Monday, August 6, 2007

The President accepts the resignation of the Attorney General Dr. Hassan Saeed and the Minister of Justice Mr. Mohamed Jameel Ahmed

Reference Number: 2007-439

Sunday, August 5, 2007

The President today accepted the resignation of the Attorney General Dr. Hassan Saeed and the Minister of Justice Mr. Mohamed Jameel Ahmed.


އެޓަރނީ ޖެނެރަލް ޑޮކްޓަރ ޙަސަން ސަޢީދާއި މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދު، އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެދެބޭފުޅުންގެ އިސްތިޢުފާ ގަބޫލުފުޅު ކުރައްވައިފި
5 އޯގަސްޓް 2007 (އާދީއްތަ)

ޚަބަރު ނަމްބަރު: 439-2007


އެޓަރނީ ޖެނެރަލް ޑޮކްޓަރ ޙަސަން ސަޢީދާއި މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދު، އެ ދެބޭފުޅުން ތިއްބެވި މަގާމުން އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ދެބޭފުޅުންގެ އިސްތިޢުފާ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ގަބޫލުފުޅު ކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ވަނީ ބަޔާނެއް ނެރުއްވާފައެވެ. މިދަންނަވާލަނީ އެބަޔާނެވެ.

"އެޓަރނީ ޖެނެރަލް ޑޮކްޓަރ ޙަސަން ސަޢީދާއި، މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދު، އެ ދެބޭފުޅުން ތިއްބެވި ދެ މަގާމުން އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ ދެބޭފުޅުންގެ އިސްތިޢުފާ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ގަބޫލުފުޅު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިސްތިޢުފާ ހުށަހަޅުއްވައި، އެޓަރނީ ޖެނެރަލް ޑޮކްޓަރ ޙަސަން ސަޢީދާއި، މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙްމަދު މިއަދު ފޮނުއްވި އިސްތިޢުފާގެ ދެ ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރައްވައި، ޙަޤީޤަތާ ޚިލާފު އެތައް ވާހަކަފުޅުތަކެއް ލިޔުއްވާފައިވާތީ، އެކަމާ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑަށް ހިތާމަ ކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިޢްލާނު ކުރައްވާފައިވާ އިޞްލާޙީ އެޖެންޑާ މިހާރު ފެއިލްވެފައިވާކަމަށް އެ ދެބޭފުޅުންގެ ސިޓީފުޅުގައި ވިދާޅުވެފައިވާ ވިދާޅުވުމަކީވެސް، ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވާ ވިދާޅުވުމެއް ނޫނެވެ.

އަންނަ އަހަރު، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ސިޔާސީޕާޓީތައް ވާދަކުރާ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ކެންޑިޑޭޓަކަށް، ޕާޓީގެ ޒަޢީމުގެ ހައިސިއްޔަތުން ކުރިމަތިލައްވާނެކަން، 2007 ޖޫން 28 ވަނަ ދުވަހުގެރޭ ހައްދުންމަތީ ފޮނަދޫގައި ބޭއްވި، ދިވެހި ރައްޔިތުންގެ ޕާޓީގެ 22 ވަނަ އާންމު ޖަލްސާގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިޢްލާނު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި، ކުރިއަށްއޮތް ދައުރަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރިމަތިލައްވަން ފެނިވަޑައިގަންނަވާ ކަމަށާއި، އެކަން އިޢްލާނު ކުރެއްވުން މިހާރުވެސް ލަސްވެއްޖެކަމަށާއި، އެކަން އިޢްލާނު ކުރެއްވުމަކީ މިހާރުވެސް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއާއި އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ ކުރިފުޅުމަތީގައި ޑޮކްޓަރ ޙަސަން ސަޢީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެޓަރނީ ޖެނެރަލްގެ މަގާމުން ޑޮކްޓަރ ޙަސަން ސަޢީދު އިސްތިޢުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޓީފުޅުގައި، އިޞްލާޙީ އެޖެންޑާ ފުރިހަމަކުރެއްވުމުގެ ނަމުގައި، ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަމަށް ރައީސް އިޢްލާނު ކުރައްވާފައިވާ އިޢްލާނު ކުރެއްވުމަކީ، އޭނާއަށް ގަބޫލުފުޅުކުރެއްވޭ އަދި އެކަމަށް ތާއީދުކުރައްވާ އުޒުރެއް ނޫންކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ، އޭނާ ކުރިން ދައްކަވާފައިވާ ވާހަކަފުޅާ މުޅިން ޚިލާފަށް ވިދާޅުވެފައިވާ ވިދާޅުވުމެއްކަމަށާއި، އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަފުޅެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.]


Report: Velidhoo Community
Courtesy: President's Office

No comments: