Saturday, August 11, 2007

Two renowned volleyball coaches have joined the Maldives Police Service with the rank of Station Inspector


Two renowned volleyball coaches have joined the Maldives Police Service with the rank of Station Inspector. They are Mohamed Nadheem (H.Adhuni) and Fathullah Waheed (H.Nooali).

In a ceremony held this morning at the main office of Maldives Police Service, their ranks were presented to them by the Commissioner of Police Adam Zahir. They officially started their work today. For more than 23 years Mohamed Nadheem worked in Majeedhiyaa School. When he joined the police he was the Chief Sports Advisor at Majeedhiyaa School.

Fathullah Waheed was working at ‘Dhivehiraajeyge Adu’ before he joined the police. He has been working in the government for more than 17 years. Both of them joined the police force to provide services to the community in the police field. On behalf of all police staff we cordially welcome Mohamed Nadheem and Fathullah Waheed on joining the police force.

ގައުމާއި ގައުމުގެ ރައްޔިތުންނަށްޓަކައި
12/8/2007 |

ފުޓްބޯޅަ އާއި ވޮލީ ގައި ގައުމީ ފެންވަރެއްގައި ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އެއްވެސް ކުޅުންތެރިޔަކު ފައްސޭހަ ކަމަކަށް ްނުވާނެއެވެ. އެހެންނަމަވެސް ދެ ކުޅިވަރުން ވެސް ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މުޙައްމަދު ނަދީން އަކީ އޭނާގެ ކުޅަދާނަކަމާދޭތެރޭ އެއްވެސް މީހަކު ދެބަސް ވާނޭ ފަރާތެއް ނޫނެވެ.
ކުޅިވަރު ކުޅުންތެރިންގެ ފަރާތުން ވަރަށް މަދުން ފެންނަ މާތް އަހުލާގެއް ބެލިނަމަވެސް ނަދީމަކީ އެފަދަ ދެވަނައެއް ނުވާ ފަރާތެކެވެ.
ނަދީމްގެ ހިދުމަތް އެންމެ ގިނަ ދުވަހު ލިބުނު ކުޅިވަރު ކަމަށްވާ ވޮލީގައި އޭނާ ވަނީ ގައުމީ ފެންވަރުގައި ވެސް ކާމިޔާބީތަކެއް ރާއްޖެއަށް ހޯދައި ދީފައެވެ. ގައުމީ އަންހެން ވޮލީ ޓީމާއި ފިރެހެން ވޮލީ ޓީމަށް ވެސް ކޯޗު ކޮށްދީފައިވާ ނަދީމް އަކީ ވޮލީ ދުށް އެންމެ ހިދުމަތްތެރި ފަރާތްތަކުގެ ތެރޭން އެކެކެވެ.
ކުޅިވަރުގެ ރޮގުން ސަރުކާރުން ދެއްވާ އެންމެ ޝަރަފުވެރި އިނާމް ކަމަށްވާ ޒުވާނުންގެ އިނާމާއި ގައުމި އިނާމްވެސް ހާސިލް ކޮށްފައިވާ ނަދީމް މިހާރު ވަނީ ކުރިން ފާހަގަ ކުރެވިގެން ދިޔަ ޚިދުމަތާމުޅިން ތަފާތު ދާއިރާއެއް ހިޔާލް ކޮށްފައެވެ. ގައުމުގެ އެންމެ މުހިންމު މުއައްސަސާ ކަމަށްވާ ފުލުހުންގެ ހިދުމަތާ މިދިޔަ ބުރާސްފަތި ދުވަހު ގުޅުނު ނަދީމް ބުނީ މިފަދަ ބޮޑު ބަދަލެއް ގެނައީ ގައުމަށާއި ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރެވޭނެ ދާއިރާއަކި ޕޮލިސް ކަމަށް ވެފައި އެ މަގުސަދު ހާސިލު ކުރަން ކަމަށެވެ.
"އަޅުގަނޑަކީ ދިވެހި ގައުމު ދެކެ ލޯބިވާ ދިވެހި ދަރިއެއް. އަޅުގަނޑު ކުޑައިރުންސުރެންވެސް މަގުސަދެއް އެއީ ގައުމަށް ހިދުމަތް ކުރުން. އެމަގުސަދު ގައި ދެމިހުރުމަށް ޕޮލިސް ދާއިރާ ހިޔާލު ކުރީ" ފުލުހުންގެ ހިދުމަތާ ގުޅުނު ސަބަބު ހާމަކުރައްވަމުން ނަދީން ބުނުއްވިއެވެ.
40 އަހަރު ދުވަހުގެ ދިގު މުއްދަތެއް ސިފައިންގެ ހިދުމަތުގައި ހޭދަކޮށް ޑަބަލް ޕެންޝަން ލިބިލައްވާފައިވާ ރަން ވިއްކާ އާދަމްމަނިކުގެ ދަރިއެއް ކަމަށްވާ ނަދީމް ޕޮލިހާ ގުޅުމަކީ ބައެއް ފަރާތްތަކުން ޕޮލިހުންގެ ވަޒީފާއާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކީ ހަގީގަތެއް ނޫންކަން ދޭހަވެގެންދިޔަ ކަމެއް ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ސްޓޭޝަން އިނިސްޕެކްޓަރުގެ ރޭންކާއެކު ފުލުހުންގެ ޚިދުމަތް ގަބޫލުކުރީ މި ހިދުމަތުގައި ކުރަން ޖެހޭ ކޮންމެ ކަމަކަށް ކެރިގެން ކުރިމަތި ލުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ނަދީން ބުނުއްވައެވެ.
ކުޅިވަރުގެ ޚިދުމަތުން ޕެންޝަން ލިބިފައިވާ ނަދީމް ފުލުހުންގެ ހިދުމަތާ ގުޅުނުއިރު ހުންނެވި މަޖީދިއްޔާ ސްކޫލްގެ ޗީފް ސްޕޯރޓްސް ސުޕަވައިޒަރެއްގެ ވަޒީފާގައެވެ. ފުލުހުންގެ އަންހެން ވޮލީޓީމަށް ތިން އަހރު ދުވަހު ކޯޗު ކޮށްދީފައިވާ ނަދީމް މިދާއިރާ ހިޔާލު ކުރުމުގައި މިތިން އަހަރު ފުލުހުންނާއެކު އުޅުމުގެ ސަބަބުން ލިބުނު ތަޖްރިބާވެސް ހިމެނެއެވެ.

