އިސްލާމްދީނޭ، އިސްލާމީވެރިކަމޭ ބުނެވޭ ތާނގައި، މިހާރުގެ މަފްހޫމަކީ، ކީރިތިރަސޫލާ ދުނިޔެއަށް ގެންނެވި ހިދާޔަތާއި، މަދީނާގައި އުފެއްދެވި އިސްލާމީ ދައުލަތެވެ. އިސްލާމީ ދައުލަތް ޤާއިމްކުރެވިފައިވަނީ، މާތްﷲގެ ޤާނޫނާއި އެކަލާނގެ ތެދުމަގާ އެއްގޮތަށެވެ. އިސްލާމީ ދައުލަތް މަދީނާގައި ޤާއިމް ކުރެވުނީ، ކީރިތިރަސޫލާ މައްކާއިން މަދީނާއަށް ހިޖްރަކުރެއްވުމާ އެކުގައެވެ. އެއީ މީލާދީން 226 ވަނަ އަހަރުއެވެ. ކީރިތިރަސޫލާ ސުވަރުގެ ވަޑައިގެންނެވީ 236މ. ވަނައަހަރުއެވެ. އިސްލާމީ ޚިލާފަތު ފެށުނީ، ރަސޫލާ ސުވަރުގެ ވަޑައިގަތުމާ ގުޅިގެންނެވެ.
އިސްލާމީ ޚިލާފަތު، ނުވަތަ ޚުލަފާއުއްރާޝިދޫންއަކީ، ކީރިތިރަސޫލާގެ ހަތަރުޚަލީފާއިންގެ ވެރިކަމެެވެ. އަބޫބަކުރު، ޢުމަރު، ޢުސްމާން، ޢަލީ މި 4 އިމާމުންގެ ދުވަސްވަރެވެ. އެބޭކަލުންނަކީ، ވަރަށް ގިނަ ގޮތްގޮތަށް ބަލާއިރު، އަޞްޙާބު ބޭކަލުންގެ ތެރޭން އިސްކަންދެވިފައިވާ، އަދި އިސްލާމީ އުއްމަތާއި ދައުލަތުގައި ޚާއްޞަމަޤާމެއް ދެވިފައިވާ ބޭކަލުންނެވެ. ވަކިއުސޫލަކުން ތަރުތީބުވެގެން، އިސްލާމީ އުއްމަތުގެ ޚަލީފާއިންކަމަށް ހޮވިޚިޔާރުވެފައިވާ ބޭކަލުންކަމަށްވެސް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. މިހެންވުމުން ހަތަރު ޚަލީފާއިން ވެރިކަމަށް ވަޑައިގަތުމުގައި، މިޒަމާނުގެ ސިޔާސީ ނިޒާމަކާ ގުޅެވޭނެ ގޮތެއް ނޯންނާނެއެވެ. އެއީ، ﷲގެ މަގުގައި ފުރާނައިން ޤުރުބާންވީ ދުވަހެވެ. މުސްލިމުންގެ ޖާނާއި މާލުން، އިސްލާމްދީނަށްޓަކާ ހޭދަކުރި ދުވަހެވެ. ކީރިތި ޤުރުއާނާއި ސުއްނަތުގެ ހިޔަލުގައި އެންމެހައި މުސްލިމުން ފުރިހަމައަށް ފައިތިލަ ސާބިތުކުރި ދުވަހެވެ. އެދުވަހު އޮތީ އިލާހީ ނިޒާމެވެ. ފިކުރީ ފަލްސަފާއެއް ނޫނެވެ. ރިޔާސީ އާއި ބަރުލަމާނީއަކީ ފިކުރީ ފަލްސަފާއެވެ. ހަތަރު ޚަލީފާއިން ވެރިކަން ކުރެއްވީ، ސީދާ ކީރިތިރަސޫލާ ހިންގެވި މަގުތަކުން ހިންގަވައިގެންނެވެ. މިކަމުގައި ފުރަތަމަ ފެނިފައިވަނީ އަބޫބަކުރުގެފާނުގެ ވެރިކަމެވެ.
އަބޫބަކުރުގެފާނު ވެރިކަމަށް އިސްކުރެވުނީ، ކީރިތިރަސޫލާ ސުވަރުގެ ވަޑައިގަތުމާއެކު،މުސްލިމުން،އެމީހުންގެ ވެރިޔަކަށް ބޭނުންވިހިނދުގައެވެ. މަދީނާގެ ވަށައިގެންތިބި ޔަހޫދީންނާއި، ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެންތިބި މުނާފިޤުން، އިސްލާމީ ދައުލަތް ފިތުނަވެރިކުރުމުގެ ކެމްޕެއިނެއް ފަށައިގަތުމާ އެކުގައެވެ. މިކަމާހެދި މަދީނާގެ މުސްލިމުން (އަންޞާރިއްޔަ ބޭކަލުން) ވެރިކަމުގެ މައްސަލާގައި މަޝްވަރާކުރައްވަން ފެއްޓެވިއެވެ. މިބައްދަލުވުންތައް އޮތީ، މަދީނާގެ ޚަޒްރަޖުވަންހައިގެ ލީޑަރ ސަަޢުދުބުނި ޢުބާދާ ގެ ގަނޑުވަރާ ގުޅިފައިވާ މާލަން "ސަޤީފާ" ގައެވެ. މިބައްދަލުވުމުގައި، އަންޞާރިއްޔަ ބޭކަލުންގެ (އައުސުވަންހައާއި ޚަޒުރަޖުވަންހައިގެ ލީޑަރުން) ބުރަވެވަޑައިގަތީ، އިސްލާމީ ވެރިކަން އޮންނަންޖެހޭނީ، އަންޞާރުންގެ އަތްމަތީގައި ކަމުގައެވެ. އެއީ، އިސްލާމީ ދައުލަތް އުފެދުނީ، މަދީނާގައި ކަމަށްވާތީއެވެ. އެބޭކަލުން ޚިޔާލީ ގޮތުން ވެރިކަމަށް ހޮވަނީ ސަޢުދުބުނި ޢުބާދާ ގެފާނެވެ. ނަމަވެސް، ވޯޓަކާ ހަމައަށް ނުދެވެނީސް، މުހާޖިރިއްޔަ ބޭކަލުން (މައްކާއިން މަދީނާއަށް ހިޖްރަކުރެއްވި ބޭކަލުން) ނަށް، މި ބައްދަލުވުމުގެ ޚަބަރުލިބިވަޑައިގެންފިއެވެ. ހަމައެވަގުތު މުހާޖިރުންގެ ލީޑަރުން އެމާލަމަށް ވަޑައިގެން ބަޙުސްގައި ބައިވެރިވެ ވަޑައިގެންފިއެވެ. ދެފަރާތުން ބަޙުސްކޮށްގެން ނިމުނީ، މުހާޖިރުންގެ ލީޑަރަކާއި، އަންޞާރުންގެ ލީޑަރަކާ ދެބޭކަލުން، ވެރިކަން ކުރައްވަމުން ގެންދަވާ ގޮތަށެވެ. ނަމަވެސް، މުހާޖިރުންގެ ލީޑަރ އަބޫބަކުރުގެފާނު ވަކާލާތު ކުރައްވަނީ، އިސްލާމީ ވެރިކަމަށް އެންމެއައުލާކަންބޮޑީ މުހާޖިރުންކަމުގައެވެ. އެއީ، މައްކާގައި އިސްލާމްދީން ފައުޅުވުމާއި، ގިނަޢަރަބީން، މުހާޖިރުންނަށް ތާއީދުކުރާނެތީއެވެ.
