Monday, August 13, 2007

ރައީސް މައުމޫނުގެ ދަރިކަލުންނަށް ލ.އަތޮޅުގެ ހަތަރު ރަށަކުން ނުރުހުން ފާޅުކޮށްފި

ސިޔާސީ ނިޒާމު ޕްރޮމޯޓްކުރަން ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލަކަށް ލ. އަތޮޅުގެ ހަތަރު ރަށަކުން ނުރުހުންފާޅުކޮށްފި ކަމަށް އެރަށްރަށުން ބުނެފި އެވެ

މިދިޔަ ހަފުތާ ބަންދުގައި ލ. އަތޮޅަށް ވަޑައިގެންނެވި ގައްސާނު މައުމޫނާއި އޭނާއާއެކު ވަޑައިގެންނެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ވަފުދަށް ނުރުހުންފާޅުކޮށް ހެދީ ލ. އަތޮޅު މާވަށާއި ހިތަދޫ އާއި ކަޅައިދޫ އާއި އިސްދޫން ކަމަށް ވެ އެވެ

ކަޅައިދޫން ވާހަކަ ދެއްކި މީހަކު ބުނީ ގައްސާނާއެކު ވަޑައިގެންނެވި ވަފުދަށް ނުރުހުންފާޅުކޮށް ހެދީ އޭނާއަކީ މި ސަރުކާރު ހިންގަވާ ވެރިޔާގެ ދަރިކަލަކަށްވެފައި އޭނާގެ ބައްޕާފުޅު ހުންނަވައިގެން އެ ރަށަށް ލިބެން ޖެހޭނެ ކުރިއެރުންތައް ނުލިބި ހަމައެކަނި ރިޔާސީ ނިޒާމް ޕްރޮމޯޓްކުރަން ވަޑައިގެންނެވުމުން ކަމަށެވެ

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގައްސާނު ދަތުރުކުރެއްވި ލޯންޗް ފަޅުން ނެރުމަށާއި ރަށުން ފުރަވަޑައިގެންނެތުމަށް ބައެއް މީހުން އެދިވަޑައިގެންނެވި ކަމަށެވެ. އޭނާއާއެކު ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ވެސް އުޅުއްވި ކަމަށްވެ އެވެ

މާމެންދޫން ވާހަކަ ދެއްކި ޒުވާނަކު ބުނީ އެ ރަށަށް ހުކުރު ދުވަހު ގައްސާނުވަޑައި ގަންނަވާކަމުގެ މައުލޫމާތު ލިބުމާއެކު ޒުވާނުންތަކެއް އަތިރިމައްޗަށް ނުކުންކަމަށާއި ނަމަވެސް އޭނާ އެ ރަށަށް ވަޑައިނުގަންނަވާ ދަތުރު ހިތަދު އަށް ބަދަލުކުރި ކަމަށެވެ

ޑީއާރުޕީގެ އިސް ތަރުޖަމާނު އިބްރާހީމް ޝާފިއު ވިދާޅުވީ އެ ޕާޓީން ލ. އަތޮޅަށް ދިޔަ ވަފުދަށް އެއްވެސް ވަރެއްގެ ނުރުހުމެއް ފާޅުކޮށްފައިނުވާ ކަމަށާއި އެފަދަ ކަމެއްކުރި ކަމަށް ބަޔަކު ވާހަކަ ދައްކާ ނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ

”ރީކޯ މޫސަ އާއި ނަފާ ނަސީމު ވަޑައިގަތުމުން އެ ބޭފުޅުންނަށް ވަރަށް އެޓޭކްކުރިކަމަށްވަނީ. އެ ނޫން ކަމެއް ކުރިކަމެއް ނޭނގޭ,“ ޝާފިއު ވިދާޅުވި އެވެ

No comments: