ބޮދުހަރަދެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އޭގެ ވަކިއަދަދެއް އަދި ބުނެވޭކލަށްނެތް ކަމަށެވެ
” އަދި ހަރަދު ކުރެވުނު ވަކިވަރެއް ނޭގޭ, ފުދޭ ވަރަކަށް ހަރަދުކުރެވިފައިވަނީ. އެގޮޕތުން ޓީޝާތްތަތްގަނޑު ޖެހުމާއި ކަންތައްތައް ހިމެނޭ“ ޑީއާރުޕީގެ އިސްތަރުޖަމާނު އިބުރާހިމް ޝާފިއު ވިދާޅުވި އެވެ
Report: Velidhoo Community
No comments:
Post a Comment