މިބަޙުސް މިގޮތަށް ހިނގައި، ދެފަރާތުގެ (ދެޕާޓީގެ) ދެވެރިން ވެރިކަންކުރާގޮތަށް ނުނިމި ދިގުލާގޮތްވުމުން، އަބޫބަކުރުގެފާނު، އާ ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. އެއީ، އިސްލާމީ ވެރިކަމާ އެންމެ ގާތްކަންބޮޑީ، މުހާޖިރުން ކަމަށްވުމާއެކު، މުހާޖިރިއްޔަ ދެބޭކަލުންކަމަށްވާ، ޢުމުރުގެފާނާއި، އަބޫޢުބައިދަތުބުނި ޖައްރާޙުއާދެބޭކަލުންކުރެ އެއްބޭކަލަކަށް ވެރިކަންދޭން ފެނިވަޑައިގަންނަވާ ކަމުގައެވެ. މިގޮތަށް އަބޫބަކުރުގެފާނުގެ ހުށަހެޅުއްވުން ނިމުމާއެކު، ޢުމަރުގެފާނު ތެދުވެވަޑައިގެން، އަބޫބަކުރުގެފާނުގެ އަތްޕުޅުގައި ހިއްޕަވައި، އަބޫބަކުރުގެފާނަކީ މުސްލިމުންގެވެރިޔާއޭ ވިދާޅުވެއްޖެއެވެ. އެވަގުތު ސަޤީފާ މާލަމުގައި ތިއްބެވި އަންޞާރުންނާއި މުހާޖިރުންވެސް، ތާއިދު ކުރައްވައިފިއެވެ. އެބަހީ، ބައިޢަތު ހިއްޕަވައިފިއެވެ. ދެން މަސްޖިދުއްނަބަވީއަށް އެންމެ ބޭކަލުންވަޑައިގެން، އެބޭކަލުން ނިންމެވިގޮތް، މުސްލިމުންނަށް (މަދީނާގެ ރައްޔިތުންނަށް) އަންގަވައިފިއެވެ. އެއާއެކު، އެންމެންވެސް ބައިޢަތުހިފީއެވެ. އަބޫބަކުރުގެފާނުގެ ވެރިކަން ދެމިއޮތީ ދެއަހަރާއި ކުޑަދުވަސްކޮޅަކުއެވެ. އަބޫބަކުރުގެފާނު އަވަހާރަވީ މީލާދީން 436 ވަނައަހަރުއެވެ.
އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި، ޚިލާފަތުގެ ކަންތަކުގައި މައްސަލައެއް ޖެހުނަ ނުދެއްވުމަށް ގަސްތުފުޅު ކުރެއްވިއެވެ. އެޔާއެކު، ޞާޙާބީންގެ ތެރެއިން އިސްބޭފުޅުން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. އަދި، ރަސޫލާ ސުވަރުގެ ވަޑައިގަތުމާއެކު، މުނާފިޤުން ރޭވި ކަންތައްތައްފަދަ އެއްވެސް ކަމެއް، ކުރިމަތިވިޔަނުދެއްވުމަށާއި، ރޯމަން އެމްޕެޔަރާއި ފާރިސީންގެ ޢުދުވާންތަކުން ޙިމާޔަތްތެރި ވުމަށްޓަކާ، ކުޅަދާނަ ލީޑަރަކު، ވެރިކަމަށް އިސްކުރެއްވުމަށް ގަސްތުފުޅުކުރައްވާކަން ހާމަކުރެއްވިއެވެ. ޞަޙާބީންގެ އިސްބޭފުޅުންގެ މަޖިލީހުން، އަބޫބަކުރުގެފާނުގެ މިޚިޔާލުފުޅަށް ތާއިދުކުރެއްވުމާއެކު (އާލާސްކަންފުޅުގައި އޮންނަވައިގެން) ޢުމުރުގެފާނު ޚަލީފާކަމަށް ހަމަޖައްސަވައިފިއެވެ. އަދި އަބޫބަކުރުގެފާނު، ޢުމަރުގެފާނުގެ ޚަލީފާކަމަށް ބައިޢަތުހިއްޕަވައިފިއެވެ. އެއަށްފަހު، ޞަޙާބީންގެ ލީޑަރުންވެސް ބައިޢަތު ހިއްޕަވައިފިއެވެ.
މިބައިޢަތު ހިއްޕެވިފައިވަނިކޮށް، އަބޫބަކުރުގެފާނު އަވާހަރަ ވެއްޖެއެވެ. އެކަލޭގެފާނު ފަސްދާނުލެއްވުމަށްފަހު، ޖެހިގެންއައި ދުވަހު، މަދީނާގެ މުސްލިމުން، މަސްޖިދުއްނަބަވީގައި، ޢުމަރުގެފާނުގެ ޚަލީފާކަމަށް ބައިޢަތު ހިއްޕެވިއެވެ. އެއީ، އޯގަސްޓްމަހުގެ 32 ދުވަސް ކަމަށް ބުނެވެއެވެ.