ރާއްޖޭގެ ވޮލީގެ ފުންނާބު އުސް ދެ ކޯޗުން ކަމަށްވާ މުޙައްމަދު ނަދީމާއި ފަތުހުﷲ ވަހީދު (ފައްލޯ) ސްޓޭޝަން އިނިސްޕެކްޓަރ ރޭންކާއެކު ޕޮލިހުގެ ވަޒީފާއަށް މިއަދު ނުކުންނަން ފަށައިފި އެވެ

ޕޮލިސް ސާވިސަސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނަދީމާއި ފައްލޯ ވަޒީފާއަށް ނުކުންނަން ފަށާފައިވަނީ މިއަދު ކަމަށާއި ދެބޭފުޅުންވެސް މަސައްކަތް ކުރައްވާނީ ޕޮލިހުގެ ޕަބްލިކް ރިލޭޝަންގައި ކަމަށެވެ. ޕޮލިސްގެ އިސްވެރިއަކު ކުރިން ވިދާޅުވެފައިވަނީ މިދެބޭފުޅުން މަސައްކަތް ކުރައްވާނީ ޕޮލިހާއި އާއްމުންނާއި ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ކަމަށެވެ

ނަދީމާއި ފައްލޯވެސް ބުނެފައިވަނީ ޕޮލިހުގެ ވަޒީފާއަށް ވަންނަން ނިންމީ ޤައުމީ ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި ޕޮލިސް ވޮލީ ޓީމާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެވުމުން އެމީހުންގެ އުސޫލުތައް ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ

ނަދީމަކީ ޕޮލިހުގެ އަންހެން ވޮލީ ޓީމުގެ ކޯޗެވެ. އެ މަޤާމުގައި ނަދީމް ހުންނަތާ މިހާރުވަނީ 3 އަހަރުވެފައެވެ. ފައްލޯއަކީ މިދިޔައަހަރުން ފެށިގެން ޕޮލިހުގެ ފިރިހެން ޓީމުގެ ކޯޗެވެ

ނަދީމް ވަޒީފާ އަދާކުރަމުން ދިޔައީ މަޖީދިއްޔާ ސްކޫލްގެ ޗީފް ސްޕޯޓްސް ސްޕަވައިޒަރެއްގެ ވަޒީފާ އެވެ. ނަދީމް ސަރުކާރަށް ޚިދުމަތްކުރާތާ 24 އަހަރުވެއްޖެ އެވެ

ފައްލޯ އަދާކުރަމުން ދިޔައީ ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެއްގެ ވަޒީފާ އެވެ

ނަދީމާއި ފައްލޯވެސް ބުނެފައިވަނީ ޕޮލިހުގެ ވަޒީފާއަށް ވަނުމާއެކު ކްލަބްތަކުން ދެން ނުފެންނާނެ ކަމަށެވެ

ނަދީމާއި ފައްލޯއަކީ އަންނަމަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޤައުމީ ވޮލީ ޓީމުގެ ދެ އޮފިޝަލުންނެވެ. އެސިސްޓެންޓް ކޯޗަކަށް ނަދީމް ހަމަޖައްސާފައިވާއިރު ފައްލޯއަކީ ޓެކްނިކަލް އޮފިޝަލެވެ. ނަދީމް ވަނީ ވޮލީގެ އިތުރުން ފުޓްބޯޅަވެސް ޤައުމީ ފެންވަރުގައި ކުޅެ ފުރަތަމަ ޑިވިޝަނަށް ކޯޗުކޮށްދީފައެވެ

Report: Velidhoo Community

No comments: