ޖުލައި13 2007 ( ހުކުރު) ޕާޓީން މިހާރު ފަށާފައިވާ ރިޔާސީ ނިޒާމް ކެންޕެއިންގައި ޕާޓީގެ އެކި ގުނަން ތަކުން މުހިންމު ޚަރަކާތްތަކެއް ހިންގަވަމުން އެބަގެންދަވައެވެ. މިގޮތުން މިރޭ 9:30 ގައި ނ.ވެލިދޫގައި ޕާޓީގެ ޒުވާނުންގެ ގޮފީގެ ފަރާތުންވަނީ ވަރަށް މުހިންމު ސްޓޭޖް ޝޯއެއް ބާއްވަވާފައެވެ.
މިސްޓޭޖް ޝޯގެ ކަންތައްތައް ހަމަޖެއްސެވުމަށް ޕާޓީގެ ޒުވާނުންގެ ގޮފީގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު މަޙްލޫފް މިވަގުތު ވަޑައިގެން ހުންނެވީ ނ.ވެލިދޫގައެވެ. މަޙްލޫފުގެ އިތުރުން ޕާޓީގެ ކައުންސިލްގެ ޕާލިމެންޓަރީ މެންބަރު އަލްފާޟިލް ޢަބްދުއްރަޝީދު ހުސައިން އާއި ރައީސުލްޖުމްހޫރިއްޔާގެ މުޝީރު އޮނަރަބަލް އަލްފާޟިލް ޢުމަރު ޒާހިރުވެސް ވަޑައިގެން ހުންނެވީ ނ.ވެލިދޫގައެވެ. ރޭގެ ޝޯ ބެއްލެވުމަށް ނ.ވެލިދޫގެ 1500 އެއްހާ ރައްޔިތުން ހާޒިރުވެލެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސްޓޭޖް ޝޯ ކުރިއަށް ދިޔައިރު ދޭތެރެ ދޭ ތެރެއިން ރިޔާސީ ނިޒާމުގެ މެސްޖްތައް ޢާންމުނާއި ހަމައަށް ގެނެސްދެވުނެވެ.

Report: Abdulla Ameen & Mohamed Faiz
No comments:
Post a Comment