ޢުމަރުގެފާނުގެ ވެރިކަން ދެމިއޮތީ ދިހަވަރަކަށް އަހަރުއެވެ. އެކަލޭގެފާނު ޝަހީދުކޮއްލުމަށް ދެވުނު ޙަމަލާއިން ޒަޚަމްވެވަޑައިގެން، އެއާލާސްކަންފުޅުގައި، ދުނިޔެ ދޫކުރެއްވީ މީލާދީން 446 ވަނައަހަރުއެވެ. އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި، ޚަލީފާކަމަށް، މީހަކު އިސްކުރުމަށް، ފަށްފަށުން ވިދާޅުވަމުން އާދޭސް ކުރައްވަމުން ގެންދެވިއެވެ. އަދި، ވެރިކަމަށް ލާއިޤު ހަބޭކަލެއްގެ ނަންހުށަހަޅުއްވިއެވެ. އެއީ، ޢުސްމާނުގެފާނާއި، ޢަލީގެފާނާއި، ޒުބައިރުގެފާނާއި، ޠަލްޙަތުގެފާނާއި، ސަޢުދުބުނި އަބީ ވައްޤާޞްގެފާނާއި، ޢަބްދުއްރަޙްމާން ބުނި ޢައުފުގެފާނެވެ. ނަމަވެސް، ޢުމަރުގެފާނު ދުނިޔޭގައި އޮންނަވަނިކޮށް، ޚިލާފަތުގެ މައްސަލަ ނިންމިފައެއް ނުވެއެވެ.
ޚިލާފަތުގެ މައްސަލާގައި މަޝްވަރާ ކުރެވެންފެށީ، ޢުމަރުގެފާނު ފަސްދާނު ލެއްވުމަށްފަހުގައެވެ. މަޝްވަރާތައް ދެދުވަސްވަންދެން ދެމިއޮތެވެ. ތިންވަަނަ ދުވަހު (ޢުމަރުގެފާނު ވިދާޅުވި ހަނަންފުޅު) ތިންނަންފުޅަށް ބަދަލު ކުރެވޭގޮތް ވެއްޖެއެވެ. އެޔާއެކު، ޢުސްމާނުގެފާނާއި، ޢަލީގެފާނާއި، ޢަބްދުއްރަޙްމާންގެފާނުގެ ނަންފުޅު ހުށަހެޅިއްޖެއެވެ. ނަމަވެސް، ޢަބްދުއްރަޙްމާންގެފާނު، އެކަލޭގެފާނުގެ ނަންފުޅު ގެންދަވައި (ޚަލީފާކަމުން) އެއް ފަރާތްވެ ވަޑައިގެންފިއެވެ. ދެން އޮތީ، ޢުސްމާނުގެފާނާއި، ޢަލީގެފާނާ ދެބޭކަލުންގެ ދެނަންފުޅެވެ.
އެހިސާބުން، ޢަބްދުއްރަޙްމާންގެފާނު އިތުރު ގޮތެއް ހުށަހެޅުއްވިއެވެ. އެއީ، މިހާރު ހުށަހެޅިފައިވާ ދެނަންފުޅުގެ ތެރެއިން ޚަލީފާކަމަށް ނަންފުޅެއް ކަނޑައެޅުމުގެ އިޚްތިޔާރު، އެކަލޭގެފާނަށް ދެއްވުމަށެވެ. އެހިނދު، ޢުސްމާނުގެފާނާއި ޢަލީގެފާނާ ދެބޭކަލުން (އަދި އެހެނިހެން ލީޑަރުންވެސް) ޢަބްދުއްރަޙްމާންގެފާނަށް އެއިޚްްތިޔާރު ދެއްވައިފިއެވެ. މިއިޚްތިޔާރު ލިބިވަޑައިގަތުމާ ގުޅިގެން، މަދީނާ މުސްލިމުން މަސްޖިދުއްނަބަވީއަށް އެއްކުރައްވައި، ޢަބްދުއްރަޙްމާން ބުނި ޢައުފުގެފާނު މިމްބަރަށް އަރުއްވައި، ޚުޠުބާ ވިދާޅުވެ، ޢުސްމާންގެފާނު ޚަލީފާކަމަށް ކަނޑައަޅުއްވައިފިއެވެ. ހަމައެވަގުތު ޢަލީގެފާނު ތެދުވެވަޑައިގެން ޢުސްމާނުގެފާނަށް ބައިޢަތު ހިއްޕަަވައިފިއެވެ. އޭގެ ފަހަތުން މިސްކިތުގައިވާ މުސްލިމުން ބައިޢަތު ހިއްޕެވިއެވެ.
ޢުސްމާނުގެ ފާނުގެ ޚަލީފާކަން ދެމިއޮތީ، ގާތްގަނޑަކަށް ބާރައަހަރެއްހާ ދުވަހުއެވެ. މީލާދީން 656 ވަނައަހަރު ޢުސްމާނުގެފާނު ޝަހީދުވެވަޑައިގެންފިއެވެ. ޢުސްމާނުގެފާނު ޝަހީދުކުރުމަށްފަހު، މަދީނާގެ މައްޗަށް ވެރިވެ ގަތީ ޢުސްމާނުގެ ފާނު ޝަހީދުކުރި ބާޣީ ޖަމާޢަތުގެ ވެރިޔާ ޣާފިޤީއެވެ. އޭނާ ބޭނުންވީ ވަގުތީ ސަރުކާރެއް ހިންގުމެވެ. މަދީނާގެ މުސްލިމުން ބޭނުން ގޮތެއް ކަނޑައެޅުމަށްޓަކާ އިންތިޒާރުކުރުމެވެ. މަދީނާގައި ތިބި ޢިރާޤު މީހުން ބޭނުންވަނީ، ޒުބައިރުގެފާނެވެ. ސާމުގެ މީހުން ބޭނުންވަނީ ޠަލްޙަތުގެފާނެވެ. މިޞްރުމީހުން ބޭނުންވަނީ ޢަލީގެފާނެވެ. މަދީނާގެ މުހާޖިރުންނާއި އަންޞާރުން ބޭނުންވަނީވެސް ޢަލީގެފާނެވެ. މިހެންވުމުން، އަޣުލަބިއްޔަތުން އޮތީ (ހުރިހާ ޤައުމުތަކުގެ މަންދޫބުންނަށް ބަލާއިރު، އަޣުލަބިއްޔަތު ލިބެނީ) ޢަލީގެފާނަށެވެ. އެހެންވުމުން "ތިމަންނަ ބޭނުންވަނީ، ވެރިކަމަށްވުރެ ބޮޑަށް ވަޒީރުކަމޭ" ވިދާޅުވަމުންވެސް "މުސްލިމުން ރުހެންޏާ ތިމަންނަމިހިރީ ގަބޫލުކުރާ ގޮތަށޭ" ވިދާޅުވެ، މަސްޖިދުއްނަބަވީއަށް ވަޑައިގެން މިމްބަރަށް އަރުއްވައި، އަސާގެ ގޮތުގައި، ޢަލީގެފާނުގެ ދުނިދަނޑިކޮޅު ވިއްދަވާލެއްވުމާއެކު، އެކަލޭގެފާނަށް ބައިޢަތުހިފައި، ޚަލީފާކަމަށް އިސްކޮށްފޫއެވެ.......
ކުރުގޮތަކަށް މިގެނެސްދިނީ، ހަތަރުޚަލީފާއިންގެ ވެރިކަން ފެށުނު ގޮތެވެ. މިއިންއެއްވެސް ބޭކަލަކަށް، މުޅި ހުރިހާ މުސްލިމުން މަދީނާއަށް ހާޒިރުވެ ބައިޢަތު ހިފައިފައެއް ނުވެއެވެ. ޖުމްލަކޮށް ބަލާއިރު ފެންނަނީ، މުސްލިމުންގެ ބޮޑުންގެ ޖަމާޢަތަށް ފެނިވަޑައިގެން، ބޭކަލަކު ޢައްޔަން ކުރެއްވީމާ، މަދީނާގެ މުސްލިމުން ބައިޢަތު ހިފާތަނެވެ. ވޯޓްދޭ ތަނެވެ. މިކަން މިހެން އޮތުމުން، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ދެނިޒާމުންކުރެ، ހަތަރުޚަލީފާއިންގެ ވެރިކަމާ ބޮޑަށް އެއްވައްތަރީ ކޮންނިޒާމެއްތޯ ކިޔުންތެރީން ކަނޑަ އެޅުމަށް ދޫކުރަމެވެ

No comments:
Post a Comment