14/8/2007
ކާބަފައިން ޤުރުބާނީތަކެއް ވެފައި ވެއެވެ. ޖިހާދުތަކެއްކޮށް ޝަހީދުވެފައި ވެއެވެ. މިޤުރުބާނީގެ ހަނދާންތަކަކީ މިއަދުގެ ޝަހީދުންގެ ދުވަހެވެ. މިފަދަ ދުވަހެއް ހަނދާނަށް ގެނައުމަކީ ޤައުމީ އަބުޠާލުންގެ ޤުރުބާނީގެ މަތިން ޤައުމުގެ ދަރީން ހަނދާން ކުރުމަށްޓަކައި ބާއްވާ ރަމުޒު ޙަރަކާތެކެވެ.
މިފަދަ ކޮންމެ މުނާސަބާއެއްގައި ވިސްނަންވާނީ، މިއަދުގެ ޙާލަތާމެދުގައެވެ. އާދެ! މިއަދުގެ ޙާލަތާމެދު ވިސްނަން ވާނީ އިއްޔެގެ ފަސް މަންޒަރާ އަޅައިބަލައިގެންނެވެ. ޤުރުބާނީތައް ވާންޖެހެނީ، ކޮންކަމަކާ ހެދި ކޮން ގޮތަކަށް ހެއްޔެވެ؟
ތެދެކެވެ! އިއްޔެގެ ޤުރްބާނީއަކީ މިއަދާ ޚިލާފު ޤުރްބާނީއެކެވެ. ޝަހީދުގެ ދުވަސް މިއަދު ފާހަގަކުރާއިރު އަޅުގަނޑުމެން ޤައުމުގެ މުސްތަޤްބަލަށްޓަކައި ޝަހީދު ވުމަކަށް މިއަދު ޤައުމު މިއޮތީ އެދިއެދިއެވެ.
މިއަދުގެ ގޮވައިލުމަކީ، ޤައުމުގެ ދަރީންގެ ކުރިއްޗަށް ހުށަހެޅިފައިވާ ޤައުމީ މައްސަލައާމެދު، ދަރީން އިޚުލާޞްތެރި ނިންމުމެއް ނިންމައި ދިނުމެވެ. އިއްޔެގެ ފަސްމަންޒަރުގައި މިއަދު ޤުރުބާނީ ވާން ޖެހިފައިވަނީ، ޤައުމުގައި އެދެވޭ ސިޔާސީ ނިޒާމެއް ޤާއިމު ކުރުމަށެވެ. މިއީ ހަނގުރާމަ ކުރުމުގެ ވާހަކައެއް ނޫނެވެ. ނަމަވެސް މަޝްވަރާއާއެކު ޚިޔާލުތައް އެއްކޮށްގެން ޤައުމަށް އެންމެ އެކަށީގެންވާ ގޮތަށް ނިންމުމުގެ ޤުރުބާނީއެވެ. ވޯޓްލައި، ޤައުމީ ނިންމުމުގެ ޤުރްބާނީއެވެ.
އިޚުލާޞްތެރި ނިންމުމަކަށް ޤައުމު އޮތީ އެދިއެދިއެވެ. ދިވެހިންނަކީ ވޯޓްލާން ނިކުންނަ ބަޔެކެވެ. އިޖުތިމާޢީ ރޫޙުގައެވެ. ވުމާއެކު، ކޮންމެ ރައްޔިތެއްގެ ކިބައިން ޤައުމު އެދޭނެ ޤުރްބާނީއަކީ، ޤައުމު މުސްތަޤްބަލާއި ޤައުމުގެ ދަރީންނަށް ހަމަޖެހޭ، އުފާފާގަތި، ސުލްޙަވެރި، އަމާން މާޙައުލެއްގައި ތިބެވޭ ގޮތް ހަމަޖެހިގެން ދިއުމެވެ. މިއީ ޤައުމުގެ ދަރިންގެ ގޮވާލުމެވެ.
މާތްﷲ މިފަދައިން މިންވަރުކޮށްދެއްވާށި! އާމީން!
Report: Velidhoo Community

No comments:
Post a Comment