Tuesday, August 7, 2007

ކުއްލި ޚަބަރު

ތިން މީހަކު ވެގެން ވެލިދޫ ޕޮލިސް ސްޓޭޝަނަށް ވަދެ ކުށްވެރިއަކު ގެންދަން މަސައްކަތްކޮށްފި
7/8/2007 |ް

- މިޙާދިސާގައި އެ 3 މީހުން ފުލުހުންނަށް ޙަމަލާދީ ޒަޚަމް ކޮށްލައިފައިވޭ

މަސްތުވާ ތަކެތީގެ މައްސަލައަކާ ގުޅިގެން ނ. ވެލިދޫ ޕޮލިސްޓޭޝަނުން ހައްޔަރުކުރި މީހަކު ގެންދިއުމަށްޓަކައި 3 މީހަކު ވެލިދޫ ޕޮލިސް ސްޓޭޝަނަށް ގަދަކަމުން ވަދެ މަސައްކަތް ކޮށްފިއެވެ.
އާފަތިސް ނޫހަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވި ގޮތުގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ވެލިދޫ ޕޮލިސް ސްޓެޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ގަދަކަމުން ނެރުމަށްޓަކައި ތިން މީހަކު ވެލިދޫ ޕޮލިސް ސްޓޭޝަނަށް ވަދެފައި ވެއެވެ. އަދި އެވަގުތު އެ ތިން މީހުން ވެލިދޫ ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ތިއްބެވި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ނުކިޔަމަންތެރިކަން ދައްކައި މާރާމާރީ ހިންގައިފައިވާ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި އެވެ. މި މާރާމާރީގައި ބައެއް ފުލުހުންނަށް އަނިޔާވެފައިވާ ކަމަށާއި އެގޮތުން ފުލުހެއްގެ އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމުގައި ފުލުހުން ވިދާޅު ވިއެވެ. އެހެން ނަމަވެސް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމުގައިވެސް ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދެއްވި އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޙާދިސާގައި އެތިން މީހުން ވަނީ މަގުމަތިން ހިނގައިފައި ދިޔަ ޢާންމުންގެ މީހަކަށްވެސް އަނިޔާކޮށް މާރާމާރީ ހިންގައި ފައެވެ. އަދި އެ 3 މީހުން މިހާރު ތިބި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މިމައްސަލަ ވަރަށް
ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރައްވަމުން ގެންދަވާ ކަމުގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި އެވެ.

ތަފްސީލް އަންނަނީ!!!


Report: Soodh




No comments: