Friday, August 17, 2007




ފޮރިން މިނިސްޓަރ ޑރ. ޝަހީދުވެސް އިސްތިއުފާ ހުށަހަޅުއްވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި ޑީއާރުޕީގެ މެންބަރ ޑރ އަހުމަދު ޝަހީދު ސަރުކާރުން ވަކިވެވަޑައިގަތުމަށްޓަކައި ބުރާސްފަތި ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފިކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ

ޑރ ޝަހީދު އިސްތިއުފާ މި ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގުމަށް އެންމެ 6 ދުވަހަށް ވެފައި ވަނިކޮށެވެ. ޝަހީދު އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް އެނގިފައެއް ނުވެއެވެ

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ޝަހީދު އިސްތިއުފާ ހުށަހެޅުއްވީ ސަރުކާރުގެ ކޮރަޕްޝަން ކަންތައްތައް ބޮޑުވެގެން ދިޔުމުގެ ސަބަބުން އެކަމާ ހިތް ހަމަ ނުޖެހިގެންނެވެ

ޖަޒީރާއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ޑރ ޝަހީދު އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް, އެމަނިކުފަނުގެ އަރިހަށް ޑރ ޝަހީދު ގެންދަވާ އިސްތިއުފާ ހުށަހެޅުއްވިކަން އަންނަ އާދީއްތަ ދުވަހުގެ ފަހަށް ސިއްރު ކޮސްފައި ބޭއްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ޑރ ޝަހީދުވެސް ވަނީ އެކަން ޤަބޫލުކުރައްވާފައި ކަމަށް ޖަޒީރާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ

މިކަމުގެ މައުލޫމާތު ހޯދާލުމަށް ޖަޒީރައިން ޑރ ޝަހީދާ ގުޅަން ކުރި މަސައްކަތް ޖަޒީރާ ޗާޕަށް ދިޔައިރުވެސް ވަނީ ކާމިޔާބު ނުވެފަ އެވެ

އަދި މިއީ ކިހާވަރެއްގެ ޙަޤީގަތެއްތޯ ބެލުމަށް ދިވެހި ސަރުކާރުގެ އިސް ތަރުތަރުޖަމާން މުހައްމަދު ހުސައިން ޝަރީފަށް ގުޅުމުން ވިދާޅުވީ މިއަދު 3 ޖެހުމާ ހަމައަށްވެސް މިނިސްޓަރެއްގެ ހައިސިއްޔަތުން ސަރުކާރުގައި ޝަހީދު މަސައްކަތް ކުރައްވާފައި ވާކަމަށާއި އަދި މިއަދުވެސް ރައީސް އޮފީހަށް ވަޑައިގެންނެވި ކަމަށެވެ

” އިސްތިއުފާގެ ވާހަކަ ފެތުރެމުންދާތީ އެކަމާ ގުޅިގެން މީހަކު ގުޅައިފިނަމަ ޝަހީދަކީ ފަރުދީ ހައިސިއްޔަތުންވެސް ރިޔާސީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށާއި އެކަމާގުޅިގެން ނަގާ ވޯޓަށް ހުރަސްއެޅޭނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ދެންނެވުމަށް ޝަހީދު ވިދާޅުވި.“ ޝަހީދު ވިދާޅުވިކަމަށް މުންދޫދު ވިދާޅުވި އެވެ

ޝަހީދު އިސްތިއުފާ ދެއްވިކަމެއް ނުވަތަ ނޫންކަމެއް މުންދޫދު ވިދާޅެއް ނުވެ އެވެ. ނަމަވެސް ޖަޒީރާއަށް މުއުތަބަރު ގޮތެއްގައި ޔަގީން ވެފައިވަނީ ޝަހީދުވަނީ އިސްތިއުފާގެ ސިޓީ ރައީސަށް އަރުއްވާފަ އެވެ

Report: Velidhoo Community

Courtesy: Jazeera


No comments: