ޚަބަރު ނަމްބަރު: 442-2007
ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ. މިގޮތުން ހަމަޖެއްސެވި ބޭފުޅުންނާއި، އެބޭފުޅުން ހަމަޖެއްސެވި މަގާމުތައް މިދަންނަވަނީއެވެ.
1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ގަލޮޅު ލިޔޯން އިބްރާހީމް ލަޠީފު.
2. ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ސެކްރެޓޭރިއެޓްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމަށް، މައްޗަންގޮޅީ ކޮޕީގޭ އަލްފާޟިލް ކޮޕީ މުޙަންމަދު ރަޝީދު.
3. އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިން ސަރޖަރީ ގްރޭޑް 1ގެ މަގާމަށް، އައްޑުއަތޮޅު ހުޅުދޫ ޓިއުލިޕްވާދީ ޑޮކްޓަރ މުޙަންމަދު ޞާލިޙާއި، އެތާނގެ ކޮންސަލްޓަންޓް އިން ސައިކޭޓްރީ ގްރޭޑް 1ގެ މަގާމަށް، މައްޗަންގޮޅީ ޗަނބޭލިމާގޭ ޑޮކްޓަރ ފާޠިމަތު ނާޝިދާ އަދި ކޮންސަލްޓަންޓް އިން މެޑިސިން ގްރޭޑް 1ގެ މަގާމަށް، މާފަންނު ގައްދަޑުގޭ ޑޮކްޓަރ ޢަލީ ޢަބްދުﷲ ލަޠީފު.
4. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ، އެއަރ ޓްރާންސްޕޯޓްކަމުގެ މަގާމަށް، އައްޑުއަތޮޅު ފޭދޫ އާރާމުގޭ އަލްފާޟިލް ޙުސައިން ޖަލީލު.
5. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑިރެކްޓަރކަމުގެ މަގާމަށް، ގަލޮޅު ޗެރީ އަލްފާޟިލް އިސްޙާޤް އަޙްމަދު.
6. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓްގެ މަގާމަށް، ނޮޅިވަރަންފަރު ނަދުވާ އަލްފާޟިލް ޢަލީ އަޙްމަދު.
7. މާޅޮސްމަޑުލު އުތުރުބުރީ ކަނދޮޅުދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓްގެ މަގާމަށް، ކަނދޮޅުދޫ ނަސީމީވިލާ އަލްފާޟިލް މުޙަންމަދު ޞާލިޙް.
8. މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓްގެ މަގާމަށް، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ގުލްބަހާރުގޭ އަލްފާޟިލް އަޙްމަދު ނިޝާރު.
Courtesy: The President's Office
 
 
 
 
No comments:
Post a Comment